ގދ. ފަރެސްމާތޮޑާއަށް ނިސްބަތްވާ ބާޙިރާ ދޯނިން އަނެއްކާ ވެސް މަސްކިރުމުގެ ރެކޯޑެއް ހަދައިފިއެވެ.
މިފްކޯއިން ބުނީ އިއްޔެ ގދ. ފަރެސްމާތޮޑާ އިން މަހަށް ނިކުތް ބާޚިރާ ދޯނިން 58.6 ޓަނުގެ މަސް ކޫއްޑޫއަށް ކިރުވާފައިވާ ކަމަށެވެ. އަދި އެ ދޯނިން ވަނީ އެއްދުވަހެއްގެ ދޯށީގެ މަސްވެެރިކަމުގެ އާ ރިކޯޑެއް ހަދާފައި ކަމަށެވެ.
އެ މަސްކިރުވައި ބާޚިރީ ދޯނިން ވަނީ 996,034ރ ގެ އާމްދަނީ އެއް ހޯދާފައި ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.
މިފްކޯއިން ވަނީ މި ކާމިޔާބީއަށް އެ ދޯނީގެ ފަޅުވެރިންނާއި ކެޔޮޅަށް މަރުހަބާ ކިޔާފައެވެ.
އެއް ދުވަހުގެ ތެރޭގައި އެ މިފްކޯއަށް މަސްކިރައިގެން ރެކޯޑް އަދަދެއްގެ އާމްދަނީއެއް ބާޙިރާ ދޯނިން މީގެ ކުރިން ވެސް ވަނީ ހޯދާފަ އެވެ. މިދިޔަ އޮކްޓޫބަރުގެ ތެރޭގައި އެ ދޯނިން ވަނީ 51.9 ޓަނުގެ މަސް ކިރައި 882،674 ރުފިޔާގެ އާމްދަނީއެއް ހޯދާފަ އެވެ.
އިއްޔެ ގދ. ފަރެސްމާތޮޑާ އިން މަހަށް ނިކުތް ބާޚިރާ ދޯނިން ވަނީ 58.6 ޓަނުގެ މަސް ކޫއްޑޫއަށްކިރުވައި، އެއްދުވަހެއްގެ ދޯށީގެ މަސްވެެރިކަމުގެ އާ ރިކޯޑެއް ހަދާފައި. މިމަސްކިރުވައި ބާޚިރީ ދޯނިން ވަނީ 996,034ރ ގެ އާމްދަނީ އެއް ހޯދާފައި. ދޯނީގެ ފަޅުވެރިންނާއި ކެޔޮޅަށް މަރުހަބާ! pic.twitter.com/8LhjlHElsU
— MIFCO (@mifcomv) December 3, 2022
މީގެ ކުރިން މިފްކޯއަށް އެންމެ ގިނަ އަދަދަކަށް މަސް ކިރާފައިވާ ދޯންޏަކީ ގދ. މަޑަވެލީގެ "ޓީއެސް ލައިން" އެވެ. އެ ދޯނިން ކޫއްޑު އަށް ސެޕްޓެމްބަރު މަހު ވަނީ 57.1 ޓަނު މަސް ކިރުވާފައެވެ. އެ މަހުގެ އަގަކީ 971،584 ރުފިޔާ އެވެ. އެ ރެކޯޑް ބާޙިރާ ދޯނިން މިހާރު ވަނީ މުގުރާލާފައެވެ.
ރާއްޖޭގެ މަސްވެރިކަން މި ދުވަސްވަރު ވަނީ ރަނގަޅުވެފަ އެވެ. ނަމަވެސް މަސްވެރިންގެ ކަންބޮޑުވުމަކީ މަހަށް ހަމައަނގު ނުލިބުމެވެ. އަދި އައިސް ހޯދަން ދަތިތައް ކުރިމަތިވެގެން މަސްވެރިން އަންނަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.
އެގޭތަ ! ތިހަދާ ރިކޯޑް ތަކުން ލިބޭ ހުރިހާ ފައިސާ އެއް ދަނީ ޑްރަގަށް