ވައިފުޅި އަޅައިގެން ފީނައިގެން ހުއިފިލަނޑާ ނެގުން ރާއްޖޭގައި ހުއްދަ ކޮށްފިއެވެ.

މަސްވެރިކަމުގެ އާއްމު ގަވައިދަށް އިއްޔެ ގެނައި، އަދި އިއްޔެ އިން ފެށިގެން މިހާރު އަމަލު ކުރަމުންދާ ގަވައިދުގެ ދަށުން ފުޅި އަޅައިގެން ފީނައިގެން ހުއިފިލަނޑާ ނެގުން ވަނީ ހުއްދަ ކޮށްފައެވެ.

ގަވައިދުގައި ބުނެފައިވާ ގޮތުގައި ގަައުމީގޮތުންނާއި ބައިނަލްއަޤުވާމީގޮތުން ގަބޫލުކުރާ ފީނުމުގެ ތަމްރީނު ފުރިހަމަކޮށް ސެޓުފިކެޓު ލިބިގެން ވައިފުޅި އަޅައިގެން ފީނައިގެން މަސްވެރިކަން ކުރުން ނުވަތަ މަސްވެރިކަމާ ގުޅުންހުރި ހަރަކާތެއް ހިންގޭނެ ކަމަށެވެ.

ފިޝަރީޒް މިނިސްޓްރީން ބުނާ ގޮތުގައި ވައިފުޅި އަޅައިގެން ހުއިފިލަނޑާ ނެގުމުގެ ހުއްދަ ދޭން ނިންމީ އެބާވަތުގެ މަސްވެރިކަން ކުރާ މީހުންގެ އެދުމުގެ މަތިންނެވެ.

ހުއިފިލަނޑާ ނަގައިގެން އެކްސްޕޯޓް ކުރުމަކީ ރަނގަޅު އާމްދަނީއެއް ލިބޭ ވިޔަފާރިއެއް ނަމަވެސް ފަހަކަށް އައިސް ގަވައިދުތަކަށް ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން ހުއިފިލަނޑާގެ މަސްވެރިކަން ކުރަން ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ.

ހުއިފިލަނޑާ އާލާކޮށް ބޮޑުކުރުމަށްފަހު މާކެޓް ކުރުމަށް އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމެންޓް (އިފާޑް) އާއި ފިޝަރީޒް މިނިސްޓްރީ ގުޅިގެން 2016 ވަނަ އަހަރު ދެރަށެއްގައި ބޮޑު މަޝްރޫއެއް ވެސް ފެށިއެވެ. ނަމަވެސް އެމަސައްކަތް ވެސް ކުރިއަކަށް ނުދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަން

    ހޭބަލި ތިކަން ކުރާތާ ކޮންޒަމާނެއް. 1995 ފެށިގެން އިގެގެން ފުޅި އަޅައިގެން މިކަން ކުރޭ. އަދި މިކަން ކުރަން އެބެދޭ 50 ނޫނީ 60 މީޓަރަށްވެސް. މިކަމު ތެރޭ ޑައިވިން ކުރަން ނުޖެހޭގޮތަށް ކޮއްގެން ބޮޑެތި ގެއްލުން ވެފަ ވެސް އެބަ ހުރި.

    • ކަނބިލި އޮޅުމަސް

      އޮއިވާލި ކަނދުފަތި ކައިރިއަށް ދިރޭއެން ޖަހައިގެން ނަނު އެއްލުންވެސް ވަނީ މަނާ ކުރެވިފައެއްނު... ތިޔަ މިނިސްޓްރީގެ ބޭބޭފުޅުންނަށް ނަނު އެއްލާކަން ނޭގިގެންތޯ؟ ނޫނީ ހުއްދަ ދިނީމަތޯ؟ އެކަން އެކުރެވެނީ..

      • އައްޔަ

        ބަރާބަރު. ހުއްދަ ކުރަންވީ ކަމަކީ މިޔަރު ބޭނުން.