ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ރޮޒެއިނާ އާދަމްއަކީ ވަރަށް އަހުލާގު ރަނގަޅު މެމްބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ސިފަ ކުރައްވައިފައެވެ.

ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު އިއްޔެ ވަނީ ގދ. ތިނަދޫ އަށް ވަޑައިގެންފައެވެ. އެ ރަށަށް ވަޑައިގަތުމުން އެމްޑީޕީގެ ގިނަ ސަޕޯޓަރުން އެމަނިކުފާނަށް މަރުހަބާ ދެންނެވިއެވެ. ނަޝީދުގެ މި ދަތުރުފުޅަކީ ޑައިވިން ދާއިރާ އިން މީހުން ތަމްރީނުކުރުމަށް ބޭއްވި ޕްރޮގްރާމެއްގެ ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގެ ތެރެއިން އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުން ނަޝީދު ވަނީ އެ ރަށުގެ ގޭގެއަށް ވަޑައިގެން ވަކިވަކިން މެންބަރުންނާ ބައްދަލު ވެސް ކުރައްވައިފައެވެ.

ނަޝީދު ދޮރުން ދޮރަށް ވަޑައިގެންނެވި އިރު، އާންމުންގެ މީހަކު، ރޮޒެއިނާ އާ ގުޅުވައި ނަޝީދުގެ އަރިހުގައި ވަރަށް ބޮޑަށް ޝަކުވާ ކުރި މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި ވަނީ އާންމުވެފައެވެ. ބެލެވޭ ގޮތުގައި އެެއީ ރޮޒެއިނާ ތަމްސީލް ކުރާ އައްޑޫ މީދޫ ދާއިރާގެ މެމްބަރެކެވެ. އޭނާ މިހާރު ދިރިއުޅެނީ ތިނަދޫގައެވެ.

އެ ފިރިހެން މީހާ ބުނި ގޮތުގައި ރޮޒެއިނާއަކީ ބޭރު ކުރަން ޖެހޭ ބޭފުޅެކެވެ. އަދި އޭނާގެ ތާއީދު ރޮޒެއިނާ އަށް ގެއްލިފައިވާ ކަމަށް ވެސް ކުޑަ ކުއްޖަކު އުރައިގެން ހުރި އެ ފިރިހެން މީހާ ބުނެފައިވެއެވެ.

ރޮޒެއިނާ، ނަޝީދު އަރިހުގައި

"ރޮޒެއިނާ އަޅުގަނޑު މި ހުރީ މަގުމަތިވެފައި. މި ރަށަށް އައިސް އުޅެން މި ޖެހުނީ މާލޭގައި ނުތިބެވިގެން. ކުދިންގެ ކިޔެވުން ހަލާކުވެގެން ދިޔައީ، ވަޒީފާ ގެއްލިގެން ދިޔައީމަ،" އެމީހާ ބުންޏެވެ.

"ރޮޒެއިނާ އާ ބައްދަލެއް ވެސް ނުވޭ އުޅެއުޅެ، ކީއްކުރާ މެމްބަރެއްތޯ އެއީ؟"

އެމީހާ އެ ވާހަކަ ދެއްކުމުގެ ކުރިން ނަޝީދު ވިދާޅުވެފައި ވަނީ ރޮޒެއިނާއަކީ ވަރަށް އަހުލާގު ރަނގަޅު ބޭފުޅެއް ކަމަށެވެ.

"ރޮޒެއިނާ ވަރަށް އަހުލާގު ރަނގަޅު، ރަނގަޅު ބޭފުޅެއް އެއީ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އަރިހުގައި އެމީހާ ޝަކުވާ ކުރިތަނާ ވީޑިއޯ ނިމެއެވެ. އަދި 22 ސިކުންތުގެ ވީޑިއޯގައި ދެން ނަޝީދު ވިދާޅުވި ވާހަކައެއް ނޭނގެއެވެ.

ރޮޒެއިނާ އަށް ތައުރީފް ކުރައްވައި ނަޝީދު ވާހަކަފުޅު ދެއްކެވި އިރު، އެ ދެ ބޭފުޅުންގެ ދެމެދުގައި ވަރަށް ބޮޑެތި ހިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފައެވެ. ރޮޒެއިނާއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފެކްޝަންގެ މެމްބަރެކެވެ. އެންމެ ފަހުން މަޖިލިހުގައި ބޭއްވި ޖަލްސާއެއްގައި ރޮޒެއިނާ ވަނީ ނަޝީދަށް ފާޑު ވިދާޅުވެފައެވެ.

ރޮޒެއިނާ ވިދާޅުވި ގޮތުގައި ނަޝީދު މަޖިލިސް ހިންގަވަނީ ގަވައިދާ އެއްގޮތަކަށް ނޫނެވެ. އަދި އޭނާ މިހާތަނަށް ދެކެވަޑައިގެންނެވި އެންމެ ހުދުމުހުތާރު ރައީސްއަކީ ނަޝީދު ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. ނަޝީދު ވެސް ދޭތެރެ ދޭތެރެއިން އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕްގައި ރޮޒެއިނާ އަށް ރައްދުދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އަވަށުމީހުން

    ވަރަށް ރީތި ޖޯޑެއް ތީ ކޮފީބޯން..

  2. ދަންޑަހެލުުު

    ރޮޒެއިނާ ވަރައް އާއްމުކޮއް ނޫސްތަކާ މީހުން ކައިރީގައި އަދި ޓުވިޓަރުގައި ރައީސް ނަޝީދައް އެއްޗިސް ކިޔަސް ރައީސް ނަޝީދު އެގޮތައް ކަންތަކެއް ނުކުރައްވާ. މީގެން ދެން އިބުރަތެއް ހާސިލުކުރާ ބަޔަކަސް އިބުރަތެއް ލިބޭނެ.

    12
    9
  3. Anonymous

    ސިޔާސީ ވަފާތެރި ކެހިވެރިން ވޯޓް ހޯދަންވީ ކޮންމެ އެއްޗެއްވެސް ކިޔާނެ !

    16
  4. ޑައެލޯގް

    ރޮޒޭނާ ވަރަށް އަހްލާގް ރަގަޅުވާނެއެވެ. އެކަމަކު ރޮޒޭނާގެ އަހްލާގު ރަގަލުވާން ގެންގުޅެއްޖެހޭ އެއްޗަކީ ފައިސާއާއި މުދަލެވެ. އެބައި ގިނަވާވަރަކަށް ރޮޒޭނާގެ އަނގަ އެފައިސާދިންކޮޅަކަށް ލެބޭނެއެވެ.

    23
  5. ހުސޭނުބޭ

    އަގައޮޅިގެން ބުނެވުނު އެއްޗެއް

    11
  6. ގިނަބަޔަކު ދެކޭގޮތުގައި

    ގިނަ ބަޔަކު ދެކޭ ގޮތުގައި މަޖްލިސް މެމްބަރުންނަކީ ދާއިރާގެ މީހުންގެ ގޭގެ ކުއްޔާއި، ކަރަންޓް ބިލާއި، ފެން ބިލާއި އަދި ޢާއިލާއަށް ޚަރަދު ކުރަންޖެހޭނެ ބައެކެވެ. ވޯޓު ދިނީތީ އެވެ. އެކަމަކު އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ.

    11
    4
    • ތެދު

      މިއިން އެނގެނީ ރައީސް ނަޝީދުގެ ހިތްތިރި ކަމެވެ. ރޮޒައިނާ ވިސްނާލުން މުހިއްމު. އެވަރަށް އެއްޗެހި ކިޔާ އިރު ވެސް އެ ދައްކައިދެނީ ރަނގަޅު މިސާލެއް. ރައީސް ނަޝީދުގެ ބައެއް ކަންކަން އިސްލާޙު ކޮށްލަނިކޮށް އެއީ ވަރަށް ރަނގަޅު ރައީސަކަށް ވާނެ.

      7
      10
    • އަހުން

      ބަލަގަ.. އެމީހުން އަހުންގެ ޓެކުސްފައިސާއިން ތަން މިނުގެ މުސާރަނަގައިން އެތައް އިނާޔަތަކާ ފުރީ ޕުރައިވެޓު މެޑިކަލް މުޅިއައުލާދައް ހޯދައިގެން އެތިބެނީ.. އަހުންގެ ގޮހޮރައް އަތްބާނާން އަނެއްކާވެސް ޓެކުސްބޮޑުކުރަނީ.. ދެން ޖެހޭނޭ އެހެންމަ ތިކިޔަ ކަންތައްތައްކުރަން.. ދެކޮޅު އޮންނާންވާނެ ކޮންމެ ކަމެއްގަވެސް ކަލޯ

  7. ތޫރި ޙަސަން

    ރޮޒެއިނާ އިންސާފޭ ކިޔައިގެން ދައްކާ ވާހަކަޔަށް ނަޝީދު ދިން ދެފުއްދެގޮތްކަމުގެ ފިޑިޖަވާބު ދެކިބަލަ

    9
    3
  8. ހުސޭނުބޭ

    އެ ބުނި އެއްޗެއްގެ ދެ މާނަ އެބައޮތް. ފުރަތަމަ މާނައަކީ ނަޝީދަށް ރޮޒޭ ފެންނަނީ ވަރަށް އެޓްރެކްޓިވް ފިރިހެނެއްގެ ސިފާގައޭ. އަނެއް މާނައަކީ ރޮޒޭއަކީ ބޭފުޅެކޭ ކިއަން ފިރިހެނެއްނޫންކަން ނަޝީދު ޤަބޫކުރާނަމަ ތިއީ ވަރަށް ހަޔާތްކުޑަ އަންހެނެކޭ

  9. ޒުލޭ

    އެއްކަހަލަ ދެމީހުންތީ ދެމީހުންނަކީވެސް ހިތުހުރި އެއްޗެއް ކިޔުމުގެ ލައިސަންސް އޮތް ދެމީހުން. ބަޔަކު އަޚުލާޤު ރަނގަޅުވާނީ ދެން ތިހާކަށްވަރަށް. ތިމީހުން ނަމޫނާއަކަށް ބަލައިގެން އެންމެން އުޅެންވީތޯއްޗެ!!