ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އަށް ގިނަ އަދަދެއްގެ ވެށިފާރަވެރިން ހޯދަން އިއުލާނުކޮށްފިއެވެ.

އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، މި ވަޒީފާއަށް ދިވެހި ކޮންމެ ރައްޔިތަކަށްވެސް ކުރިމަތި ލެވޭނެ ކަމަށެވެ.

މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ވަޒީފާ ލިބޭ ފަރާތްތަކަށް -/8،000ރ. އާއި -/10،000ރ އާއި ދެމެދުގެ މުސާރަ ކަނޑައަޅާފައިވެއެވެ.

މިވަޒީފާއަށް މީހުން ނަގަން ހަމަޖެހިފައިވަނީ މާލޭ ސަރަހައްދުން ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.

މި ވަޒީފާއަށް މިފަހަރު ނަގަން ހަމަޖެހިފައިވަނީ މުޅި ޖުމްލަ 25 މީހުންނެވެ.

އެ ކުންފުނީގެ އިއުލާނުގައި ބުނެފައި ވަނީ، މި ވަޒީފާއަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ ޑިސެންބަރ 07 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރި ކަމަަށެވެ.

ވަޒީފާއަށް އެދި ހުށައަޅާ ފޯމް ވެމްކޯގެ ވެބްސައިޓް އިންނާއި އެ ކުންފުނީގެ މައި އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.