ސްރީ ލަންކާގެ ކެލާނިޔާގައި ހުންނަ ފެކްޓްރީއެއްގައި އަލިފާން ރޯވެ އަނދަމުންދާކަަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މި ފެކްޓްރީގައި ރޯވެފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ލަންކާ ފުލުހުން ބުނީ، އަލިފާން ނިއްވުމުގެ މަސައްކަތުގައި އަލިފާން ނިއްވާ ހަ ވެހިކަލް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަަމަށެވެ.

މި ފްކްޓްރީގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު ސާފް ނުވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އަލިފާން ރޯވެފައި ވަނީ އަމިއްލަ ކުންފުންޏަކުން ހިންގަމުން އަންނަ ފެކްޓްރީއެއްގައެވެ.