ބަނގުރާ ގެންގުޅުނު މީހަކު އެއް މަހާ 23 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ޖަލަށް ލާން ހުކުމް ކުރީ މާލެ މީހެއްގެ މައްޗަށެވެ. ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް އިއްވި ހުކުމްގައި ބުނެފައި ވަނީ މިދިޔަ އޮގަސްޓު މަހު 23 ވަނަ ދުވަހު ފުލުހުން މާލެގެ މަގުމަތީގައި ޕެޓްރޯލް ކުރަމުން ދަނިކޮށް ޝާހު ސައިކަލު ދުއްވާފާއި ދިޔައިރު ފުލުހުން ފެނުމާއެކު ހާސްވެ ސައިކަލު އަނބުރާލައިފައި އެތަނުން ދާން އުޅުމުން ހުއްޓުވި ކަމަށާއި އަދި އޭނާ ފާސްކުރި އިރު ޝާހު ގެންގުޅުނު ބޮނަކުއާ ފުޅީގައި ހުރި ދިޔާތަކެތި ބަނގުރަލަށް ޕޮޒިޓިވްވި ކަމަށެވެ.

ޝާހުގެ މައްޗަށް ކޮށްފައި ވަނީ ދައުލަތުގެ ހުއްދަ ހޯދައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުހޯދައި ކުރުމެވެ. އޭނާގެ ކުށަކީ ޖުނާހުގެ ދެވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށުގެ އަދަބަކީ ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމެވެ.

ނަމަވެސް ޝާހު ކުށަށް އިއުތިރާފްވެފައިވާތީ އޭނާގެ ކުށުގެ އަދަބަކީ އެއް މަހާއި 24 ދުވަސް ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅިއެވެ.

އެކަމަކު އޭނާ ފުލުހުންގެ ބަންދުގައި ހުރި އެއް ދުވަހެއްހާ މުއްދަތަށް ބަލައި އޭނާ ޖަލަށް ލާން ކަނޑައެޅީ އެއް މަހާއި 23 ދުވަހަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލާލު

    އިންޑިއާމީހެއްވިއްޔާ އެއްކޮޅުޓިކެޓު ދީފަ ގައުމަށް 3 މަސް ފަހުންއަންނަން މިއީ މިގައުމުގެ މިއަދުގެ ހާލަތު.