ގައުމެއްގައި ނުވަތަ މުޖްތަމަޢެއްގައި ކޮރަޕްޝަންގެ ޢަމަލުތައް ފެތުރިއްޖެ ނަމަ، އެކަމުގެ ގެއްލުން ނުފޯރާ އެންމެ ދާއިރާއެއްވެސް ނޯންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ބައިނަލް އަގްވާމީ އެންޓި ކޮރަޕްޝަން ދުވަހާއި ގުޅުވައިގެން ރައީސް ފޮނުއްވި ހިތާބުގައި ވިދާޅުވީ ކޮރަޕްޝަންގެ ސަބަބުން އިޖްތިމާ ގޮތުންނާއި އިޤްތިޞާދީ ގޮތުން އެތައް ގެއްލުމެއް ތަހައްމަލު ކުރަން ޖެހޭ ކަމަށެވެ.

އަދި ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުން ލަސްވާ ވަރަކަށް، އެކަމުގެ ސަބަބުން ގައުމީ ތަރައްގީއަށާއި ރައްޔިތުންގެ ފުދުންތެރިކަމަށާއި މުޖްތަމައުގެ ހަމަޖެހުމަށް ލިބޭ ގެއްލުން ވަކިން ބޮޑަށް އިތުރުވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮރަޕްޝަންގެ އަމަލުތަކަކީ، ހަމައެކަނި ވަކި މުއައްސަސާއަކުން ނުވަތަ ހަމައެކަނި ސަރުކާރުން ކަނޑައަޅާ ސިޔާސަތަކުން ހުއްޓުވޭނެ ކަމެއް ނޫން. ކޮރަޕްޝަން ހުއްޓުވުމަށްޓަކައި، މުޅި މުޖްތަމައާއި ވަކިވަކި ކޮންމެ ފަރުދެއްމެ، ކޮރަޕްޝަންގެ ޢަމަލުތަކާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރަންޖެހޭ

ރައީސް ވިދާޅުވީ މީގެ ހަތަރު އަހަރު ކުރިން ފެށިގެން، ކޮރަޕްޝަނާ ދެކޮޅަށް ގައުމީ ފެންވަރުގައި މުހިންމު މަސައްކަތްތަކެއް ކުރަމުން އައި ނަމަވެސް، މި ކަމުގައި އިތުރަށް ކުރަން ހުރި ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށެވެ. އަދި ކޮރަޕްޝަން ހުއްޓުވުމުގައި އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅަކީ، އެފަދަ މައްސަލަތައް ރިޕޯޓްކުރެވޭނެ އިތުބާރު ހުރި ނިޒާމެއް ކަނޑައެޅިފައި އޮތުމާއި، ދައުލަތުގެ މާލީ އަދި އިދާރީ ހިންގުންތެރިކަމުގެ ހާމަކަމާއި ފާޅުކަން މިހާރަށް ވުރެ އިތުރުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ކޮރަޕްޝަންގެ ކިތަންމެ ކުޑަ އަމަލެއް ހިންގާކަށްވެސް ނުރުހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދައުލަތުގެ އެއްވެސް އިދާރާއެއްގައި، ކޮރަޕްޝަނަށް ތުހުމަތުކުރެވޭ ފަދަ އެއްވެސް އަމަލެއް ހިނގާނަމަ، އެކަމެއް ވީއެންމެ އަވަހަކަށް ރިޕޯޓްކުރުމަކީ އެދޭ ކަމެއް ކަމަށެވެ

ރައީސް ވަނީ ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތްތަކުން އެދެވޭ ނަތީޖާއެއް ހަސިލުކުރެވޭނީ، ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުން ލިބިގެންކަން ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ކޮރު ސިޔާސަތު

    ކޮރަޕްޝަން ފޫ ބައްދަން ރައްޔިތުން ފެލީމަ ތިބުނާ ގެއްލުން ހަމަ އަކަށް އެޅޭ ގޮތެއް ކިޔާލަ ދީވަލަ…

    35
    • ޓެކްސް

      ހޫން.. މިކަލޭގެ ކޮރަޕުސަން ހިންގަން ތިބޭ މީހުން ލާފަ ވަރުވަރުން. ޖޮބެއް، ޕުރޮޖެކުޓެއްވެސް އެލިންކުތަކުން ނޫނި ނުލިބޭ. އަނގަ ހުޅުވަން ލަދު ނުގަންނަ މީހެއް މިވެސް!!!!

  2. ނުރު

    ވަރަށް ރަގަޅަށް މިސަރުކާރުން ތިކަން ކޮށްފި. އެއްވެސް ޚިދުމަތެއް ރިޝްވަތާ ނުލިބޭ. ރައްޔިތުންގެ ފައިސާ ކަން ނޭގެ. ޒީރޯ ޓޮލެރަންސް ބިކަމް ހީރޯ އޮފް ކަރަޕްޝަން. އަސްލު ލަދު ގަނޭ، ގަރާޖް 50 ހާހަށް، އެންމެ ޓޮޕް ގަ އެކަންތައް، އެގިތިބެ އެންމެން ލޯމަރައިގެން. މިއީ އިންޑިއާގެ ސިސްޓަމް، ދުނިޔޭގެ އެންމެ ކަރަޕްޝަން މަތީ ޤައުމު ގޮތުގައި އޮންނަ އިންޑިއއާ ކޮޕީ ކުރީމަ ރާކަނިމަސް ކެވޭނެ. އަދީބު ދެއްވި 38 މިލިއަން ކޮބާތޯ.

    36
  3. ދުމައިން

    އެހެންވީމަ ދެން އަވަހަށް ފޮށިތަންމަތި ބަނދެގެނެ ގެއަށްދޭ. މުޅިގައުމުގަ ކޮރަޕްޝަނާ ފަސާދަ އުފައްދާ ގައުމުގެ މިނިވަންކަން ވިއްކާލާ ގައުމު ދަރަނިވެރިކޮށް ބިކަ ކޮށްލާ ބަނގުރޫޓު ކޮށްލުމުގެ އެންމެހައި ޒިންމާއެއްނަގަންޖެހޭނީ ތިޔަ ޢައްދާރު ރައީސް. ކަލެއަކީ ނުބައި ނުލަފާ ޚާއިނެއް.

    30
  4. ރަން ރީނދޫ

    މިއީ މިރާއްޖެ ދުށް އެންމެ ކޮރަޕްޓް މީހާ. މީނާ މަޖިލީހުގެ 47 މެމްބަރުން ގަތްގޮތް އެއީ ދިވެހި ރާއްޖޭގެ އެންމެ ބޮޑު ވައްކަމަށް ވާނެ. މިހާރު ތިޔަހެން އޮމާން ވެގެން އުޅެވިދާނެ. އެކަމަކު ވެރިކަން ނިމުނީ،މައްސަލަ ބެލުން ފެށިގެން ދާނެ.

    32
  5. ދަރަނި ދަންތުރަ

    ތިޔަ ވަރުގެ ބޮޑު ވަގެއް އަދި މިހާތަނަށް މިގައުމުގައި ވެރިކަން ނުކުރޭ ، އިބޫ އަކީ ހަތަރެސްފައި ފަޅާލާފައި ހުރި ބޮޑު ކޮރަޕްޝަނެއް ، ދިވެހިންގެ ހަޒާނާ ދަވާލުމުގައި ތިޔަހާ ހީވާގި ދެވަނަ މީހަކު ނެތް ، 2023 ގައި ވޯޓު ހޯދަން އަހަރެމެން ގެއަށް ނަންނާތި ރީތި އެއްޗެއް ދޭނަށް

    31
  6. މަބޭ

    ލުކް ހޫއިޒް ޓޯކިންގް

    24
  7. ރާއްޖެ

    ހީ އިޒް ޓޯކިން އެބައުޓް ހިޒް އެޑްމިނިސްޓްރޭޝަން.

    24
  8. ސޯލޭ

    ހިންނަވަރު ނޫރާނީގެ ބޮލުރޮދި ކަޅުދަބަހުގެ ވެރިޔާ ލޮލް ކޮރަޕްޝަންގެ އައްޕަ ކަލޭތީ

  9. މަޓަން

    ފުރަތަމަ ވެރިކަމަށް އައިގޮތް ވިސްނިންތަ ދެން ކަޅުދަބަހާ ދޭތެރޭ ވިސްނިންތަ ހުރިހާކަމެއްގެ ބާނީ މިދަށްކަނީ މިއަދުކީކޭބާ މިހާރުތިޔަވިސްނުން ބަލައެއްނުގަނެވޭ ބޮޑުސޯބު އެނބުރޭ ގޮތަށް ހަމަ ކުޑަސޯބުތަށްވެސް އެނބުރޭނެ ދެން ހިތާމަނުކުރޭ.

  10. ހައްދުންމަތި

    ވަރިހަމަ ދޯ އަމިލަށް ކެންޕޭނުގައި ޝާހިދު ކިތަންމެ ގައުމަކަށް ދަ ސޯކޯލް "ސިޓީ" ހިފައިގެން ދަތުރުކުރިޔަސް !

    އެނުވޭ ތޯ ކޮރަޕްޝަނައް؟

    އެއީ ދައުލަތުން ބޭރުން ހިގާކަމެއް ތޯ؟

    ތިބޭފުޅާއަށް ނޭގެނީތޯ އެކަން އެގޮތަށް ދޫކޮށް ލައިގެން ތިހުންނަވަނީ؟

  11. ސުވޭބު

    ގައުމެއްގައި ކޮރަޕްޝަން ފެތުރިއްޖެ ނަމަ ގެއްލުން ނުވާނެ އެންމެ ދާއިރާއެއްވެސް ނޯންނާނެ - ރައީސް
    .......... ......... ...........
    ވެރިކަމުގެ ދާއިރާވެސް އޭގެތެރޭގަ ހިމެނޭނެކަން ރައީސްއަށް އިނގިލައްވާތޯ ! 2023 ؟؟؟

  12. އަލަމްގިރި

    ސޯލިބޭ ބަރަބަރު ބާހަކަ ތި ބުނީ. އަރެން ބިޒިނަސް ވެސް ބޮޑުކޮށް ހަލާކުވީ. ބޮރުސަކަރާތް ބައްތަރު އެތި ހުންނަނީ.

  13. އހ

    އިންޑިޔާއިން ދިންލާރިގަނޑުން ވެރިކަމަށް އައީ އަދި އެދަނީ ރާއްޖެ އިންޑިޔާއައް ވިއްކަމުން އަދި އިންޑިޔާގެ މިލިޓަރީބޭސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅަމުން މީވިއްޔަ އެންމެ ކޮރަޕްޝަނުގަ ވާހަކަދައްކަން އެންމެ ރަނގަޅު މީހާ

  14. ނާހަމަ ތެދެއް

    ލޯނުތައް ނަގައިގެން އެނުދެއްކިގެން ތަކެތި އިންތިހާއައް އަގުބޮޑުވެފަ އޮތީ ކޮރަޕްޝަންވެސް އެހާ ބޮޑު ދެން ކީކޭ ކިޔާކަށް

  15. މުފައްކިރު.

    ފުރަތަމަ 37 މިލިއަނަށް ވީގޮތެއް ކިޔާދީބަލަ.

  16. އަބްދޫ

    ދަވްލަތުގެ ފައިސާ މިހާރު މަނިކުފާނު ބަހަމުންދަނީ ކަރެޕްސަނުގެ ގޮތުގައެކޭ ނުބުނާނަން. އެކަމަކު ބުނަންޖެހެނީ ދަވްލަތުގެ ނަމުގަ ވަޒީފާދީގެން ދެމުންދާ މުސާރަތަކަކީ ގާނޫނުއްައސާސީގެ 97 ވަނަ މާއްދާގަ މަނިކުފާނަށް ކޮށްފައޮތް އަމުރާހިލާފަށް އެއަމުރުގަ ބުނާ ގާނޫނު ނެތި ކުރައްވާކަމަކށްވެފަ އެ މަގާމްތަކަށް ދޭމުސާރައިން 2023 ގެ ރިޔާސީ އިންތިހާބުގަ މަނިކުފާނު ވޯޓްހޯއްދެވުމަށް ކުރެވޭ ކަމަކަށް ވެއްޖެނަމަ ކަރެޕްސަނަށް ނުވެދާނެބާ؟އަމިއްލަ ނާޖާއިޒް މަންފަ އަކަށް ކުރެވޭ ހަރަދަކަށް ވެދާނެބާ؟

  17. ސޫއޫދު

    ކޮރޮޕްޝަން ފެތުރުނީތަ ދުވާލު މެންދުރު އަދި ބޮޑެތި މާކަރީލައިޓްތައް ދިއްލާފަހުއްނައިރިވެސް މިސަރުކާރުން ގޮހޮރާއެކް ދޮވެލަނީ ތިބޭފުޅާ ހަނދާނެއްނެއްތަ ބޭފުޅާގެ ކެބިނެޓް މެންބަރެއް ހިމެނޭހެން ރައްޔިތުންއެއްމެދަތިހާލުގައުޅުނުއިރު ބަލިރައްޔިތުންގެ ނޭވާހޮޅިންވެސް ކުރިވައްކަން ވަގުންހޭލާ މިއަދުވަގުހިފަންތިއުޅެނީ ސޮރީދެން ދައުރެއް ދީފިނަމަ ޗޮއިސްއަކައްވާނީ ވެނެޒުވޭލާ ފަދަގައުމުތަކުގަހެން އިސްތަޝި ދިގުމީހުންބަލާ އެވެސްއަތުލާވިއްކަން ބޭރުގައުމުތަކައްއަގުބޮޑުކޮއް ތިބޭފުޅާ ގަތަރައްވޯލްކަޕްބަލަން ދިއުމައްވުރެ މާރަނގަޅުވާނެ ޔޫޓިއުބައްވަދެ ތިބޭފުޅާދެއްކި ވާހަކަތަކުގެ ވީޑިޔޯބެލިއްޔާ މާބޮޑައްމަޖާވެ ހިނިއައްނާނެ މަތިބަރުސަރުކާރާ މަތިބަރު ވީޑިޔޯތަކުން

  18. އާދަނާ

    ކަރަޕްޝަން ފޫބައްދަން ރައްޔިތުންފެލަނީ ތިޔަމަނިކުފާނުނޫންތޯ؟ ޢެކި އެކި ނަމުގަ ބިލްތައްފާސްކޮށްގެން ތިޔަކުޅޭ ކުޅިވަރަކީ ރައްޔިތުންފެލައިގެން ކަރަޕްޝަން ފޫބެއްދުން!

  19. ޙަސަނު

    ޢެހެން ވެ ދޯ އިންޑިއާ ފަހަތުން ދު ވަނީ

  20. ގުއިދައިތަ

    މިހާރު ޤައުމަށް ވެފައި މިއޮތީ ތިބުނާހެން. ތިޔަ ރައީސުގެ ޒައާމަތުގައި. ސަރުކާރުގެ ސިޔާސީ މަޤާމުތަކުގެ %90 އަކީ ކޮރަޕްޓް ނުވަތަ ނުހައްޤުން ފައިދާ ހޯދާ ސިޔާސީ މީހުން.

  21. އަބްދޫ

    މަނިކުފާނު ތިޔަ ވަޑައި ގަންނަވަނީ މުޅިގައުމަށް ކަރެޕްސަން ފަތުރުއްވަމުން. ރައްޔިތުންތިބީ އެ ރައްޔިތުން އަތުން ނަގާ ޓެކްސް ފައިސާ އަބުރާލިބޭތީ އުފަލުން. އެކަމަކު މަނިކުފާނުގެ އަމިއްލަ އެއްވެސް ފައިސާއެއް ވޯޓް ހޯދަން ނުދޭތީ އެމީހުން މަނިކުފާނަށް ވޯޓެއް ނުދޭނެ. ވެނުމަސް ވެނަށް ކާންދީގެން ހުންނަވާ.

  22. ބަރުގޮނު

    ފެތުރިއްޖެ "ނަމަ" އޭ ވިދާޅުވީމާ ޙައިރާންވެއްޖެ. ފެތުރޭނެ އެއްޗެއް ފެތުރި ވާންވީހާ ގޮތެއް މިއޮއްވަނީ. ރަސްމީ ގޮތުންވެސް ނުރަސްމީ ގޮތުންވެސް މިއޮތީ ކޮރަޕްޝަން. ރަޢިއްޔަތުންނަށް އެކިއެކި ޚިދުމަތްދޭ މުއައްސަސާ ތަކުގައި ކަމެއް އަވަސްކޮށްލަން ބޭނުންވާނަމަ އަވަސްވަނީވެސް ކޮރަޕްޝަން ގެ ޢަމަލަކުން. ޖަލުގައިވެސް ... ކުންފުނިތަކުގައި ވެސް ... މާރުކޭޓް ގޮޅި ހޯދުމުގައިވެސް ... ވެހިކަލް ގަރާޖްތަކުގައިވެސް ... ކޮރަޕްޝަން. މުޅިއޮޑީގައި ހަސަނުގެ ދެފައި އޮންންހެން މުޅި ޤަވްމުގައި ކޮރަޕްޝަން.

  23. ކޮއްޔާ

    ޒީރޯޓޮލެރެންސް އޭ ކިޔާފަ ކަޅުދަބަހުގަ އެތަށް މިލިޔަން ރުފިޔާއެއް އަދީބު އަތުން ގެންގޮސް / ގައުމު ކަރަޕްޓް ކުރީ ތިމާނޫންބާ // ،،،،،،

  24. ބަބުރު

    ކަރަޕުސަން އަށްޕަ އިންޑިއާގެ ފައިސާގާ ޖެހިގެން އީސީ ޝަރީފާއިއެކު މަޖިލީހުގެ 47 މެންބަރުން ގަނެލީ ކޮންފައިސާއަކުންބާ ސޯލިހަށްހީވަނީތަ ކަލެޔަކީ ހުރިހާކަމަކުން ފުރީމީހެކޭ އެހެންހީނުކުރަށްވާ މިއަދުސާނާއި ސައޮކަތުގައި ބައްދައިގެން އުޅެވިދާނެ މާދަމާ ކަލެޔާދެކޮޅަށް ކަރަޕުސަނުގެ ދައުވާކޮށް މަތިމަތިން އަދަބުލިބިެންދާނެ އެދުވަހު ލައިވުކޮށް ރަށްޔަތުން ޝަރީއަތް ބަލަމުންދާނެ ރާއްޖޭގެ ހުރިހާޓީވީތަކުންނާއި ފޭސްބުކުން މިއީ މިއަދުކަށަވަރުވާނެ ކަމެއް.