ކުރީ ސަރުކާރުގައި ކޮރަޕްޝަން ހިންގި މީހުންނަށް ފިޔަވަޅު އެޅޭ މަންޒަރު ނުފެންނަ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ބުނެފިއެވެ.

އެމްއާރުއެމުން މިފަދައިން ބުނެފައިވަނީ ބައިނަލްއަގްވާމީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ދުވަހާ ގުޅިގެން އެޕާޓީން ނެރުނު ބަޔާނެއްގައެވެ.

އެގޮތުން އެ ބަޔާނުގައި ބުނެފައިވަނީ މިފަދަ ދުވަހެއް ފާހަގަ ކުރަމުންދާއިރު، ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކަކީ އިހުލާސްތެރި މަސައްކަތްތަކަކަށް ހަދަން ޖެހިފައިވާ ކަމަށާއި ކޮރަޕްޝަން ހުއްޓުވުމަކީ ރައްޔިތުން އެކަމަށް އެދޭތީ، ނުވަތަ ގާނޫނެއް އޮތަތީ އެކަނި ކުރާ ކަމަށްވުރެ، އިހުލާސްތެރި ކަމާއި އެކު ގައުމުގެ ކުރިއެރުމަށާއި ރައްޔިތުންގެ ލާބައަށް ކުރަން ޖެހޭ ކަމެއް ކަމަށެވެ.

އެމްއާރުއެމުން ބުނީ، މި ހިނގާ ރިޔާސީ ދައުރުގައި ހިމެނޭ ކޯލިޝަނުން ކުރިމަތިލީ ދައުލަތުގެ ހުރިހާ ވަސީލަތްތަކާއި ބާރުތައް ވަކި މީހެއްގެ މުށުތެރޭގައި ގެންގުޅެމުން ދަނިކޮށް، އެކަން ބަދަލުކޮށް، ދެފުށް ފެންނަ ސަރުކާރެއް ގާއިމު ކޮށްދިނުމަށް ވައުދުވެގެން ކަމަށެވެ.

"ހާއްސަކޮށް ކޮރަޕްޝަން ހުއްޓުވައި، ކުރިން ހިނގާފައިވާ ކޮރަޕްޝަންގެ ބޮޑެތި ޖަރީމާތައް ތަހުގީގުކޮށް، ޒިންމާވާން ޖެހޭ ފަރާތްތައް ޒިންމާ ކުރުވުމަށް" ބަޔާނުގައި ބުނެފައިވެއެވެ.

މިހާރު އޮތް ކޯލިޝަން ސަރުކާރަށް ރައްޔިތުން ކުރި އިތުބާރަކީ ކޮރަޕްޝަންގެ އަމަލުތައް ބަލައި، އެކަމުގައި ބައިވެރިވި އެންމެން އިންސާފުގެ ކުރިމައްޗަށް ގެންދާނެ ކަމަށް ޔަގީން ކުރެވިގެން ކުރި އިތުބާރު ކަމަށް އެމްއާރުއެމުން ވަނީ ބުނެފައެވެ.

"އެހެން ނަމަވެސް ހަތަރު އަހަރު ފާއިތުވެގެން ދިޔައިރު ވެސް ފެންނަނީ، އެ އަމާޒަށް ވާސިލުވުމަށްޓަކާ މަސައްކަތް ކުރަން ފެއްޓުނުތަން އެކަންޏެވެ. އަދި ހިތާމަޔާއެކު ފާހަގަކުރަން ޖެހެނީ އެކަން ކުރިއަށްދާތަން ނުފެންނަ ކަމެވެ." އެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްއާރްއެމުން ބުނީ ކޮރަޕްޝަންގެ އަމަލުތަކަކީ ހަމައެކަނި ފައިސާގެ މުއާމަލާތްތައް ނޫންކަން ދައުލަތުގެ މުއައްސަސާތަކުން ގަބޫލުކުރަންޖެހޭ ކަމަށާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ހިންގާ ކޮރަޕްޝަންތައް އަމަލުތައް އިންތިހާއަށް ގިނަ ކަމަށާއި ތިން ބާރު ވަކިވެފައިވީ ނަމަވެސް އެއިން ކޮންމެ ބާރަކަށް ވެސް އަދި ކޮންމެ މުއައްސަސާއަކުން ވެސް އެކި ފަރާތްތަކުން އެކި މިންވަރަށް ނުފޫޒު ފޯރުވަމުންދާކަމީ ސިއްރެއް ނޫން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. މާމީ

    މަނިކުފާނު އަނގަ ނުބާނާ މިސަރުކާރައް ސަނާ ކިއާލަ ކިއާލާ ހުރޭ މާގިނަދުވަހެއް ނެތް..

    20
    2
  2. ހުސޭނުބޭ

    ބަލަގަ ބެއްޔާ. ކަރަޕްޝަން ކިޔާ އެތި ބައްޕަ ކިއަނީ ސޯލިބެޔަށް ކަމަށްވަންޏާ އޭތި ކާފަ ކިޔަނީ ބެއްޔައަށް. ބެއްޔައެއް ނޫންތަ މި ރާއްޖޭގެ ކަރަޕްޝަނުގެ ބާނީއަކީ. އެނޫނަސް ޔާމީނަށް ލަނޑުދޭން އެމްޑީޕީގެ ފަސްބާގައި އެލިގަނެގެން ތި އޮންނަނީ ބެއްޔަ ތިއީ އެމީހުންގެ ލޯބިވާ ގޮޅާބޯއެއްނު. ބެއްޔަ ތިހެން ބުނާއިރަށް އެމްޑީޕީ މީހުން ބުނާނެ ........ އެއްކަލަ ގޮޅާބޯ ކޮންތާލުން ފައިދާވެގެންތަ އެ އުޅެނީ....... މިހެން

    16
    2
  3. ރަން ރީނދޫ

    ފަނޑިޔާރުންނަށް ލާރި ދީގެން ،ބޮޑު ހުކުމް ސްޕްރީމް ކޯޓުން ނެރުން އެއީ މަނިކުފާނު ހަމަ ސީދާ އަލިފަކަށް ވެ ހުރެ ހިންގި ކޮރަޕްޝަން.

    24
    3
  4. ލަކްނައު

    ތިޔަ ފިޔަވަޅު އިސްލާމީ ޝަރީޢަތުގައި އޮންނަ ގޮތަށް އަޅައިފިނަމަ، ސިޔާސީންގެ އެކަކުގެވެސް އަތެއް ނުހުންނާނެ. އެހެންވެ ،ވަރަށް ބިރުގަންނާނެ އިސްލާމީ ޝަރީޢަތޭ މީހަކު ކިޔަސް.

    22
  5. އަބުދުﷲ

    ޙަޔާތް ކުޑަ ލިބެން އޮތް ހުރިހާ ފައިދާއެއް ނަގާފަ ދައުރު ނިމުނީމަ މުނާފިގު އެއްޗެކޭ ބުނީއޭ.

    20
    3
  6. Anonymous

    ފިޔަވަޅު ނޭޅީމާ ވެސް ރަނގަޅީ މަނިކުފާނަށް ނޫންތޯ؟ މަނިކުފާނުގެ ސެލްފީ ފުރެންޑު ލާދީނީމީހާ ބުނާ ގޮތުގައި އެންމެ ގިނައިން ކޮރަޕްޝަން ހިންގީ މަނިކުފާނާއި މަނިކުފާނުގެ އައުވާނުން ނޫންތޯ؟ މަނިކުފާނު އަލިވާގޭގައި ހުންނަވަނިކޮށް މަނިކުފާނު ހައްޔަރުކުރަން ފުލުހުން ފޮނުވައި، ބޮން ގޮއްވައި މަނިކުފާނަށް ބިރުދެއްކީ ވެސް އެ ސެލްފީ ފުރެންޑު ލާދީނީމީހާ ނޫންތޯ؟

    20
    1
  7. Anonymous

    ބެއްޔާ ތިއުޅެނީ ވެރިކަމާއިހެދި ހޭބަލިވެގެން !! ކިތައްމެ އަނގައެއް ތެޅުވިއަސް ދެން ވެރިކަމެއް ނުލިބޭނެ . ލިބޭނީ ރައްޔިތުންގެ ނަފުރަތު .

    19
  8. ކައުންސެލަރު

    ހުނ!!!¡!!!!¡!!!!¡
    މޮޅު ވާހަކަނުދައްކާ. ތިކަމުގައި ބައިވެރިވީކީ "ކުރީސަރުކާރެ"އްނޫން. ހަމަ އެހެން ދެން އޮތް ސަރުކާރުގެ ވާހަކަޔާ ކަޅު ދަބަހުގެ ވާހަކަވެސް މިތާ މަދެންނު. މިނިސްޓަރަކު ބުނީ ދައުވާ ކޮށްފިއްޔާ "އޮރިޔާން" ކުރާނަމޯ. އެހެންވެ އޮތީ ފާޑަކަށް ބުލެކުމެއިލް ވެފަ. ވާނެ ހަމަ އެއްގޮތެއްވެސް ނެތް. ދެރަދޯ.. ކަޑަ؟

    19
  9. ޑައެލޯގް

    ކޯލިޝަނުގެ ހުރިހައި ބައިވެރިންނާއި އަދި މިސަރުކާރުގެ ގިނަބަޔަކުވެސް ގަބޫލުކުރޭ އަދި ބުނޭ އެންމެ ކޮރަޕްޓީ މިސަރުކާރުކަމެވެ. ނަމަވެސް ބުނެލުން ފިޔަވައި އެއްކަމެއްވެސްނުކުރެއެވެ. މިސަރުކާރާއިއެކީ އިބޫދޭ ރިޝްވަތުގައި ހިފައިގެން އެހެންބުނެލަބުނެލަތިބެނީއެވެ.

    18
  10. Anonymous

    ހަލޯ! ކާފަ ބޭ ކާފަބޭގެ ވެރިކަމުގައި މިހުރިހައި އެއްޗެއް މުށުތެރެޔަށް ލައިގެން ވޯޓްފޮށިގެ މަތީ ބަނޑުއަޅައިގެން އުޅުނީ. ނުހައްގުން އެތައް ބަޔަކަށް އަނިޔާ ކުރީވެސް ކާފަ ބޭގެ ސަރުކާރުގައި. ދީންނުން އެއްމެ އުަހައް ކިޔަވައިގެން ހުރިމީހެއްކަމަށް ނަންވާމީހާ ތިމާގެ އަޚާއަށް ލަނޑުދޭން ކޮރަޕްޓްވެފައި ތިބި ބަޔެއްގެ ފަސްބައިގައި އެލިގެން އުޅެފަ މިއަދު ކޮރަޕްޝަނޭ ކިއުން މާ ރީއްޗެއްނުން. މިސަރުކާރަށްވުރެ ބޮޑު ކޮރަޕްޓް ސަރުކާރެއްނެތް. ގައުމުގެ ވިއްކާ ހުސްކޮށްފި. ކާފަބޭބޭ ދެން އެއްޗެކޭ ނުކިޔާ ހުއްޓަސް އެއްމެރަގަޅު.!!

  11. އަލްޖިބްރާ

    ކޮރަޕްޝަނުގެ މައްސަލަ ބަލާނަމަ އެންމެ ފުރަތަމަ ޖެހޭނީ ކަލޭގެ ވެރިކަމުގަ ހިންގާފަހުރި ކޮރަޕްޝަނުގެ ކަންތަށްތަށް ބަލަން ! ތިއީ ކޮރަޕްޝަނުގެ ބަފާ !

  12. Anonymous

    ތިޔަ ރ. މައުމޫނުގެ 30އަހަރުގަ ވެރިކަމުގަ ނޫންތޯ މިގައުމުގައިހިންގި އެއްމެ ބޮޑު ކޮރަޕްޝަންހިންގީ ޅިޔަން އިލްޔާސް އިބްރާހީމާއި ފިނދަނަ މާރިޔާގެ ކުރީގެ ފިރިސޮރު މާކުމްސައްތާރަށް "އެފްޕީ އައިޑީ" ދީފަހުރީ އެމީހުންލައްވާ މިގައުމު ދަވާލީ އަޑީގަހުރެގެން ތިމަންމަނިކުފާނަށްވެސް ބައިއަޅުވާފައިވާކަން ރައްޔިތުނަށް އިނގޭ، ވީއިރު މިހާރު ތިޔަ އަނގަތަޅުވަނީ ގެރިއައިނާގެ މިސާލޭ ބުނެވޭނީ، ތިމެންނަގެ ފޫކޮޅުގައިވާ ގުއިއެއް ތިމެންނައަށް ނުފެންނާނެއޭ އަބަދުވެސް ފެންނާނީ ކުރިމަތީގައި އޮތްގެރީގެ ފޫކޮޅުގައިވާގުއޭ، ވީމާ ބެއްޔާ އަނގަނުތަޅާ މަޑުންހުރުން ބުއްދިވެރި😁

    6
    1
  13. ސޭޓް

    ރަން 30 އަހަރު ތެރޭ ހިންގާފައިވާ ކަރަޕްޝަންގެ ވާހަކަތޯ؟

    7
    1
  14. ރުކުމާ

    ތިޔައީ ރަޙްމެއް އިންސާނިއްޔަތުކަމެއްނެތް އިންސާނެއް ތިމާ ޖަލަށް ލާންޖެހުނީ ކީއްވެގެން ހަމަރަގަޅަށް އެގިލައްވާނެ އެކަމަކު ނިކަން ދެކިބަލާ ޔާމީނަށް ބޭބެ އަޑީގައި ހުރެގެން ދެމުންތިޔަ ގެންދަވާ އިނިޔާ ހަމަ ވެރިކަމާހުރި މިނޫން ދުނިޔެއަކަށް ތިމާ ދާންޖެހޭނެކަން އެންމެ ފަހަރަކުވެސް ވިސްނަބަލަ ކޮއްކޮޔަށް ތިޔަ ދެއްވާ އަނިޔާ އަޅެ ހިތަކާއި ލަގޮޑިއެއް ވޭތަ ހަމަ އަނބިމީހާ ނުރުހިދާނެތީ ބިރުން ތިޔަހުރީ ނޫނީ ކުދިންނުލިބޭ އިލްޔާސްގެ ދަށުވެފައި ތިޔަހުރީ މާދަންކަންވެސް ނޭގޭ ލޯމަރާލާނީ މާތްﷲ ބިރުވެތިވެބަލަ ބޭބެ