މާލޭ ސަރަހައްދުން ގޯތި ދޫކުރާ އުސޫލުގައި މާލޭގެ ރަށްވެހިން ކަމަށް ބަލާނެ ގޮތް ކަނޑައަޅާ މާއްދާ އުވާލުމަށް އެދި ހައި ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެންމެ ފުރަތަމަ މަރުހަލާގައި ހައި ކޯޓަށް ނުބެލޭނެ ކަމަށް އެ ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ގާނޫނީ ވަކީލުން ކަމަށްވާ ޝިހާދު އިބްރާހިމާއި ހަސަން ފަލާހު ހުށަހެޅުއްވި އެމައްސަލަ ފުރަތަމަ މަރުހަލާގައި ހައި ކޯޓަށް ނުބެލޭނެ ކަމަށް ދައުލަތުން ވަނީ ދިފާއުގައި ވިދާޅުވެފައެވެ. ދައުލަތަކާއި އެއްކޮޅަށް އިއްވި ހުކުމުގައި ވަނީ ދުސްތޫރީ މައްސަލައެއް ކުރިއަށް ގެންދިއުމުގައި ބަލަންޖެހޭ އަސާސީ ކަމަކީ ދުސްތޫރީ މައްސަލައެއްގައި ހިމެނޭ އަސާސީ ކަންތައްތަކަކީ ކޮބައިތޯ އާއި އެ ކަންތައްތަކުގެ ތެރެއިން ސުވާލު އުފައްދާ ކަމަކީ އެ ކޯޓުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ކަމެއްތޯ ކަމަށެވެ.

ފަނޑިޔާރު ވިދާޅުވީ ފުރަތަމަ މަރުހަލާގައި ހައި ކޯޓުން ބަލަންޖެހޭ ކަމެއްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ކަމެއް މެނުވީ އެއީ ދުސްތޫރީ މައްސަލައެއް ކަމަށް ވިޔަސް ފުރަތަމަ މަރުހަލާގައި ހައި ކޯޓަށް އެ މައްސަލައެއް ނުބެލޭނެ ކަމަށެވެ.

"މި މައްސަލާގައި ސުވާލު އުފައްދާ އުސޫލަކީ އެއްވެސް ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ނުވަތަ ގަވައިދެއް ނުވަތަ ގަވައިދެއްގެ ބައެއް ކަމަށް ބެލެވޭނެ ގާނޫނީ ހަމައެއް ނެތް." ކަމަށް ފަނޑިޔާރު ނިޔާޒް ވިދާޅުވިއެވެ.

ފަނޑިޔާރު ނިޔާޒް ވިދާޅުވީ ހައިކޯޓަށް ބެލޭނީ ގާނޫނެއް ނުވަތަ ގަވައިދެއްގެ ބައެއް ގާނޫނު އަސާސީ އާއި ހިލާފު ކަމަށް ބުނެ ހުށަހެޅޭ މައްސަލަތަކެވެ.

މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ނިޔާޒް އެވެ. އޭނާގެ ރައުޔަށް ބެންޗުގައި ދެން ތިއްބެވި ހަތަރު ފަނޑިޔާރުންގެ ތާއީދާ އެކުގަ އެވެ. އެއީ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އަދި ފަނޑިޔާރު ދީބާނާޒް ފަހުމީ އެވެ.

މިއަދު ހައިކޯޓުން ނިންމި ނިންމުމާއިއެކު ދެން މިމައްސަލަ ފުރަތަމަ މަރުހަލާގައި ބަލަން ޖެހޭނީ ސިވިލް ކޯޓުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލާހި މަލާ

    ފޭސް2 ކުން މާލޭމިހުނަށް ގޯއްޗެއް ނުދެވޭނެ އެއީ ބޮޑެތި ލޯނުތަށް ނަގާގެން ހިއްކާފަ އޮތް އެތަަށް މިޔަންޑޮލަރުގެ ދަރަނި ބިމެއް މާލެ ކިޔާފަ އެތަކުން ހިލޭ ގޯތި ދީފިއްޔާމުން ހިޔާފުލެޓް ކީއްކުރަން ފޭސް2ގެ އެއްވެސް ފުލެޓަކުން ކުލިދައްކާކަށް ނުޖެހޭނެ އޮޓޮމެޓަކުން ކުލި މާފްވީ ދިވެހިރައްޔިތުން ބޯހިޔަަވަހިކަމުގަ ވާންޖެހޭނީ ހަމަހަމަ އެއްބިމެއްގަ ހަނދާންކުރަަތި ނުހައްގުން ބިންފޭރިގަނެގެން ވޯޓްހޯދަން ނާންނާތި

    5
    2
    • ކުޅަނދޭ

      ކުޅަނދޭމެން ހަމަ ތެޅިތެޅި ތިބެންޖެހޭނީ….ގޯތިވެސް ދޭނެ….ރަށު ފުއްޓަރަށް ގޮސް ދަމާދެން…..