އައްޑޫސިޓީ ހިތަދޫ މަގެއްގައި ކޮންނަމުން ދިޔަ ވަޅުގަނޑެއް ތެރޭގައި ވަޅުލެވުނު މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.

މިއަދު ހަވީރުގެ ވަގުތެއްގައި ހިނގި މި ހާދިސާގައި އަނިޔާވެގެން ފަރުވާ ދެމުން އަންނަނީ ދިވެހި ފިރިހެނަކަށެވެ.

އެނގިފައިވާ ގޮތުން މި ހާދިސާގައި އޭނާ އާއި އެކު އިތުރު މީހަކު ވެސް ވަނީ ވަޅުލެވިފައެވެ. ނަމަވެސް މާ ބޮޑު އަނިޔާއެއް ނުލިބި އޭނާ ވަނީ ސަލާމަތްވެފައެވެ.

މިހާދިސާ ހިނގާފައިވަނީ ނަރުދަމާ އެޅުމަށް ކޮންނަމުން ދިޔަ ފުން ވަޅުގަނޑެއްގެ އެއްފަޅިން ގިރައިގެން ގޮސް ވަޅުގަނޑު ތެރޭގައި އެވަގުތު ކޮންނަން ތިބި މީހުން ތާށިވެގެން ކަމަށް މައުލޫމާތު ލިބެއެވެ. މިހާދިސާގައި ވަޅުލެވުނު މީހާ ސަލާމަތް ކޮށްފައިވަނީ އެކްސްކަވޭޓަރެއް ބޭނުން ކޮށްގެން ކަމަށް ވަނީ އެނގިފައެވެ.

ހާދިސާ ހިނގިތާ މާ ގިނައިރެއް ނުވެ އޭނާ ސަލާމަތް ކޮށްގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައިވާއިރު، އޭނާގެ މޭކަށިގަނޑު ބިންދައިގެން ގޮސް ފުއްޕާމޭއަށް ލޭ އެޅިފައި ހުރި ކަމަށް މައުލުމާތު ވަނީ ލިބިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މި ހާދިސާގައި އަނިޔާވެގެން އައިސީޔޫގައި ފަރުވާ ދެމުން އަންނަ މީހާއަކީ ހިތަދޫ ފެނަކައިގެ މުވައްޒަފެކެވެ.

އައްޑޫގައި މިފަދަ ހާދިސާއެއް ހިނގި ނަމަވެސް، އެހާދިސާއާއި ގުޅޭ ގޮތުން ރަސްމީ އިދާރާއަކުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    މާލޭ1986ގަނަރުދަމާއެޅިއިރު ކޮނުނު 40ފޫޓައްވުރެވެސް ފުންކޮއް ހާދިސާއެއްނުހިގާ ވައްކާމާ ކޮރަޕްށަން ހިންގާ ގުމުތަކުގަސޭފްޓީއެއް ސްޓޭންޑަރްޑެއްނުބަލާނޭ އަދިޕުރޮޖެކްޓުތައްދޭނީވެސް އެފެންވަރުގެ ކުންފުނިތަކައް މިފަދަ ގައުމުތަކައް ޔޫރަޕް ގައުމުތަކުން އިންވެސްޓްނުކުރާނެ ބައެއް ބާޓާސިސްޓަމްމީހުން ބޮޑުއަގުގަނަގާ ކުޑަހަރެދެއް ކުރާނީ އެއީގައުމެއްގައެބަލާނެމިންގަނޑެއްނެތީމަ މިކަން ފެއްނާނޭ ސުނާމީއާގުޅިން އލބ ނޫލާ އޭރުރާއްޖޭ ހިންގާފަހުރި ޕުރޮޖެކްޓްތައްބެލީމާ އޭގެފަހުން ބައެއްގައުމުތަކުންހިންގިކަންތަކާ.2018 ނިމުނުއިރުވެސްހަވާލުނުވެހުރި ނަރުދަމާއަޅަން އޭރުވެސްގެނައީ ސިމެންތިންހަދާފަހުރި 3ފޫޓް ހޮޅިތައް މާލޭ ކޮލެޖެއްގެ