އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގައި ބިދޭސީ މުވައްޒަފުންގެ ބަދަލުގައި ސްޕެޝިލިސްޓް ޑޮކްޓަރުންގެ މަޤާމްތަކަށް ދިވެހިން ހޯދުމަށް އިއުލާނު ކޮށްފިއެވެ.

އެ ހޮސްޕިޓަލުން ކުރި އިއުލާނެއްގައި ބުނީ، އެސޯސިއޭޓް ސްޕެޝަލިސްޓް / ކޮންސަލްޓަންޓް އިން އިންޓާނަލް މެޑިސިން، އިމަޖެންސީ ފިޒިޝަން، އެނެސްތީސިއޮލޮޖީ، ސަރޖަރީ، އީ.އެން.ޓީ، ޕީޑިއެޓްރިކްސް، އޮބްސްޓެޓްރިކްސް އެންޑް ގައިނޮކޮލިޖީ، ސައިކޭޓްރީ، އޯތޯޕީޑިކްސް، ރޭޑިއޮލޮޖީ، ޑަރމަޓޮލޮޖީ، ޕެތޮލޮޖީ، ޔޫރޮލޮޖީ، އޮފްތަލްމޮލޮޖީ، އޯތޯޑޮންޓިކްސް މި ދާއިރާ ތަކުން ދިވެހި ޑޮކްޓަރުން ބޭނުންވާ ކަމަށެވެ.

އެގޮތުން މި ދާއިރާތަކުން 29 ދިވެހި ޑޮކްޓަރުން ބޭނުންވާ ކަމަށް އެ އިއުލާނުގައި ވެއެވެ. އެ އިއުލާނުގައިވާގޮތުން މިއީ ދާއިމީ ޑޮކްޓަރުންނެވެ.

އަދި މި ޑޮކްޓަރުންނަށް 25،000ރ އާއި 55،000ރ އާ ދެމެދުގެ އެލަވެންސްއެއް ލިބޭއިރު، ސާވިސް އެލަވެންސްގެ ގޮތުގައި 12،000ރ އަށް ވުރެ ބޮޑު އެއްޗެއް ލިބިގެން ދާނެއެވެ. އަދި އިތުރު އިނާޔަތްތައްވެސް ލިބިގެން ދާނެއެވެ.

އެ އިއުލާނުގައި ބުނެފައި ވަނީ މަގާމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާނީ މާރިޗް ހަ ވަނަ ދުވަހުގެ 13:00 ގެ ކުރިން، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ކަމަށެވެ.

ރާއްޖޭގައި މިހާރުވެސް ގިނަ އަދަދަކަށް ދިވެހި ޑޮކްޓަރުން މަސައްކަތް ކުރަމުންދާއިރު، ބިދޭސީ ޑޮކްޓަރުން ތިބި މަގާމުތަކަށް ދިވެހިން ހޯދުމަށް ދޭތެރެ ދޭތެރެއިން އިއުލާނު ކުރާކަން ފާހަގަކޮށްލެެވެއެވެ.