މިސަރުކާރުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ ހިންގުމަށް ގެނައި ބަދަލުތަކުގެ ނަތީޖާ ފާއިތުވި ދެ އަހަރުގެ ތެރޭގައި ފެނިގެން ހިނގައްޖެކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، އައްޑޫ ސިޓީއާ ފުވައްމުލައް ސިޓީއަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި އެހޮސްޕިޓަލްގެ ބޯޑު މެމްބަރުންނާ، ސީނިއަރ މެނޭޖްމެންޓާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ނައިބު ރައީސް އޭއީއެޗަށް ކުރެއްވި ޒިޔާރަތުގައި، ހޮސްޕިޓަލުގެ ޚިދުމަތްތައް ބައްލަވާލައްވައި، ހޮސްޕިޓަލުގައި އެނދުމަތިކޮށް ފަރުވާދެވެމުންދާ ބައެއް ބަލި މީހުންނަށް ޒިޔާރަތްކުރައްވައި ހާލުއަހުވާލު އޮޅުން ފިލުއްވެވިއެވެ.

މިބައްދަލުވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، އޭއީއެޗްގެ ދަށުން ސިއްޙީ މަރުކަޒުތައް ހިންގައި އެތަންތަނުގެ ޚިދުމަތްތައް ފުޅާކުރެވެމުން ދިޔުމަކީ ހޯދެމުން އަންނަ މުހިއްމު ކުރިއެރުންތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށާއި ޚިދުމަތްތައް ހޯދަން އަންނަ މީހުން ހިތްހަމަޖެހޭފަދަ ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވުމަށް ނައިބު ރައީސް ވަނީ އެދިވަޑައިގެންފައެވެ.

މިބައްދަލުވުމުގައި، އޭއީއެޗްގެ ސީއީއޯ ޑރ. މުޙައްމަދު ޞާލިޙް ވަނީ، އެހޮސްޕިޓަލްގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ފާއިތުވި ދެ އަހަރު ތެރޭގައި ކުރެވުނު މަސައްކަތްތަކުގެ މައުލޫމާތު ނައިބް ރައީސާއި ޙިއްޞާކުރައްވައިފައެވެ. އަދި އޭއީއެޗްގެ ލެބޯޓްރީއަކީ އައިއެސްއޯސެޓިފައިޑް ލެބޯޓްރީއަކަށް ހެދުމުގެ މަސައްކަތްތައް ކުރެވެމުންދާކަމުގަ އިވެސް ވިދާޅުވިއެވެ. އަދި ހޮސްޕިޓަލުން ޚިދުމަތް ހޯދަމުން އަންނަ ފަރާތްތަކަށް ރަނގަޅު ތަޖުރިބާއެއް ކުރެވޭނޭ ގޮތަށް ޚިދުމަތްތައް ބައްޓަންކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ވެސް ހޮސްޕިޓަލްތަކުގެ އެކި ޑިޕާޓްމަންޓްތަކުގެ ވެރިން ވަނީ ނައިބް ރައީސް އާއި ޙިއްޞާކުރައްވާފައެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި މިވަގުތު ކުރެވެމުން އަންނަ އެންމެ މުހިއްމު މަސައްކަތަކީ، ކެތުލެބް ޤާއިމްކުރުމުގެ މަސައްކަތެވެ. ވަކިބޯޑެއްގެ ދަށުން ހިންގަމުން އަންނަ، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަކީ، 102 އެނދުގެ ޓާޝަރީ ހޮސްޕިޓަލެކެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ހުސޭނުބޭ

    ކުރީ ސަރުކާރުން މި ސަރުކާރުގެ އައުވާނުންނާ ދެކޮޅަށް އައްޑޫގައި އެޅި ހޮސް÷ިޓަލުގެ ޚިދުމަތް ފެންނަނީ. ކަލޯ ދެލޯކަނުތަ. ތިއީ އަދިވެސް ހަމަ ޔާމީނުގެ މަސައްކަތް

    32
  2. ރިފާއު އަބްދުލް ސަމަދު ހޮސްޕިޓަލް

    ކޮބާހޭ ގދ.ހަވަރު ތިނަދޫގަ އަޅަން ބުނި ޓާޝަރީ ހޮސްޕިޓަލު. ވައުދު ނުފުއްދަނީސް ވޯޓެއް ނުލިބޭނެ މިއީ ހަވަރު ތިނަދޫ އިގިއްޖޭ

    20
    • ޢ

      މިސަރުކާރުގެ ހާލާމެދު ކަންކޮބުޑެ އަންތަރީސްވެއްޖެ އަބަދުވެސް ރައީސްޔާމީން ކުރެއްވި މަސައްކަތެއްގެ ކްރެޑިޓްނުނެގިގެން ރައްޔިތުންނައް އޮޅުވާލެވޭނެ މަގެއްހޯދުމުގަ 24 ގަޑިއިރު

      22
  3. Anonymous

    ހިންނަވަރޭ ނިކަން އެވަރުގެ ހޮސްޕިޓަލެއް ދިވެހިބިމުގަ އަޅާބަލަ؟؟؟ އަޅަންބުނި ބްރިޖުގެ ޖެހިތަނބު އަދި އަދި އެއުޅެނީކަނޑުގެ އަޑީނުޖެހިގެން . ގެނާ ކެރޭނުގަނޑު ބިންދައިގެން. 50 އަހަރު ވިއަސް ނުވާނެތިކަމެއް!!!!

    23
  4. Anonymous

    މޮޅުވާހަކަ ދެއްކިދާނެ.! ދަތެއްގަ ރިއްސާތީ މިއަދު ދިޔައީމާ ބުނީ ތިކަމަށް މިަތަނުން ދޭނެ ފަރުވާއެއްނެތޭ ޕްރައިވެޓް ތަނަކަށް ދާށޯ . ! ކޮބާ މީދޯ ނަތީޖާއަކީ...

    25
  5. Anonymous

    ވަރަށް ފުރިހަމަ ނަތީޖަ އެބަފެނޭ. އެޑިމިޓް ކޮއްފަ ތިބޭމީހުން އައިވީ ބްލަކުވީމަ އެކަމާ އަޅާލާނެ ބަޔަކުނުވޭ ! ވަރަށް ނުން ކުރިއެރުން މިފެންނަނީ. ސީއޯ އެއްޖީބައައްޖަހާލާފަ ކޮއްމެދުވަހަކު ހެދުނުވަދެފަ ގަޑީކަށި 2.00 އަރާއިރަށް ނިކުމެގެންދާނެ.

    17
    1
  6. ބިން މުހައްމަދު

    މިސަރުކާރު މިސަރުކާރު މިސަރުކާރު ...ކިޔާކަށްނުޖެހުނީސް ކަމެއްކުރެވިފަހުރިނަމަ، ނެތްއެއްޗެއް ވާކަމަށް ދައްކަންޖެހުނީމަ ވަރަށް އަޑުގަދަވާނެ...މިވާގޮތް ގިނަ ދިވެހިންނަށް އެބައެނގޭ.

    24
  7. ގަބުޅިބާދަލާ

    ޝުކުރިއްޔާ ރައީސް ޔާމީން.

    16
  8. ޑަކުތަރު ދެލޯދުންމާރި

    ނައިބުރައީސްގެ ލޮލަށް ވީހާއަވަހަކަށް ތިޔަހަސްފަތާލުން ފަރުވާހޯދަން ލަފާއަރުވަން

    17
  9. އަސާސް

    ވެރިކަން ނިމުންއިރު އައިއެސްއޯ ޤަބޫލްކުރާ ފެންވަރުގެ ތަނަކަށް ލެބޯޓްރީގެ ހިދުމަތް ކުރިޔަށް ނެގެންދެވުން ބަޔަކަށް ކޮން ކާމިޔާބެއްތޯ ހޯދޭނީ. ފޮނިބާސާ ކެޑުންނުން ކަމެއް ނުވަނެ. ޕައުންޑުން މުސާރަ ލިބޭބަޔަކަށްވެސް އައްޑޫމީހުން ހަދާދިނީމާ އައްޑޫ މިހުން އެތިބީ އާސްމާންގައެވެ.

    18
  10. ާދަލޭކް

    އެހެންވީމަ ހިތަދޫ ހޮސްޕިޓަލުގެ ހުރި ސީޓީ ސްކޭން މެސީން ވެސް ގެއްލުވާލީ .