ރާއްޖޭގެ ކުށުގެ ހާލަތަށް ހެޔޮ ބަދަލެއް ގެނެވޭނީ ގައިދީން ރަނގަޅަށް ރިހިބިލިޓޭޓް ކުރެވިގެން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އިމްރާން އެހެން ވިދާޅުވީ ކަރެކްޝަންސް އިން ޕްރިޒަން-ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމްގެ ދެވަނަ ބެޗް މާފުށީ ޖަލުގައި ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ބައި ގަރުނުވަންދެން ކުރިމަތިލަމުން އަންނަ މައްސަލައެއް ކަމަށްވާ މަސްތުވާތަކެތީގެ މައްސަލައަކީ ވަރަށް ބޮޑެތި ޗެލެންޖްތައް ހުރި މައްސަލައެއް ކަމަށާއި އެކަން ހައްލުކުރުމަށްޓަކައި ތަފާތު ވިސްނުންތަކާއި ސިޔާސަތުތަކަށް ބަދަލުގެނެސް މަސައްކަތްތައް ކުރުމާއެކުވެސް، އަދި ކުރެވޭ ކަންކަމުން ހެޔޮ ނަތީޖާ ނިކުންނަ އިރުވެސް މިކަމުގެ ޗެލެންޖްތައް އިންތިހާއަށް ބޮޑުކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ކުރަން ހުރި މަސައްކަތްތަކުގެ ތެރެއިން އެންމެ މުހިއްމު އެއް މަސައްކަތަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތައް ރިހެބިލިޓޭޓްކުރުން ކަމަށެވެ. ޖަލުގައި ފުރަތަމަ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ފެށިގެންދިޔައީ ކޮމިޝަނާ އޮފް ޕްރިޒަންސް އާއި ޓީމްގެ މިންނެތް މަސައްކަތުން ކަން މިނިސްޓަރު ފާހަގަކުރެއްވެވި އެވެ.
![](https://vaguthu.mv/wp-content/uploads/2022/12/capture-29-1024x673.jpg)
"މަދު މުވައްޒަފުންނާއެކު މަސައްކަތްކުރަން ޖެހުމުން ދިމާވާ ގޮންޖެހުންތައް ހައްލުކުރުމުގެ ގޮތުންނާއި ކަރެކްޝަންސްގެ މަސައްކަތްތައް ރަނގަޅުކުރުމުގެ ގޮތުން 180 އޮފިސަރުންގެ ކޯޓާއެއް ސަރުކާރުން ވަނީ ދީފައި. އޭގެ ތެރެއިން ގިނަ އަދަދެއްގެ އޮފިސަރުން ތަމްރީން ހޯދަމުން ދަނީ." މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.
ދެވަނަ ބެޗްގެ ކަންތައްތައް އެމްސީއެސްގެ އޮފިސަރުން މިހާރު ލިބިފައިވާ ތަޖުރިބާއާއެކު ކުރިއަށްވުރެއް ރަނގަޅަށް ކުރިއަށް ގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ފަރާތްތައް މެދުވެރިކޮށް އާ ބެޗަށް ހިތްވަރުހޯދައިދިނުމުގެ ގޮތުން އެހީތެރިކަން ދޭނެ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ތިމާ ޖަލަށް ވަން އިރު ހުރި މީހާނޫން މީހަކަށް އަދި އާ ލައިފަކަށް ކުރިމަތިލުމަށް އަމިއްލައަށް ނިންމުމަށެވެ.
ވަރަށް ހަރުއަަޑުން މަނިކުފާނު ކަރާފެޅުން ހުއްޓާލުމަށް ދަންނަވަން.
ކުށުގެ ހާތަލަށް ބަދަލުގެންނާށޭ ކިޔައިގެން ކަރުނުފެލިބަލަ
ހޯމް މިނިސްޓަރަށް ހުރީ މީހުންގެ ބޮލުގައި ހެއްކަކާނުލައި ޤަތުލުގެ ޒިންމާ އަޅުވާ ޖަލަށް ވަގަށް ފޯނުވެއްދި މީހާ
ޑިފެންސް މިނިސްޓަރަށް ހުރީ ސިފައިންގެ ޕެރޭޑަށް ވަދެ އަވަގުރާނަގޮވި މީހާ
ޕޮލިސް ބޯޑުގައި ހުރީ ބޮއިގެން ބީތާވެގެން ޔޫރިން ޓެސްޓުކުރަން އުޅުނީމާ ރައްޔިތުންގެ މަޖިލީހަށް ފިލަން ވަތް މީހާ
ޔޫތު މިނިސްޓަރަކަށް ހުރީ އެމްއެމްޕީއާރުސީ ލާރިގަނޑު ކައިލި މީހާ
މި މީސްމީހުން ޖަލަށްނުލައި ކުށުގެ ވެއްޓެއް ރަގަޅެއްނުކުރެވޭނެ
ބަލަ ތިޔެއް ނޫން މައްސަލަޔަކީ އަދަބު ދިނުމުގައި މުއަސަސާތަށް
މައްސަލަޔަކީ މުއަސަސާތަށް ފެއިލްވުން ބަހަނާ އަކީ ހައްލެއްނޫން ..
ސޭކު އިމުރާނު އަށް ބުނެލަން އޮތީ؛ 5 އަހަރު ހަމަވާން ދަނީއެވެ. ވެރިކަމުގައި މި5 އަހަރު ތިބީކޮންބައެއްތޯއެވެ؟(ޕޕމ)ތޯ އެވެ؟ ވެރިކަމުގައި މި 5 އަހަރުހުރީ ޔާމީނު ތޯއެވެ؟ ހޯމްމިނިސަޓަރަކަށް ހުރީ ޕޕމ ބޭފުޅަކު ތޯއެވެ؟ ޕޮލިސްކޮމިޝަނަރަކަށް ހުރީ އަދުރޭ ޕާޓީ ބޭފުޅެއްތޯއެވެ؟ކޮންހާބޭކާރު އަނގައެއްތަޅާކަށް؟
ތިއލތުން އަކަށް ނުވާނެ އެއްވެސްކަމެއް. އިސްތިއުފާދީފާ ޖަލައްދޭ! ޓައިމްއަޕްވަނީ ދެން ލަލަލަ.
ތިމާއަށް ވާނެތީ ކުރަންނޫންތަ ހަވާލުވެ ތިހުރީ؟ 4 އަހަރު ފާއިތުވީއިރު ކޮންނަތީޖާއެއް ނެރެވުނީ؟ ދެން އަނގަ...... .
ބަލަންވީ ދޮލަގެއް ލިވޭތޯ އިންޑިޔާއިން. އޭރުން އޭރުން ރަނގަޅުވާނީ.
ރާއްޖޭގެ ކުށުގެ ހާލަތަށް ބަދަލެއް ގެނެވޭނީ އިމްރާނު ނިކަން ރަގަޅަށް އިސްތިއުފާ ދީގެން!!
އިމްރާނޫ ކަލެއަށްވާ ހަމަ ސާބަސް... އިސްލާމީ އުސޫލު ތައް ދޫކޮށްފައި ތިކަހަލަ ބޭކާރު ކަންކަން ކުރިޔަސް ފައިދާއެއް ނުކުރާނެ...