ނޫސްވެރިޔާ އަހްމަދު ރިލްވާން ކަރުު ބުރިކޮށްލައި މަރާލުމުގެ ކުރިން ސީރިއާގައި ތިބި ދިވެހި ހަނގުރާމަވެރިންގެ ފަރާތުން އިންޒާރު ލިބުނު ކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ކޮމިޝަނުން މިއަދު ބުނެފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަރު ކޮމިޝަންގެ ރައީސް ފަރީޝާ ވިދާޅުވީ ސީރިއާގައި ތިބި ދިވެހި ހަނގުރާމަވެރިންގެ ފަރާތުން އެ އިންޒާރު ލިބެން ފެށީ މިނިވަން ނޫހުގައި ހަރުކަށި ފިކުރުގެ ފަރާތްތަކާ ބެހޭ ގޮތުން ލިޔެ ޝާއިއު ކުރާ އާޓިކަލްތަކުގެ ސަބަބުން ކަމަށެވެ.

އަދި މީސް މީޑިއާގައި އާއި މިނިވަން ނޫހުގައި ރިލްވާން ކުރަމުން ދިޔަ މަސައްކަތުގެ ސަބަބުން ހަރުކަށި ފިކުރުގެ ފަރާތްތަކުގެ ހިތްހަމަނުޖެހުމާއި ނަފްރަތު އޮތީ ވަރަށް ބޮޑަށް އަމާޒުވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެތަނުން އެއް މެސެޖްގައި ރިލްވާންގެ "ދުވަސްތައް ކުރު ކަން ދަނެގެން" އެކަން ރަނގަޅަށް އެނގި ހުރެގެން ހުރުމަށް އަންގާފައި އެބައޮތް ކަމަށް ވެސް ފަރީޝާ ވިދާޅުވިއެވެ. ރިލްވާން ގެއްލުވާލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންނާއި ސީރިއާގައި ތިބި ދިވެހިންނާ ގުޅުން އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

ނޫސްވެރިޔާ އަހްމަދު ރިލްވާން
ނޫސްވެރިޔާ އަހްމަދު ރިލްވާން

"އެއީ އަހުމަދު ރިލްވާން ވަގަށް ނަގައި މަރާލުމަށް ފަހު އެކަމުގައި އަމަލީ ގޮތުން ބައިވެރިވި ބައެއް ފަރާތްތައް ސީރިއާގައި ކުރަމުން ދިޔަ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް ރާއްޖެ އިން ފުރައިގެން ގޮސްފައިވާތީ،" ފަރީޝާ ވިދާޅުވިއެވެ.

ފަރީޝާ ވިދާޅުވީ ރިލްވާނަށް އެކިފަހަރު މަތިން ފާރަލުމުގައި ހަރަކާތްތެރިވެފައި ވަނީ ކ. މާލެ، މ. ލެގޫންވިލާ، އިސްމާއިލް އަބްދުއްރަހީމް އާދަމް (އިސޫ) ކަމަށެވެ. އެގޮތަށް ފާރަލާން ފެށީ ސީރިއާގައި ތިބި ދިވެހި ހަނގުރާމަވެރިން ރިލްވާނަށް ބިރު ދައްކައި އިންޒާރުގެ މެސެޖްތައް ފޮނުވި ފަހުން ކަމަށް ފަރީޝާ ވިދާޅުވިއެވެ.

"އެއީ ތަކުރާރުކޮށް ރިލްވާން އެބަހުރި އޭނަގެ ރައްޓެހިންނާއި އެކި މީސް މީހުން ކައިރީގައި ބުނެފައި، އަދި ރިލްވާންގެ ޓުވިޓާ އެކައުންޓްގައި ޓުވީޓެއް ވެސް ކޮށްފައި އެބައޮތް، ތިމަންނަ އަށް ފާރަލާ މީހާއަކީ މި މީހާއޭ، ކިއާފައި ފޮޓޯ އެއްވެސް ލާފައި އެބަހުރި. އެމީހަކީ އިސްމާއިލް އަބްދުއްރަހީމް ކަން އަޅުގަނޑުމެން ވަނީ ކަށަވަރުކޮށްފައި،" ފުލުހުންގެ ބަންދުގައި މިވަގުތު ހުރި އިސޫއާ ބެހޭ ގޮތުން ފަރީޝާ ވިދާޅުވިއެވެ.

ހުޅުމާލޭގައި ރިލްވާން ދިރިއުޅޭ އެޕާޓްމަންޓް ކައިރިން ކާރަކަށް އަރުވައިގެން ގެންގޮސްފައި ވަނީ އޮގަސްޓް 7، 2014 ވަނަ ދުވަހުގެ ރޭ ދަންވަރު 1:45 ހާއިރެވެ. ފަރީޝާ ވިދާޅުވީ އެ ރޭގެ ދިހައެއް ޖެހީއްސުރެ، ބަޔަކު ރިލްވާނަށް ބަޔަކު ފާރަލަމުންދާ ކަން ސީސީޓީވީ ފޫޓޭޖްތަކުން ހާމަވެފައިވާ ކަމަށެވެ.

އެރޭ ރިލްވާނަށް ފާރަލީ ހ. ހިލްޓަން، އަޒްލިފް ރައޫފް އާ އެކީގައި ސީރިއާ އަށް ހަނގުރާމަ އަށް ދިޔަ ސ. ހުޅުދޫ، އަތިރީގެ މުހައްމަދު ސުއައިދު ކަމަށް ވެސް ފަރީޝާ ވިދާޅުވިއެވެ. ފަރީޝާ ވިދާޅުވި ގޮތުގައި ސުއައިދު ބަންދުން ސަލާމަތްވުމާ ގުޅިގެން އޭނާ ބޭރަށް ފުރީ ސެޕްޓެމްބަރު 30، 2014 ގައެވެ.

ރިލްވާންއަށް އިންސާފު ހޯދައިދޭން ގޮވާލައި ބޭއްވި އެއްވުމުގައި ރިލްވާންގެ އާއިލާ - ވަގުތު އިމޭޖަސް

ހުޅުމާލެ އަށް ދާން ފެރީ ޓާމިނަލަށް ވަނުމުގެ ކުރިން ރިލްވާން ވަނީ އާޓިފިޝަލް ބީޗުގައި ހުންނަ "ބްރޭކްވޯޓާ" ރެސްޓޯރަންޓަށް ވެސް ގޮސްފައެވެ. އެކަމަކު، މިހާރު އެ ރެސްޓޯރަންޓެއް ނުހުރެއެވެ. އެ ތަނުން ސ. މީދޫ އިރާކް، މުހައްމަދު ހާމިދު ނަމަކަށް ކިޔާ މީހަކު ރިލްވާނަށް ފާރަލި ކަމަށްވެއެވެ. ހާމިދު ވެސް ވަނީ އަޒްލިފް ރައޫފް އާއި ސުއައިދު އާ އެކީގައި ސީރިއާ އަށް ހަނގުރާމައަށް ގޮސްފައެވެ.

ރިލްވާން ރެސްޓޯރަންޓު ތެރޭގައި އިނދެފައި ދެން ދިޔައީ ކާނިވާ ސަރަހައްދުގައި އޮތް ބައިބަލާ މެޗެއް ބެލުމަށެވެ. ބައިބަލާ މެޗު ނިމުމުން ރިލްވާން ދިޔައީ މާލޭގައި ހުންނަ ހުޅުމާލެ ފެރީ ޓާމިނަލަށެވެ. ފެރީ އަށް އަރައިގެން ރިލްވާން ހުޅުމާލެ އަށް ގޮސް ގެއަށް ދިޔައީ ހިނގައިފައެވެ.

އަދި އެޕާޓްމަންޓް ކައިރިން ގަދަކަމުން ކާރަށް އެރުވީ ދެ މީހަކު ވެގެން ކަމަށް މަރު ކޮމިޝަނުން ބުންޏެވެ. ރަތް ކާރުގައި ތިން މީހަކު ތިބި އިރު، ސައިކަލްގައި އިތުރު ބަޔަކު ހަރަކާތްތެރިވެފައިވާ ކަމަށްވެއެވެ. މި ކާރަކީ ހ. ހިލްޓަން އާލިފް ރައޫފްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކާރެއް ކަމަށް ވެސް މަރު ކޮމިޝަނުން ބުންޏެވެ. މި ކާރުން ރިލްވާންގެ ޑީއެންއޭ ފެނިފައިވާ ކަން މަރު ކޮމިޝަނަށް ހޯދިފައިވެއެވެ.

ކާރުގައި ގަދަކަމުން ގެންގޮސް ރލްވާން އެރުވީ ޑިންގީއަކަށް ކަމަށާއި އެ ޑިންގީއިން އަރުވާފައިވަނީ ކަންނެލި ދޯންޏަކަށް ކަމަށް މަރު ކޮމިޝަނުން ބުންޏެވެ. އެ ދޯންޏަށް އެރުވުމަށް ފަހު ކަނޑުމައްޗަށް ގޮސް ރިލްވާނަށް ކަލިމަލައިދީ ކަރުބުރިކޮށްލައި މަރާލުމަށް ފަހު ކަނޑު ފެެއްތި ކަމަށް ވެސް ބުނެފައިވެއެވެ.

ފަރީޝާ ވިދާޅުވި ގޮތުގައި އެ ދޯނީގައި ހަރުކަށި ފިކުރުގެ ފަރާތްތަކާއި ކުށް ކުރާ ގޭންގްތަކުގެ މީހުންނާ އެކު ޖުމްލަ ހަ މީހުން ތިބިއެވެ. މި އެންމެން ވެސް ސީރިއާގެ ހަނގުރާމައިގައި މަރުވެފައިވާ ކަމަށްވެއެވެ. އެކަމަކު، ރަސްމީ އެއްވެސް އިދާރާއަކުން މިކަން ކަށަވަރު ކުރެވިފައެއް ނުވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަޙުމަދު

    ކޮން ކަލިމައެެއްތޯ ލައިދިނީ؟ މިހެން އަހާލީ ވަރަށްގިނަ ކަލިމަތައް ހުންނާތީވެ.

    18
    1
    • Anonymous

      ތީގައި ވަކި އާކަމެއް ނެތް މީގެ ކުރީގައިވެސް ކިޔަމުން އައީ ތިޔަވާހަކަ !

      17
      2
  2. ޝަފީގާ

    މީޑިޔާގަޔާއި މީސްމީޑިޔާގަ ރިލްވާނު ކުރަމުން ދިޔަ މަސައްކަތަކީ ކޮބާތޯ އާއި އޭގެ ތަފްސީލު ތިޔަ ރިޕޯޓުގައި ނުހިމަނަންތޯ.؟ އަދި ކީއްވެތޯ ތިބުނާ އެންމެން ރިލްވާނު މަރާލަން އުޅުނީ.؟ މިކަމާއި ގުޅިގެން ތިޔަ ތަހުގީގަށް ޔަގީންކުރެވިފައިވަނީ ކޮންކަެއްތޯ އޭނާ މަރާލަން ޖެހުނުަ ސަަބަބެއްކަމަށްވަނީ.؟ ތިއީ އިންޑިޔާއިން ފަަރުމާކޮއްގެން ދީފައޮތް ތަހުގީގީ ރިޕޯޓެއްތޯވެސް ބުނެލަދެއްވާ.

    19
    3
  3. Anonymous

    އިބޫސާލިހު ރައީސުކަމުގެ ހުވައިކުރިތާ 4ގަޑި ތެރޭގައި ރިލުވާނުގެ ގެއްލިފައިވުމާއިބެހޭގޮތުގެ މައުލާތުހޯދައި ހާމަކުރާނެކަމަށް ރިލުވާނުގެ އާޢިލާއަށް ވީވައުދު 4ގަޑިވީއިރު ހަމަވިއިރުވެސް ޖަވާބެއް ނުދެވި 4ގަޑިއި 4ދުވަހަށް ބަދަލުވެ 4ދުވަސް 4ހަފުތާއަށް ބަދަލުވެ 4ހަފުތާ 4މަހަށް ބަދަލުވެ 4މަސް 4އަހަރަށް ބަދަލުވެ 4އަހަރު 4އަހަރު 4މަހަށް ބަދަލުވިފަހުން ނަސީބަކުން އެއްމެފަހަހަކަށް ހީކުރިވަރަށްވުރެވެސް ބޮޑަށް މައުލޫމާތު ސާފުކޮށް އޮޅުންފިލުވާދެއްވައި މިސަރުކާރުން ރިލުވާނުގެ އާއިލާއަށް ވައުދު ފުއްދަވާ އިންސާފު ހޯއްދަވާދެއްވައިފި👍 ސެލިއުޓްގެ މަރުހަބާ ރައީސު އިބޫސާލިހަށް😆##

    8
    3
  4. ފާތުން

    ވެރިކަން ބަދަލުވާ ދުވަސް އައިސް ޖެހޭ އިރަށް ރިލްވާން..

    12
  5. ފާއިޒް

    ރައީސް ކަމުގެ މަޤާމުގައި ޤައްދާރު ސޯލިހުއަށް ތާއީދު ހޯދަން ހިންގި ޖަރީމާއެއް މަކިން ޕީ ޕީ އެމް ގެ ވެރިކަމެއްގައި ބަލަން ޖެހޭ..

    8
    1
  6. ރަން ރީނދޫ

    ހައު ޔޫ ޑައި އިޒް ހައު ޔޫ ލިވް.

    1
    1
  7. Anonymous

    ރިޒްވާނު މިނިވަން ނޫހުގަ އާއި އައިރިސްޓައިމް ގަލިޔެފަ ހުއްޓާ ދުނީ ކެނެރީގެ ނަސީދުގެ ފޮޓޯ ޖަހާފަ ފޯމަރ ޕްރެޒިޑެންޓް ގެ ނަމުގަ ލިޔެފަ ހުރި ލާދީނީ ލިއުން. އެހެން ލިއުމެއް އަދި އެހެން މީހަކާއި ބެހޭ ވާހަކައެއް ރިޒްވާނު ލިޔެފަ ހުއްޓާ ނުދެކެން. ހަމަ ގައމުވެސް އެލިއުންތައް ރިޒްވާނުގެ އަތުގަ ހުންނާނެކަންޔަގީން. ރިޒްވާނު މިނިވަން ނޫހުންވަކިވެ އެއާޕޯޓް ފިއުލް އިނަ ވަޒިފާ ހޯދި އޭރު ބަރާބަރަށް ނަމާދު ކޮށް ސުންނަތް ރޯދަ ވެސް ހިފާ ކަމަށް އެތާގަ އުޅޭ ރައްޓެއްސަކު މަގޭގާތު ބުނި. ހައްދުފަހަނަޅާފަ ކަމަށް ބުނާ ދީނީ މީހުންރިޒްވާނުގެ ބޯކަނޑާލީ ނަމާދު ކުރާތީ ރުޅިއައިސްގެންބާ؟ ރިޒްވާނުގެ އަމިއްލަ ނަމުގަ ލަދީ އެއްވެސް ވާހަކައެއްލިޔެ ނުވަތަ ލާދީނީ އަމަލެއް ވެސްހިންގާ ލާދީނީ ބަހެއް ވެސް ބުނި ކަން އެގެން ނެތް. ރިޒްވާނު ވަގަށް ނެގުމަށްފަހު މިނިވަންނޫހާ އައިރިސްޓައިމްގަ ހުރި ވާހަކަ ތަކަކީ ރިޒްވާނުގެ އަމިއްލަ ހިޔާލު ކަމަށް ނޫސް ބަޔާނެއް ނެރެން ޖެހުނީ ކީއްވެބާ؟ ނޫސްބަޔާން ނެރުނު މީހާ ރިޒްވާނު ވަގަށް ނަގާ މަރާލީ ނޫންބާ؟ ނޫސްބަޔާން އަޑުއެހިން އައިރިސްޓައިމް ނޫސް އެގުނީ ވެސް އެ ނޫސް ބަޔާން އިވުމުން. ނޫސްބަޔާން ނެރުނު މީހާ ނުވަތަ ރިޒްވާނު ލިޔެފަ ހުރި ލާދީނީ ލިއުން ނިސްބަތް ވާމީހާ ހައްޔަރު ކޮށް ތަހިގީގު ނުކުރަން އުޅެނީ ކީއްވެބާ؟