ގެއްލިފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ އިސްމާއީލް އަބްދުލްރަހީމް އާދަމް (އިސޫ) އަށް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން އަނިޔާ ކޮށްފައިވާ ކަމަށް ބުނެފިއެވެ. ނަމަވެސް ކަރެކްޝަނަލް ސާވިސް އިން އެކަން ދޮގު ކުރެއެވެ.

އިސޫގެ އާއިލާ މެންބަރަކު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އިއްޔެ އިސޫ އާއި މާފުށީ ޖަލުން ބައްދަލުވެ ވާނުވާ އޮޅުންފިލާފައިވާ ކަމަށެވެ. އާއިލާ މެންބަރު ބުނީ އިސޫ ހުރި ގޮޅިން ފެންހުސްކުރި 1.5ލ ގެ ފުޅިތަކެއް ނެރެން ދެކޮޅު ހެދުމުން އީއެސްޖީ ޔުނިޓުގެ ހަތް އޮފިސަރަކު ގޮޅިތެރެއަށްވަދެ އިސޫއާށް އަނިޔާކުރި ކަމަށެވެ. "ބޫޓުން ތެޅީ އުނަގަނޑާއި ކުރިމަތީފަރާތުގައި. މޭ 26 ވީ ހުކުރު ދުވަހު ޝިފްޓު ކޮމާންޑަރު ސްޓާފް ސާރޖަންޓް ޒަރީރު އިސްވެހުރެ ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް އިސޫއަށް ވަރަށް އަނިޔާކޮއްފައި ވަނީ." ޓްވީޓްގައި ބުނެފައި ވެއެވެ.

ޓްވީޓްގައި އިތުރަށް ބުނީ މޭ 28 ވީ އާދީއްތަ ދުވަހު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަންގައިގެން އިންސްޕެކްޓާރ އޮފް ކަރެކްޝަނަލް ސާރވިސް ވަނީ ޖަލަށް ޒިޔާރަތްކޮށް އިސޫއާއި ބައްދަލުކޮށް ހާދިސާއާއިބެހޭ އަދި ޖުމްލަަކޮށް ކަރެކްޝަނުން އިސޫގެ ސިއްޙީ އަދި އެހެނިހެން ކަންކަމާއި ދޭތެރޭވާ އިހުމާލުގެ މައުލޫމާތު ނަގާފައި ކަމަށެވެ.

އިސޫ އަށް އަނިޔާ ކޮށްފައިވާ ކަމަށް އާއިލާ އިން ބުނުމާއި ގުޅިގެން ކަރެކްޝަނަލް ސާވިސް އާއި "ވަގުތު" އިން ސުވާލު ކުރުމުން އެއިދާރާގެ އޮފިޝަލަކު ވިދާޅުވީ އިސޫ ބަންދުކޮށްފައި ހުރި ގޮޅިއަށް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ވަނީ ހުސް ފުޅީގައި އަލިފާން ރޯކޮށް ގޮޅި އާއި ދިމާ ކޮރިޑޯގައި ހުރި ކެމެރާ އާއި ދިމާއަށް އެފުޅިތައް އުކާތީ ގޮޅި ސާޗް ކުރަން ކަމަށެވެ.

"އޭނާއަށް އަނިޔާއެއް ވެފައިވާ ކަމަކަށް ފާހަގަ ކުރެވިފައެއް ނުވޭ. ނަމަވެސް އިދާރާތަކުން އަންނަނީ ބަލަން ޖެހޭ ކަންކަން ބަލަމުން." ކަރެކްޝަނަލް ސާވިސްގެ އޮފިޝަލް ވިދާޅުވިއެވެ.

އިސޫ ހައްޔަރު ކޮށްފައި ހުންނަނީ އެކަނި އެއް ގޮޅިއެއްގައެވެ.

ރިލްވާންގެ މައްސަލައިގައި އިސޫގެ އިތުރުން އ.ފާގަފިލާ، އަހްމަދު އިސްމާއިލް އާއި އަހްމަދު މުއާޒް (ގަޓު މުއާ) ވެސް ވަނީ ހައްޔަރު ކޮށްފައެވެ. އެތިން މީހުންގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލާފައެވެ. އެމީހުން ހައްޔަރު ކުރިތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައި ވީނަމަވެސް އަދި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ އަޑުއެހުން ވެސް ނުނިމެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އައްޔަ

    އިމްރާން ބުނި ޖަލުތަކުގައި އަނިޔާ ނުކުރަމޯ! އޭނާ ހެދީ ދޮގެއްނު!

    5
    1
  2. ކޮރަލް

    ޝިފްޓު ކޮމާންޑަރު ސްޓާފް ސާރޖަންޓް ޒަރީރު އިސްވެހުރެ ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް އިސޫއަށް ވަރަށް އަނިޔާކޮއްފައި ވަނީ." ޓްވީޓްގައި ބުނެފައި ވެއެވެ.

  3. ސުނދޭ

    އަލިފާން ރޯކޮށްފައި ފުޅި އުކި ކަމުގެ ކެމެރާ ރިކޯޑު ދައްކަން މަޖުބޫރުކުރޭ!!!!!

    7
    2
  4. ބޯހަލާކު

    އަނިޔާ ކުރީމަ ގޯސް..މީހަކު ގެއްލުވާލީމަ ގޯހެއް ނުވެ.. ދިސް އިސް މޯލްޑިވްސް

    6
    1
  5. ބޯހަލާކު

    ޖަލަކީ ރިސޯޓެއްތަ،؟ ޖަލަށްގެންދަނީ އަނިޔާކުރުމަށްފަހު އިތުރު އަނިޔާލިބިގަތުމަށް،،ނޫންނަމަ ބުނާނީ ސްޕާއަކަށް ގެންދިޔައިއޭ،، ހެހެހެ، އަނިޔާނުލިބޭތީ ކުށްގިނަވަނީ،،ގޭގަ ނޫޅެވޭހާ އިއްޒަތުގަ އުޅެވޭ، ކައިގެން ބޯއިގެން،،،،،

  6. އުގުރި

    ފެންހުސްކުރި ފުޅިތައް ބަލާއައީމަ އެދޭންވީނު ކީއްކުރަން ގަދަހަދަނީ.. އެއް ފުޅިތައް އެއްކޮށްގެން އިސޫ އަނެއްކާ ކީއްކުރަންތަ އުޅުނީ އޭގެން ވެސް އެބަހުރި އެއްޗިހި އެއްޗިހި ހަދައިގެން ހަމަލާ ދީފައި..