މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބުދުﷲ ގެ މަރުގެ މައްސަލައިގައި މަރު ކޮމިޝަނުން ތައްޔާރުކޮށްފައިވާ ރިޕޯޓާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަޅުއްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.

މިއުވާން އެގޮތަށް ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.

ރިލްވާންގެ މަރުގެ މައްސަލައިގައި މަރު ކޮމިޝަނުން ތައްޔާރުކުރި އާ ރިޕޯޓެއް މަރުކޮމިޝަނުން ރައީސްއަށް އަރުވާފައިވާއިރު މިރިޕޯޓާއި ގުޅިގެން ރައީސް ގެންނަންޖެހޭ ބަދަލުތަކުގެ ގޮތުގައި ކޮންކޮން ކަންތައްތަކެއްތޯ މިހާރު ކުރަމުން ދަނީ އަދި މިދައުރުގެ ތެރެއިން މިމައްސަލަ ނިމޭނެ ގޮތަކަށް ސަރުކާރުން މަސައްކަތް ކުރަމުން އެބަދޭތޯ ނުވަތަ މިމައްސަލަ ނިންމުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ކިހިނެއްތޯ ނޫސްވެރިޔާ ސުވާލުކުރި އެވެ.

މިސުވާލަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ ރިޕޯޓް ލިބިވަޑައިގަތުމުން އެރިޕޯޓް ބެއްލެވުމަށްފަހު އޭގައި ފާހަގަކޮށްފައިވާ ކަންތައްތައް ބަންޑާރަ ނައިބް އޮފީހާއި ގުޅިގެން ކުރިޔަށް ގެންދަވާނެ ކަމަށެވެ. އަދި ރިޕޯޓުގައި ފާހަގަކޮށްފައިހުރި ކަންތައްތަކާމެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ބަންޑާރަ ނައިބް އޮފީހާއި ގުޅިގެން ކުރިޔަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެން ނަމަވެސް ޤައުމީ ސަލާމަތާއި ގުޅޭ ކަންތައްތައްތައް އޭގެތެރޭގައި ހިމެނޭތީ އެކަންތައްތަކުގެ ތަފްސީލް ބަޔާނެއް ނުކުރެއެވެ.

"ކުރީ ދުވަހުގެ ކޮންފަރެންސުގައިވެސް ފާހަގަކޮށްފައިވާނެ މަރުކޮމިޝަނުން ފާހަގަކުރައްވާފައިވާނެ އަދިވެސް މީގެތެރޭގައި ބައެއް މީހުންގެ މައްޗަށް ދައުވާ ކުރެވޭ ގޮތަށް ފުރުސަތު އޮތުމާއެކު ޕީޖީ އޮފީހުން އެމަސައްކަތް ކުރިޔަށް ގެންދަވާނެ. މިހާރުވެސް 3 މީހެއްގެ މައްޗަށް ދައުވާ އުފުލި އެމަސައްކަތް ކުރިޔަށް އެބަދޭ. ރިޕޯޓުގައި ފާހަގަކޮށްފައިހުރި ކަންތައްތަކާމެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ބަންޑާރަ ނައިބް އޮފީހާއި ގުޅިގެން އެމަސައްކަތް ކުރިޔަށްދާނެ. ޤައުމީ ސަލާމަތާ ގުޅޭ ކަންތައްތައްތައް އޭގެތެރޭގައި ހިމެނޭތީ ތަފްސީލަށް ނުދާނަން." މިއުވާން ވިދާޅުވިއެވެ.

މީގެއިތުރުުން ކުރިޔަށް އޮތްތާނގައި ކަމާއި ބެހޭ އިދާރާތަކުން ހާމަކުރެވެން އޮތް މައުލޫމާތްތައް ހާމަކުރަމުން ގެންދާނެ ކަމަށް މިއުވާން ވަނީ ވިދާޅުވެފައެވެ.

ރިޟުވާންގެ މަރާއި ގުޅިގެން މަރު ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް އެރުއްދި ދުވަހު މަރު ކޮމިޝަނުން ވިދާޅުވީ އެކޮމިޝަނުން ތައްޔާރު ކުރި ރިޕޯޓް ބެއްލެވުމަށްފަހު ރައީސް އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށާއި ގެންނަވަންޖެހޭ ބަދަލުތައް ގެންނަވާނެ ކަމަށެވެ.

ރިޝުވާންގެ އާއިލާއިންވެސް އުއްމީދުކުރަނީ މިސަރުކާރުގައި މިމައްސަލަގައި ކޮންމެވެސް އެއްކޮޅެއް ފެނިގެންދާނެ ކަމަށެވެ.

އުމުރުން 28 އަހަރުގެ ރިލްވާން ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. ހުޅުމާލޭގައި ދިރިއުޅޭ ރިލްވާން 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ދަންވަރު 12:45 އެހާއިރު، ހުޅުމާލޭ ފެރީ ޓާމިނަލުން ޓިކެޓު ގަނެގެން ފެރީއަށް އެރުމަށް ދާ މަންޒަރު މާލޭގައި ހަދާފައި ހުންނަ ހުޅުމާލެ ފެރީ ޓާމިނަލްގެ ސީސީޓީވީ މަންޒަރުތަކުން ވަނީ ފެނިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނޫރު

    ކަމިޝަނަށް ރ ޔާމިން ވެރިކަންވެސް ކުރި ނުންތޯ. ރ. އެވެނި މިވެހި ވާހަކައެއް ވިދާޅުވިޔޯ ކިޔާފަ މީހަކު ބުންޏޯ ކިޔާފަ ޤާނޫނީ އެއްވެސް ބުރަދަނެއް ނެތް ކަމެއްގެ މަށްޗަށް ކޮން ފިޔަވަޅެއްތޯ.

  2. އަހުމަދު

    އެންމެފުރަތަމަ ގެއްލުނުފޮޓޯގަނޑު ފެނޭތޯބަލަންވީނު

  3. އަހައްމަދޫ

    އެއްކަލަ ބޮޑުފިޔަވަޅުގަ ޖެހުނީ. ތިފިޔަވަޅެއް އަޅާފަދައްކަބަލަ.

  4. މުގާބޭ

    ވަރަށް ފުރިހަމަ ރިޕޯޓެއްހެން ހީވަނީ ކުރިއާއި ފަހަށް އަލިއަޅުވާފައިވޭ. ދެންއެނގޭނީ ޝަރުޢީދާއިރާއިން.

  5. އަލިމުތް

    ކަލޭމެންގެ ދެ ބޯކެހިން ފިޔަވާ ތިޔަ ސިޔާސީ ރޮޕޯޓު ބަލައިގަންނަ ބައެއް އެބައުޅޭތަ؟ އެ ސުވާލު އަމިއްލަ ނަފުސާ ކޮށްލަބަލަ؟ އެހެން އެކަންވީ ކީއްވެގެންތޯ ވިސްނާލަބަލަ!

  6. އަހަންމަދު

    ފިޑިއަކަށް އެޅޭނެ ފިޔަވަޅެއް ނޯންނާނެ!ކުރާނެ އެއްކަމެއްވެސް ނޯންނާނެ. މީހަހު ނުހައްގުން މަރައިފިނަމަ ކުރީގެ ރައީސަކަސް، މަޖިލިހު މެންބަރަކަސް، ޕާޓީއެއްގެ ގުންޑާއަކަސް، ބުއްޅަބޭއަސް
    ގާނޫނުގަ ކަޑައެޅިފައޮތް އަދަބު ދޭންޖެހޭ.
    ނޫންނަމަ އެނަގާލަނީ ގައުމީ މަސްލަހަތު.