ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރަމުން އަންނަ އެފްކޮންސްގެ މުވައްޒަފުން ދިރިއުޅޭ އެކޮމަޑޭޝަން ބްލޮކެއްގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު ރައްޔިތުން މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު "ގިރި ފެކްޝަނާއި، ވަގު ފެކްޝަނަށް" ތުހުމަތުގެ އިނގިލި ދިއްކޮށްފިއެވެ.

ވަކި ނަމެއް ފާހަގަނުކޮށް ނިހާދު ކުރި ޓްވީޓެއްގައި ވިދާޅުވީ ތިލަމާލެ ބުރިޖު އަދި ރާއްޖޭގައި ހިންގަމުންދާ މެގަ ޕްރޮޖެކްޓްތައް ހުއްޓުވުމަށް ކުރެވެން ހުރި ކަމެއް ކަމެއް ވެސް "ގިރިފެކްޝަނާއި ވަގު ފެކްޝަން" ގުޅިގެން ކޮށްފާނެ ކަމަށެވެ.

"އެކަން އެހެން ކުރުމުން އެދެވެނީ އަމިއްލަ އެދުމަށް، ގައުމާއި ރައްޔިތުންނަށް ގެއްލުން." ނިހާދު ވިދާޅުވިއެވެ.

ނިހާދު "ގިރި ފެކްޝަން" ކަމަށް އެވިދާޅުވީ ބެލެވޭ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރާ އެމްޑީޕީ މެންބަރުންނަށެވެ. މީގެ ކުރިން ވެސް ނަޝީދަށް ތާއިދު ކުރާ މެންބަރުންނަށް އިޝާރާތްކޮށް ނިހާދު އާއި އަދި އެހެން ބޭފުޅުން ވެސް އެނަން ބޭނުން ކޮށްފައި ވެއެވެ.

ނިހާދު "ވަގު ފެކްޝަން" ކަމަށް އެވިދާޅުވީ ބެލެވޭ ގޮތުގައި ޕީޕީއެމް އަށެވެ.

ޕީޕީއެމް އާއި ނަޝީދަށް ތާއިދު ކުރާ މެންބަރުން ގުޅިގެން ސަރުކާރަށް ޖެއްސުން ކުރާކަމަށް މީގެ ކުރިން ވެސް ސަރުކާރަށް ތާއިދު ކުރާ މެންބަރުން ތުހުމަތު ކޮށްފައި ވެއެވެ.

މާލެ އިން ގުޅިފަޅާއި ހަމައަށް އަޅާ ބުރިޖުގެ މަސައްކަތް ކުރާ އިންޑިއާގެ އެފްކޮންސްގެ މުވައްޒަފުންތަކެއް ބޭނުން ކުރާ އިމާރާތެއްގައި އަލިފާން ރޯވެގެން ހިނގި ހާދިސާގައި 76 މީހަކަށް ވަނީ އަނިޔާ ވެފައެވެ. އަލިފާން ރޯވީ ރޭ 12:30 ކަންހާއިރު އެވެ.

ސިފައިންގެ ފަޔަރމަނުން ކުރި މަސައްކަތުން އެތަނުގައި ރޯވި އަލިފާން ނިއްވާލެވިފައި ވަނީ 01:52 ހާއިރު އެވެ. އަލިފާނުގެ ޙާދިސާގައި އެކެމަޑޭޝަން ބްލޮކްވަނީ އެއްކޮށް އަނދާހުލިވެފައެވެ.

ފުލުހުން މިއަދު ހެނދުނު ވިދާޅުވީ އަލިފާނުގެ ހާދިސާގައި 76 މީހަކަށް އަނިޔާވެފައިވާ ކަމަށާއި އޭގެ ތެރެއިން ހަމީހެއްގެ ހާލު ސީރިއަސް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. ފާއިޒް

    ތަންދޮރު ނުދަންނަ ގަމާރެއްމީ ކާކުތަ މީނާ މަޖިލީހައް ހޮވީ..

    89
    1
    • ދުޅާ ނިހާ.

      ނިހާދަކީ ސަރުކާރެއް ހިންގަން ނޭގޭ އަންހެންދުޅާ ފެކުސަން މީހެއް

      37
  2. ކާފަބޭ2020

    ތިޔަހިޔަޅުތައް އެހެންމީހުންބަދުނާމުކުރުމައްޓަކައި އަމިއްލަގައިގަވެސްރޯކޮށްފާނެ! އެއީ ޔަހޫދީންގެސްޓައިލް! ޣައްޒާއަށްހަމްލާދޭންވެސްބޭނުންކުރާއުކުޅެއްއެއީ! ޔަހޫދީން ޔަހޫދީންނާގުޅޭނެ! ސޯޓުބޭލޭދުވަސްކައިރިވާކަމުގެ އިހްސާސްވާތީ ހާސަރެއްދަމާލީތޯ؟

    67
    2
  3. މަންނަ

    ގިރިފެކުސަން އޮތީ ސަރުކާރުގަ އެއީވަރަށް މަތީބައެއް އެމީހުންނަކަށް ގާނޫނުއަސާސީގެ ބާރެއް ނުހިނގާ އެއީ އަލަމްގިރި ފެކުސަން ވަގުފެކުސަންވެސް އޮތީ ސަރުކާރުގަ ކަޅުދަބަސްތަށް އުފުއްލީ ވަގުފެކުސަނުން ތިޔަ ދެފެކުސަން އެއްވީމަކިޔަނީ ގިރިވަގު ސަރުކާރު.

    62
    1
  4. މަކަލޭލީ

    މީނާ ބަލާ ބެލުމަށް ގިރިއަށް އަރާ ސޮރަކާ ވައްތަރު. ކުޅި ކުޅީގައި ވަރަށް ކުރީގައި އުޅޭ ވައްތަރު ޖަހާ. ދެން އެހެން ނޫނަސް މީ މަރުމޯލެއް ވިއްޔަ.

    62
  5. މަރީ

    ވެންޓިލޭޓަރ ފެކްޝަން .ގައުމު ވިއްކާލި ފެކްޝަން.

    62
  6. Anonymous

    ދެން އެންމެ އަވަހަށް އަލިފާނުގެ ހާދިސާއެއް ހިނގާފާނެ ކަމަށް ލަފާކުރެވެނީ އަމީނިއްޔާ ސްކޫލްގައެވެ. އެއީ އެ ސްކޫލްގެ މެނޭޖްމަންޓުގެ ދޯދިޔާކަމުންނާއި ލީޑިންގ ޓީޗަރުންގެ ފަރުވާކުޑަކަމުންނެވެ. ދަރިވަރުން ލައްވާ ގަވާއިދާ ޚިލާފު މަސައްކަތް ކުރުވުމާއި ސްކޫލްތެރޭގައި ކުރަންނުޖެހޭ ކަންތައް ކުރުވަމުންދަނީ ހައްދެއްނެތިއެވެ. އެއީ އަލިފާނުގެ ހާދިސާތައް ހިނގާފާނެ ނުރައްކާތެރި ކަމެކެވެ. ބެލެނިވެރިން އެއްކޮށްގެން ޖަލްސާއެއް ބާއްވާފައި އެ ޖަލްސާގައި ޕްރިންސިޕަލް ބެލެނިވެރިންނަށް އަންގާފައިވަނީ ސްކޫލްގައި ކުރާ އެއްވެސް ކަމެއްގެ ވާހަކަ ސޯޝަލް މީޑިއާގައި ނުލިޔުމަށެވެ.

    34
    1
  7. ާާާޢަލީ

    މީމޮޔަމީހެއްތަ؟؟ ހަމަހިތަށް އަރާހާއެއްޗެއްމި ކިޔަނީ؟؟ ލޮލަށް ނުފެންނަކަންކަމުގަ މިކަހަލަ ބޮޑެތިކަންތައް މީހުންގެ ޮޮބޮލުގައަޅުވަނީ؟؟؟ ދެބަންތިހާރު ެެވެފަތަ؟؟ މިބވަރުމީހުން މަޖިލީހަށް ހޮވަންހެޔޮ ނުވާނެ..ރައްޔިތުންނަށް ލަދު...ރައީސް ޔާމީނާ ހިތާވީތަ؟؟ ނެއްޓެން ނޭނގިގެން ތިއުޅެނީ؟؟؟

    57
  8. ވިކިލީކްސް

    ބަލަ ފިރިހެން ކުޅިވަރު އެތާނގަ ކުޅުނިއްޔާ އެކަންވެސް އިނގޭނީ ނިހާދު ކަހަލަ މީހުނަށް.
    އެނގިފައިވާ ގޮތުގައި އިންޑިއާ މީހުން އެތަނުގެ ތެރޭގައި ރޭ ރާބޮއެ މަޖާކުރަމުން ދިޔައީ.

    46
  9. ނީމް ހަސަން ދީދީ

    ބޯރިންގ

    28
  10. ޢަރުޖުން ސްލޯ

    ތިކަން ކުރާނީ އަނގަ ހޮޅި ރ ސްލޯ ބުނެގެން. އެއްޗެކޭ ކިޔާ ސްލޯވީކަން ރައްޔަތުން ގުބޯހައްދަން . ސްލޯ މެންގއ ވިސްނުން ކޮށިވަރީ އިންޑިއާއިން އާލަ ބުރިޖު އަޅަހާލާއި އަދި އަޅަބުރިޖުތަށް ވެއްޓޭކަން . ފިޔާކިލޯ އަކަށް ވިކުނީ މަ ވާނެ ހައެތި ތިޔަވީ.

    47
  11. އާތީ

    ގިރި ފެކްޝަނަށްތާ ކުރާނީ. ނިހާދުމެންނަށްތާ އެންމެ ރަނގަޅަށް އެގޭނީ 8 ފެބްރުއަރީގައި ވެސް މުޅިގައުމުގައި ހުޅުޖަހާ ރޯކޮށް އަންދާ އަޅިއަށް ހަދަން އެމީހުންކުރި މަސައްކަތް. ނިހާދުމެން މިއީ އޭރު ގިރި ފެކްޝަންގެ ނިންމުންތައް ތަންފީޒު ކުރުވަން ގެންގުޅުނު ޗިޕް އުފުރާލާފައި ރޮދި ކެނޑިފައި ބައިފުޅި ބަނގުރާއަށް ދުނިޔެ ރަންވެފައި ތިބި ލަނގިރި ބައިގަނޑުގެ މީހުން

  12. ޙާދިސާބޭބެ

    މިސޮރު މީމާ އަންގަބޮޑު ސޮރެއް ތަންދޮރު ނުފިލާ ހޭބުއްދި ނެތް ސޮރެއް 2024 ގައު ނޔހިވޭނެ ކަންޔާގީންވާތީ ތެޅިފޮޅެނީ، އަދި 2023 ގައި ސޯލިހުވެސް ނނުހޮވޭނެކަން އެގިގެން ހުޅުބުދަނީ!

    14
  13. ސޫއޫދު

    މިއީ ބުރާންޗެއް ބޮލުރޮދިކެޑިފަހުރި މީނައައްނޭގޭ ކަމެތްނެއް މިދުނިއެއަކު ތިކަން ބޮޑައްބެލެވެނީ ތިފެކްށަނައް ލބޭރުގައުމުތަކުން ހޭލުންރެރިނޫން ބަޔަކުމިގައުމައްއެތެރެކޮއް ޕޮރޮޖެކްޓްތައްދިނީމަ ދިމާވާއެކްސިޑެންޓްތައް މިކަންސަރުކާރައްއެގޭ ބޭއްވި ބައްދަލުވުމައްދިއައިީދެމީހުންޔޫތައް ދެންކަލޭބުނަންވީއެއްނޫން ބުރިޖްއަޅަން ބޭނުންކުރާކެރޭންވެއްޓްނީ މާމުއިފެކެޓް ބޯންނުދޭތީއޭ ފައްކާބުރާންޗެއް

  14. ސޯލޭ

    ޢަލިފާނުގެ ކުޅިވަރު ކުޅެނީ ޗަކޮއެމެންގެ ބޯޕާރޓީ އަދި ލާދީނީ އަލަމްގިރި ޕާރަޓީ ކުދިންކަމައް ދުނިޔެ ހެކިދެނީ

    16
  15. އައްޔަ

    އެއީ ޖަރުމަނު ޓެކްނޮލޮޖީ ގައިގައި އުނގުޅަިގެން އިންނެވި ދަންނަ ނުދަންނަ ބޭކަލެއް.

    16
  16. ހަސަނާ

    ބުރިޖެއް އަޅަން ބަޔަކުތެޅޭ ހާލު ދިވެހިންގެ ބޮލުގަލޯނެއް އަޅުވައިގެން ހުރިހާލާރިއެއް އިންޑިއާއަން ދަމައގަންނަން މޮޅެތި އުކުުޅުތައްހަދާނެ...

    19
  17. ޢ

    8ފެބްރުއަރީގަ .މުޅިރާއްޖެގަހުޅުޖެހީ ކާކުގެ އޯޑަރައް ކޮންބަޔެއްލަން ރައްޔިތުންނައް އިންހޭ

    20
  18. ބޮޑުވަގެކޭ

    ތިޔާ އައްޑޫ ނިހާދަކީ އެއީ ބޮޑުވަގެކޭ އައްޑޫ ނިހާދަކީ އެއީ ބޮޑުވަގެކޭ އައްޑޫ ނިހާދަކީ އެއީ ބޮޑުވަގެކޭ އައްޑޫ ނިހާދަކީ އެއީ ބޮޑުވަގެކޭ އައްޑޫ ނިހާދަކީ އެއީ ބޮޑުވަގެކޭ އައްޑޫ ނިހާދަކީ އެއީ ބޮޑުވަގެކޭ އައްޑޫ ނިހާދަކީ އެއީ ބޮޑުވަގެކޭ އައްޑޫ ނިހާދަކީ އެއީ ބޮޑުވަގެކޭ އައްޑޫ ނިހާދަކީ އެއީ ބޮޑުވަގެކޭ އައްޑޫ ނިހާދަކީ އެއީ ބޮޑުވަގެކޭ އައްޑޫ ނިހާދަކީ އެއީ ބޮޑުވަގެކޭ އައްޑޫ ނިހާދަކީ އެއީ ބޮޑުވަގެކޭ އައްޑޫ ނިހާދަކީ އެއީ ބޮޑުވަގެކޭ އައްޑޫ ނިހާދަކީ އެއީ ބޮޑުވަގެކޭ އައްޑޫ ނިހާދަކީ އެއީ ބޮޑުވަގެކޭ އައްޑޫ ނިހާދަކީ އެއީ ބޮޑުވަގެކޭ އައްޑޫ ނިހާދަކީ އެއީ ބޮޑުވަގެކޭ އައްޑޫ ނިހާދަކީ އެއީ ބޮޑުވަގެކޭ އައްޑޫ ނިހާދަކީ އެއީ ބޮޑުވަގެކޭ އައްޑޫ ނިހާދަކީ އެއީ ބޮޑުވަގެކޭ އައްޑޫ ނިހާދަކީ އެއީ ބޮޑުވަގެކޭ އައްޑޫ ނިހާދަކީ އެއީ ބޮޑުވަގެކޭ

    15
  19. ްއަލި

    ގަމާރު

    15
  20. ދަވާލިފެކްށަން

    މިކަލޭގެޔަކީ ސޯލިިހުގެ ދަވާލި ފެކްޝަންގެ ވަގެއް ! އަނެއްކާވެސް ދަވާލާނެ މަގެއްހޯދީ ! ދައުލަތުން މި ބަދަލުހޯދަން ކުރިކަމަކާ ވައްތަރީ! ފަރަށް ލިބުނު ގެއްލުމަށް ދައްކަންޖެހުނު އަދަދުގެ ދެކުނަ ދަވާލާނެ ، ރައްޔިތުން ހޭވެރިކަންވާނި ކޮންދުވަހަކުންބާ؟

    21
  21. އހ

    ބާޖު ނަގިލި ކަޑައިގެން ފަރައް އެރީވެސް އަދި ކެރޭނު ބިންދައިގެން ދިޔައީވެސް އެދެ ފެކްޝަނުންނޭ ކުރިކަމެކޭ ބުނިނަމަ

    18
  22. ހަސަން

    މިއީ ރައްޔިތުން ފައިސާއިން ކިހާވަރެއް ބަޑުއަޅާ މީހެއްބާ!މަވޯޓާހެން ތަނެއްދޮރެއްބަލާނުލާ ހެސްކިޔާފައި ދިފާޢުގައި! 88 މިލިޔަން މަވޯޓާވެސް ނެގިކަމަށް ޖާބިރުބުނޭ! ތާރީޚި ނަޒަރަކުން ބަލާއިރު މިކަހަލަ މީހުންނަކީ މަންފާތަކުގެ ކުރިމަތީ ގޮދަށް އޮންޖެހުނަސް އޮންނާނެ ބައެއް!މުޅިގައުގެ ރައްޔިތުން ގޮވާނަގަނީ މިސަރުކާރު ހެސްކިޔާފައި ރައްޔިތުންގެ ފައިސާކަނީކަމަށް!

    16
  23. އައްނި

    ވޫޓުންވައްކަންކޮއްދެން ސަރުކާރުގަފައިހިއްޕައިގެއް ތިބެވޭނެކަމައްތޯ 5އަހަރުވީއިރުވެސް ހަމަނޭވަނުލެވުނު ހަދާނެނަހަދާނެގޮތެއްނޭގުނު

    14
    1
  24. ހަމީން

    އެފްކޮން އަކީ އިންތަނޭޝަނަލް މިވަރު ޕުރޮޖެކްޓެއް ހިންގާ މަގުންކަންކަން ކުރާ ބަޔެއްނޫން. އެންމެ ކުޑަމިނުން އެތާގެ ލޭބަރާއިންގެ ކާއެއްޗިހިވެސްއެ ގެންދަނީ ވަކިވަކީންތަށިބަރި ހަދައިގެން މާލެއިން ދޯންޏެއްގައި ކޮންމެ ދުވަހަކު. ދެން ވިސްނާ މޫސުން ގޯސްވެގެން އެ ދޯންޏައްނުދެއްވިއްޖެއިޔާ ވޯކަރުންތަށް ބަނޑަށް ތިބެގެން ކިހިނެތްތޯ ބުރިޖު އަޅާނީ. އަދި ލޭބަރާއިން ދިރިއުޅޭ ހާލަތުވެސް އައިއެލްއޯގެ މިންގަޑުތަކަށް ފެތިފަތޯހުރީ ބަލާ ބަަޔަކުވެސް ނެތް. ދެން ދެދުވަހުން އެއްދުވަހު އެބަ ކޮންމެވެސް ހާދިސާއެއް ހިނގާ. އަދި ބޮޑު މޭޖާ މަސްއްކަތްތައް ފަށާފަކާއެއްވެސް ނެތް. ދެން މުހިންމު މަަސައްކަތްތަކާ ހިސާބައްދާއިރު އަދި މިފަދަ ހާދިސާތަށް ކިހާބައިވަރު އޮންނާނެ މިވަރުން ކަންކަން ދަންޏާ. މިއީކީ ކޮންސްޕިރަސީއެއްނޫން.. މިއީ ކުންފުނީގެ މަސައްކަތުގެ ވައްޓަފާޅީގެ މައްސަލަތަކެއް. ް

  25. ޙަހަހަ

    ކަލޭތީ ގަމާރު ފެކްޝަން. ހަހަ

    14
  26. ހުސެން

    ފޮސްކަލޯ އިންޑިއާ މީހުނަށް ހެދޭނެއި ބިޑި.ބައިކިލޯ ބިޑި

    10
  27. އަހާލީ

    ދެން ބާކީ އޮތީ ކުޅިފެކްޝަންތަ (ނިއު ޔެލޯ އޯ އޯލްޑް ޔެލޯ)

    10
  28. ޖާހިއްލޯ

    އައްޑޫ ރައްޔިތުން ކޯލާވާޓަރ ބޮއެގެން ތިބެ ހޮވާ މީހުންގެ ހާލު. ތިޔައީ އައްޑޫ ވާނޫވާ ނޭގޭ ކޮހުން ހޮވާފަ ހުރި އެއްގަމު ކޮހެއް. ވަރަށް ސަލާމް.

    9
    1
  29. Anonymous

    ބުއްޅަބޭ ބުނަންތަ ވާހަކައެއް.
    ޝައިތާނީ ހުރިހާ ފެކްޝަނެއް އޮތީ އެމްޑީޕީ ގައި. ގައިން ތާހިރުވެ ހިނައިގަނެގެން ހަމަ ބުއްދީގައި ހުރެ ދެންވެސް ބުރާންތި ނުވަނީސް ހެޔޮވިސްނޭތޯ ބަލާބަލަ

    10
  30. ޅަހުއްތު

    މުހައްމަދު ނިހާދު ކަލޭ މނޖ ނުކިޔާ އަނގަ މަޑުންލައިގެން ހުރޭ.މަޖިލިހަށް ހޮވުނީމަ ތިމާވަރު މީހަކު ނެތިގެން މިއުޅެނީ.ކަލެއަށް މެމްބަރުކަން ލިބުނީ އެމްޑީޕީ މީހަކަށް ވީމަ.ކަލޭގެ ހުރި ގާބިލު ކަމަކުންނުން.ވަށްބަހުން ނުޖަހާ ސީދަލަށް ބުނެބަލަ.މީ ހަމަ ތާކު ހުރި މޮއްކޯރެއް.

  31. އަންތަރީސް

    އަމިއްލަ ޕާޓީގެ ދެ ފެކްޝަނަށް ތިގޮތައް ނިސްބަތްކުރިއިރު މަނިކުފާނުވެސް މީގެ އެއް ފެކްޝަނަށް ނިސްބަތްވާކަން ނޭނގުނީތީ އަންތަރީސް. ވަގު ފެކްޝަން ( ޞާލިހް ފެކްޝަން ) ގިރި ފެކްޝަން ( ނަޝީދު ފެކްޝަން )