މާލެ އިން ގުޅިފަޅާއި ހަމައަށް އަޅާ ބުރިޖުގެ މަސައްކަތް ކުރާ އިންޑިއާގެ އެފްކޮންސްގެ މުވައްޒަފުންތަކެއް ބޭނުން ކުރާ އިމާރާތެއްގައި ރޯވި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް ބޯހިޔާވަހިކަން ހަމަޖައްސައިދީފި އެވެ.

ވަގުތަށް އެނގިފައިވާ ގޮތުގައި އަލިފާން ރޯވި އެފްކޮންސްގެ އެކޮމަޑޭޝަން ބްލޮކްގައި 500 އަށް ވުރެ ގިނަ މުވައްޒަފުން ދިޔައީ ދިރިއުޅެމުންނެވެ.

އޭގެ ތެރެއިން 76 މީހަކަށް އަނިޔާވެސް ވިއެވެ.

ޕްލޭނިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެފްކޮންސްގެ އެހެން އެކޮމަޑޭޝަންތައް ގުޅިފަޅުގައި ހުރުމުން އެތަންތަނުން މުވައްޒަފުންނަށް އެކޮމަޑޭޝަން ހަމަޖައްސައިފައިވާ ކަމަށެވެ.

އަދި ގުޅިފަޅުގައި ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަންގެ އެކޮމަޑޭޝަންތައް ހުރުމުން އެތަންތަަނުންވެސް އެކޮމަޑޭޝަންތައް ހަމަޖައްސަމުންދާ ކަމަށް ވިދާޅުވިއެވެ.

މިހާރު ހަދަމުންދާ ތިލަމާލެ ބުރިޖުގެ ކުރާ މުވައްޒަފުން ދިރިއުޅޭ އެކޮމަޑޭޝަން ބްލޮކެއްގައި އަލިފާން ރޯވީ ރޭ 12:30 ކަންހާއިރު އެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ޓްރީޓޮޕްގައި 63 މީހުން އެޑްމިޓް ކުރި އެވެ. އަދި 13 މީހަކު އައިޖީއެމްއެޗަށް ގެންދިޔަ އިރު އޭގެ ތެރެއިން ތިން މީހުން ފިޔަވައި އެންމެން މިހާރު ވަނީ ދޫކޮށްލައިފައެވެ.

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އެކަމާ ގުޅޭ ގޮތުން އެފްކޮންސްއިން ވެސް ވަކި އެއްޗެއް ނުބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޑައެލޯގް

    ތިޔަ ބްރިޖް އިންޑިޔާއަށް އެޅޭނެބާވައެވެ. ފުރަތަމައެތިއެރީ ފަރަށެވެ.ދެންކެރޭނު ބިންދައިގެންގޮސް ވެއްޓުނީ ކަނޑަށެވެ. މިހާރު ތިޔަތާ މަސައްކަތުމީހުންގޭގަ ރޯވީއެވެ. އަދި ކަޑުންމައްޗަށްއެރީ ނެރުބައްތިއެއްވަރުގެ ހިމަ ތަނބެކެވެ. 4 އަހަރުވީއެވެ. މިނޫންއަޑެއްނީވެއެވެ.

    14
  2. ރާޖޫ ރ ސްލޯ

    އިންޑިއާ ބްރިޖް ކުންފުނީގެ މުއަޒަފުންނަށް ދިވެހި ދައުލަތުން އެހީވުން އެއީ ކުރަންޖެހޭ ކަމެއްނޫން ބޮޑެތި ކުންފުނިތަކުން އަމިއްލަޔަށް އެމީހުންގެ ގެއްލުން ފޫބައް ދާނީ ކޮންމެފަހަރަކު ދިވެހިންގެ ޓެކްސްފައިސާ ބޭނުން ކުރަނީ އިންޑިއާ މީހުންގެ މަސައްކަތް އަވަސްކޮށް އެކޮމޮޑޭަޝަން ހަމަޖައްސަން

    12
  3. ނަން

    ދެން ޕްރެޖެކްޓް ނިމެންދެން ކެއުމާ އެކޮމެޑޭޝަން ހަމަޖައްސާ ދައުލަތުގެ ބަޖެޓުން. އޭގެ އިތުރުން އަލިފާން ލިބުނު ގެއްލުމުގެ ބަދަލުވެސް ދީ.

  4. ފާއިޒް

    ގަމާރު ސޯލިހޫ ކަލޭގެ އަމިއްލަ ލާރިއެއްނޫން ދައުލަތުގަ ހުރީ ބޭނުންހާ ގޮތަކަށް އިންޑިޔާ އަށް ބަހަން ބަލާތި ދެން ތި ބައިގަނޑުގެ މުހުތާދު ތައް ފުއްދަން ޖެހޭނި ރައްޔިތުންގެ ފައިސާއިން މިކަން މިގަމާރައް ނޭނގެނީތަ.