މިއަދު ކުރިއަށްދިޔަ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި މަތި އުތުރު ޕްރޮވިންސްގެ ރައީސް ކަމަށް ވާދަކުރެއްވި ޕްލޭނިންގެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން އިންތިހާބުކޮށްފިއެވެ.

އެ ޕާޓީގެ މަތި އުތުރު ދާއިރާގެ ރައީސްކަމުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އިބްރާހިމް ވަހީދު (އިބުރޭ) އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމަށް އިންތިހާބުވުމާ ގުޅިގެންނެވެ.

މިއަދު ކުރިއަށްދިޔަ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގެ ތެރެއިން - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު

އެމްޑީޕީ ދާއިރާތަކުގެ އިންތިހާބު ކުރިއަށްގެންގޮސްފައި ވަނީ މިއަދު ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ.

މި އިންތިހާބުގައި މަތި އުތުރު ޕްރޮވިންސް ރައީސް ކަމުގެ ބައި އިލެކްޝަންގައި ވޯޓު ލުމަށް 3000 އަށްވުރެ ގިނަ މީހުންނަށް ހައްގު ލިބިގެން ވެއެވެ. މަތި އުތުރު ޕްރޮވިންސްގައި ހިމެނެނީ ހއ. ހދ. ށ، އަތޮޅެވެ.

އެ ޕާޓީގެ މަތި އުތުރު ޕްރޮވިންސްއަށް ވާދަކޮށްފައި ވަނީ އަކްރަމްގެ އިތުރުން، ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު އާދިލާއި ހެރިޖޭޓް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު އަހްމަދު ހާޝިމް (ޓިންޓިން) އެވެ.

މިއަދު ކުރިއަށްދިޔަ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގެ ތެރެއިން - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު

އަކްރަމް މި ދާއިރާގެ ރައީސް ކަމުގެ މަގާމަށް ހޮވުމާއި ގުޅިގެން ގިނަބަޔަކު ދަނީ އޭނާއަށް މަރުހަބާ ކިޔަމުންނެވެ.

އަކްރަމް ވަނީ، އޭނާއަށް އިތުބާރުކޮށް ވޯޓު ދެއްވި އެމްޑީޕީ މަތި އުތުރު ޕްރޮވިންސްގެ ހުރިހާ މެންބަރުންނަށް ޝުކުރު އަދާ ކޮށްފައެވެ.

"މުސްތަގުބަލުގައި އަޅުގަނޑު މަސައްކަތް ކުރާނީ މި ޕްރޮވިންސްގެ އެންމެހާ މެންބަރުންނާ ގާތުން". އަކްރަމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކެނެރީ

    މިވެސް ބޮޑު ވަގެއް ހަމަ ، ގައުމު ދަވާލުމުގައި އަވަދިނެތި އުޅޭ ގައްދާރެއް

    12
    1
  2. ވެއްޓޭނެއޭ

    އެފްކޮންސް އައުޓް އެއީ އިންޑިއާ އަށް އެޅޭނެ ބްރިޖެއް ނޯންނާނެއޭ މަމެން ހުވައޭ ތިޔާ ނާދީ އާއި އަދި އޯޑިއޯން ބިމުގައި އަޅާ އިމާރާތް ތައް ބޮލަށް ވެއްޓޭނެއޭ 10 އެމްއެމްގެ ދަގަނޑުން ތަނބުތައް ކޮންކްރީޓް ކޮށްގެން ނަގައިފިނަމަ އެއިމާރާތް ތައް ބޮލަށް ވެއްޓޭނެއޭ ވެއްޓޭނެއޭ ވެއްޓޭނެއޭ ވެއްޓޭނެއޭ ވެއްޓޭނެއޭ ވެއްޓޭނެއޭ ވެއްޓޭނެއޭ ވެއްޓޭނެއޭ ވެއްޓޭނެއޭ ވެއްޓޭނެއޭ ވެއްޓޭނެއޭ ވެއްޓޭނެއޭ

    8
    1
  3. އަހައްމަދޫ

    ބޭކާރު ކަންތައް ބޭކާރު މަގާމުތައް. ކޮން ރައީސްކަމެއްތަ. ތިހަވާލުވެގެން އުޅޭ މިނިސްޓްރީގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެވޭ ތޯ ބަލާބަލަ

    7
    1
  4. ޙާދިސާބޭބެ

    މީ މިގައުމުގައި އުފެދުނު އެންމެ ކަރެޕްޓު މީހުންގެ ތެރެއިން ކަރެޕްސަނު ހިންގުމުން ޕީއެޗުޑީ އޮތްމީހާ

  5. ާާާޢަލީ

    ތިި ލާާދީނި ޕާޓީއެއް ތިޕާޓީގައުޅޭނިވެސް ލާދީނީ މީހުން...
    ފޮޑިއަކުރަމު...

  6. ޚަލީލް

    ކުރިމަތިލި 3 މީހުންގެ ތެރެއިން އެންމެ ކޮރަޕްޓް މީހާ ހޮވަން މަތިއުތުރު ޕްރޮވިންސްގެ މީހުނަށް އެނގުނީ. ސާބަސް ކަލޭމެންނަށް.

  7. ޢަބްދުއްލަޠީފު

    ކޮން އަކުރަމް އެކޭ ކިޔާކަށްތަ. މީނަގެ އަޞްލުނަން ނޫނީ ފުރިހަމަނަން ނުލިޔުނީ މީނަޔަކީ ކާކުކަން މީހުންނަށް އޮޅުވާލަންތަ؟ އަކުރަމް ކަމާލުއްދީން ލިޔުނީމަ މީނަޔަކީ ކާކުކަން އެނގޭނީ. ރާއްޖެޓީވީގެ ވެރިޔާ މީނަޔަކީ. ވަރައްނުބައި ނުލަފާ މީހާގަނޑެއްމީ.

  8. ޢަބްދުއްލަޠީފު

    ކޮންތާކު ތިޔަ މަތިއުތުރު ޕްރޮވިންސް އޮންނަނީ؟ މި އެމްޑީޕީ އަކީ ދިވެހި ޖޯގްރަފީއަށްވެސް އިޙުތިރާމް ނުކުރާ ބައިގަނޑެއްދޯ؟ އަހަރުމެން ނުދަންނަން އެއްވެސް ޕްރޮވިންސެއް. އަހަރުމެން ދަންނަނީ ހއ، ހދ، ށ، ނ، ރ، ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ، ތ، ލ، ގއ، ގދ، ޏ، ސ. ޤުދްރަތީގޮތުން ރާއްޖެ ބެހިފައި އޮންނަނީ 26 އަތޮޅަށް. ސިޔާސީ ގޮތުން 19 އަތޮޅަށް ބަހައިގެން ދިގުޒަމާންތަކެއް ވަނީ ހޭދަކޮށްފަ. މައުމޫނުގެ ވެރިކަމުގައި އަރިއަތޮޅު ދެބަޔަކަށް ބަހާފަ އއ، އދ ހަމަޖެއްސި. މިހާރު އޮންނަނީ 20 އަތޮޅު. ދެންކޮން ޕްރޮވިންސެއްތަ؟ ރާއްޖޭގެ އަތޮޅުތަކަށް ކިޔާފަ ހުންނަނީ ނުލާހިކުރީތި ދިވެހިވަންތަ ނަންތަކެއް. މިސާލަކަށް ތިލަދުންމަތި، މާޅޮސްމަޑުލު. އައްޑުއަތޮޅު. މިނަންތައްކަމުނުދާ ނަމަ އަހަރުމެންނަކަށް ނަޝީދެއްވެސް ކަމަކުނުދޭ. އެހެންކޮންމެސް ނަމެއް ހަދާފަ ކިޔަންފަށަންވީ.