މި އަހަރުގެ ވޯލްޑް ކަޕް ކަވާ ކުރުމުގެ ފުރުސަތު ނޫސްވެރިއަކަށް އަދި ފޮޓޯ ގްރަފަރަކަށް ހަމަޖައްސައިދެއްވާނެ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފްވި ވައުދު ފުއްދަވައި ނުދެއްވާ އެމަނިކުފާނު ވޯލްޑް ކަޕް ބެލުމަށް ގަތަރައް ވަޑައިގެންފި އެވެ.

މިދިޔަ އަހަރުގެ ބޭއްވު ނޫސްވެރިންގެ އިނާމުދިނުގެ 2020 ޖަލްސާގައި ވާހަކަދައްކަވަމުން ކުޅިވަރުގެ ދާއިރާގައި މަސައްކަތް ކުރާ ނޫސްވެރިންނާއި ޕޮޓޯގްރާފަރުންގެ ބުރަ މަސައްކަތުގެ މައްޗަށް މަހުލޫފް ވަނީ އަލިއަޅުއްވާލައްފާ އެވެ.

މަހްލޫފް އެރޭ ވިދާޅުވީ ޤަތަރުގައި އޮންނަ ވޯލްޑް ކަޕްގެ މެޗްތަކެއް ކަވަރު ކުރުމުގެ ފުރުސަތު ކުޅިވަރުގެ ދާއިރާއިން އެރޭ އެވޯޑް ލިބުނު ނޫސްވެރިއާ އާއި އެރޭ ހޮވުނު އެންމެ މޮޅު ފޮޓޯ ގްރަފަރަކަށް ހޯދައި ދެއްވާނެ ކަމަށެވެ.

"އެވޯޑް ލިބު ކުޅިވަރުގެ ނޫސްވެރިޔާއަށް ވޯލްޑް ކަޕްގެ ކޮންމެވެސް މެޗްތަކެއް ކަވަރު ކުރުމުގެ ފުރުސަތު ހޯދައިދޭނަން. އެވޯޑް ލިބުނު ފޮޓޯ ޖާނަލިސްޓަށް ވެސް އެ ފުރުސަތު ހޯދައިދިނުމަށް މަސައްކަތް ކޮށްދޭނަން." މަހުލޫފް ވިދާޅުވި އެވެ.

އިއްޔެ ވޯލްޑް ކަޕް ނިމިފައިވާއިރު އެ ފުރުސަތު ނޫސްވެރިއަކަށް އަދި ފޮޓޯގްރަފަރަކަށް ވެސް ލިބިފަ އެއް ނުވެ އެވެ.

ނަމަވެސް މިނިސްޓަރު މަހްލޫފް ވަނީ އެމަނިކުފާނު އާއިލާ އާއި އެކުގައި ވޯލްޑް ކަޕްގެ ފައިނަލް ރޭ ބެއްލެވުމަށް ސްޓޭޑިއަމްއަށް ގޮސް ނަގާފައިވާ ފޮޓޯތަކެއް އާންމު ކޮށްފަ އެވެ. މަހްލޫފް އާއިއެކު އަނބިކަނބަލުން އަދި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރ ނަޒްރާ ނަސީމް އާއި ދަރިފުޅު ވެސް ގަތަރަށް ވަޑައިގެންނެވިއެވެ.

ނޫސްވެރިން ގަތަރަށް ގެންދަން މަހްލޫފްވި ވައުދު ފުއްދަން މަހްލޫފް އެއްވެސް މަސައްކަތެއް ކުރިކަމުގެ މައުލޫމާތެއް ވެސް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. އަސާސް

    ނަސީބެއް ބަލިވިކަން

    22
    1
  2. ގަދަ

    ރަށްޔަތުންގެ ފައިސާއިން މިމީހުން އުދުހެނީ އެއްވެސް ފިކުރެއް ނެތި މިއަދު މިމީހުންނަށްހީވާކަހަލަ ރަށްޔަތުންނަކީ ގަމާރުންނޭ ކުރާނެކަމެއްނެތް ވައުދާ އަހުދު އުވާލާފަ އޭނަޔާ އޭނަގެ ސަރުކާރު މީހުންނާއިއެކު ތިކަމެއް މިއަދު ކޮށްފި ތިކަންކުރީ ކިހިނެއްތޯ މިއަދުބަލާނެ ބަޔަކު މިގައުމަކުނެތް ހަށްޕު ވަށްސަލާމް.

    15
    1
  3. މޫކޭ

    ތިބޭފުޅުންވެސް އަމިއްލަހަރަދުގަ ދިޔަނަމަ ފޮޓޯ ނަގަން

    14
    14
  4. ކޮމެންޓޫ

    މީހުން ކޮރަޕްޓު ވާނީ މިހާވަަރަށް. މިސްޓަރ ރީލޯޑް

    33
  5. މަބޭ

    2026 ވަނަ އަހަރުގެ ވޯލްޑްކަޕް ވާހަކަ ނޫސްވެރިންނައް އޮޅުނީ

    19
  6. ރަން ރީނދޫ

    އިސް މަގާމު ތަކުގައި ހުސް ފަތުރުވެރިން.

    34
  7. ދަރަނި ދަންތުރަ

    ފޮނިކަމާ ކިބުރުވެރިކަން ދެއްކުއްތެރިކަން މި އިންސާނާ ، ހިތިނިމުމަކުން ނިމިދާތަށް ދުނިޔޭގައިި ތިބި ބަޔަކަށް ފެއްނާނެ

    43
    • ޢަހުމަދުވަގާރު

      އެއޯ.އެއީ ކަލޭ އަތްމަތީ ވާ ކަމެއް ތަ؟

      1
      2
  8. ބޭބެ

    ރާކަނި މަސް ކެވިޖެދޯ. ސީދާ ކައްޒާބެއް އެއީ

    23
  9. ރަހީމް

    ސޯލިހު ސަރުކާރުގައި ތިބެނީ އަލިއްލަ އެދުމާ ކަންދެއްކުމުން ތަތްތެޅިފަ ތިބި ބައެއް. އަމިއްލަ އަންބޮޑި ބޮޑުކުރާން ހޭބަލިވެފަ ތިބެނީ

    40
  10. އޭނަ

    ބުނާނެ : އޫޕްސް! ހަނދާނެއްވެސް ނެތް މަ.

    27
  11. މުނާ

    .މިއީވާމިނިސްޓަރެއް..

    33
  12. ލުލު

    މަކަރު

    30
  13. ޙަދިސައިބު

    ޢެބޭފުޅާއަކީ ފޮޓިގުރާފަރެއް އަދި ރިޕޯޓަރެއް ވޫމާ ވައުދު މިފުދުނޫ! ކުރީ ސަރުކާރުން ކަންކުރިގިތުން ވައުދު ނުފުދުނީ!

    25
  14. އުގުރި

    ޔޯގާ މިނިސްޓަރު... ބޯހަލާކު

    28
  15. ދިވެހި ރައްޔިޔެއް

    މަހުލޫފް ވަޒީފާގެ ނާޖާއިޒް ފައިދާ ނެގީ.
    މަސްއޫލިއްޔަތު އަދާކުރުމަކީ ވައުދު ފުއްދުން.
    ނޫސްވެރިންނަށް ދޭން އޮތް ފުރުސަތު އޭނާ ދިނީ އޭނާގެ އާއިލާއަށް.

    އޭ! މުޑުދާރު މުނާފިގު މަހުލޫފު އެވެ. ތިޔައީ މުނާފިގުންގެ ހުރިހާ ސިފަތައް ހަމަވާ މީހެކެވެ. މާދަމާ މަރުވީމާ އަލިފާނުން ގަދަފަދަ އަޒާބު ލިބޭނެކަމަށް ގަބޫލުކުރާނަމަ ތިހެން ނޫޅޭނެއެވެ. ތިއީ ހަމަ ފަސާދަކުރާ މީހެކެވެ. ކަލެއަށް މާފެއް ނެތެވެ. މަރުވީމަ މޫނުބަލަންވެސް ނުދާނަމެވެ.
    މަގޭ ހައްގަށް ކަލޭ އަރައިގެންފިއެވެ.

    24
  16. Anonymous

    އެމްއެމްޕީއާެރުސީގެ ޑޮލަރު ވަގު

    25
  17. އަހައްމަދޫ

    ބޮޑުސޯބު އެބުރޭހެން ކުދިސޯބުވެސް އެބުރޭނީ. ކޮންވައުދެއްތަ އޮންނާނީ ކުރެވުނީމަ އެނިމުނީނު. އެކަކަށް އެއްކަމެއްވެސް ނުކުރެވޭނެ

    15
  18. ފިންކީސް

    މަހޭއަކީ ފައިސާޖަހާ މެޝިނެއްތަ؟ އަނެއްކާ ތަރިންނާއެކު ހާދަފޮޓޯއެކޭ އޭނާ އެނަގަނީ. ކަނޑާލާ ކޮންމެގަނޑަކީ އެތައްހާސް/ލައްކަ ޑޮލަރު.

  19. ޙަހަހަ

    ރީލޯޑޭ، އޭކޭއޭ ވަގުލޫފް

  20. މަރީ

    ދައުލަތުގެ ހަޒާނާތަޅާބާލަނީ އަނބި ދަރިން ގޮވައިގެން އެކުޑަ ކުޑަ ފަކީރައްވެސް ހުރިހާ ނުބައި ކަމެއް ދަސްކޮއްދޭއެބަ

    7
    1
  21. ހާމިދު ޝާހިދު

    ލިބުނު ދެ ޓިކެޓަށް ދަރިފުޅު ގޮވައިގެން ދިޔައީ ކަމަށް ވާނީ! ތިކަން ވެފައި އޮތްގޮތެއް ތަހުގީގު ކުރުންވަރަށް މުހިންމު!