ކުރިއަށް އޮތް 24 ގަޑިއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އިމިގްރޭޝަން ޕްރޮސެސްގައި ލަސްކަމެއް ކުރިމަތިވެދާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފިއެވެ.

އެމްއޭސީއެލްއިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ކުރިއަށް އޮތް 24 ގަޑިއިރު އެރައިވަލް ޓާމިނަލްގައި އިމިގްރޭޝަން ޕްރޮސެސްގައި ޕަސެންޖަރުންނަށް ލަސްކަމެއް ކުރިމަތިވެދާނެ ކަމަށެވެ.

ލަސްކަން ކުރިމަތިވެފައި ވަނީ އެއީ އިމިގްރޭޝަން ކައުންޓަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުންދާތީ ކަމަށެވެ.

އެމްއޭސީއެލްއިން ބުނީ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ނިދުމުން އެ ބަދަލުތަކާއި އެކު ދަތުރުކުރާ ފަރާތްކަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި އަދި ހިދުމަތް ދިނުމުގައި އަވަސްގެންދާނެ ކަމަށެވެ.

އެމްއޭސީއެލްއިން ވަނީ ކުރިއަށް އޮތް 24 ގަޑިއިރު އިމިގްރޭޝަންގެ ޕްރޮސަސަށް ލަސްތަކެއް ކުރިމަތިވާނެތީ އެކަމަށް މާފަށް އެދިފަ އެވެ.

މިދިޔަ އަހަރާއި އަޅާބަލާއި މި އަހަރު ވީއައިއޭއިން ހިދުމަތް ހޯދި ޕަސެންޖަރުންގެ އަދަދު ވަނީ 20 އިންސައްތައަށް އިތުރުވެފައި ކަމަށް އެމްއޭސީއެލްއިން ބުނެ އެވެ. މިދިޔަ އަހަރު 1.4 މިލިއަން ޕަސެންޖަރުން ވީއައިއޭއިން ހިދުމަތް ހޯދާފައިވާއިރު މި އަހަރު އެ އަދަދު ދެ މިލިއަނަށް އަރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ތައްހާނު

    އަޕްގްރޭޑް ކުރަަން މިއަށްވުރެ ރަގަޅު ދުވަސް ވަރެއް ނުފެނުނީދޯ.

  2. އަހުމަދު

    ކިހަާދެރަ ކަމެއްދޯ؟ސަރުކާރު ފެއިލް ވެފައިތިއޮތީ

  3. ނަމަ

    އަޕްގްރޭޑް ކުރީމަ ކިހާވަރަކުން ދާނެބާ؟

  4. ހަސަނު

    ކަލޯ!!! މުޅިންވެސް ރައީސްޔާމީނުގެ މަސައްކަތް ..ހުޅުވާލަންވެސް ހަތަރުއަހަރު..ސާބަހޭ ސްލޯ..ހަމަފިނިހަކަދުވެލީގަ..އެކަމާ ބިރުން ޔާމީނު ހޮވިދާނެތީޖަލަށް...ހާދަބިރެކޭފިގަންނަނީދޯ؟؟؟