އެމްޑީޕީން ވަކިކުރި މެންބަރުންނަކީ "އަސްލު އެމްޑީޕީ މެންބަރުން" ކަމަށާއި އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓް ނުދޭނެހެން ހީވާ 39000 މެންބަރުން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވިކަން އިއުލާން ކުރެއްވުމަށް ފަހު ނަޝީދުގެ ފުރަތަމަ ޝަކުވާއަކަށް ވީވެސް އެމްޑީޕީގެ މެންބަރުންގެ ދަފްތަރު "ގަޑުބަޑު" ކޮށްފައިވާ ކަމުގެ ތުހުމަތެވެ.

އެތުހުމަތުތައް މިއަދު އިނގިރޭސިބަހުން ކުރެއްވި ޓްވީޓެއްގައި ނަޝީދު ވަނީ ތަކުރާރު ކުރައްވާފައެވެ. ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ އިންސާފުވެރި މިނިވަން އިންތިހާބުތަކަށް އަބަދުވެސް ތާއީދުކުރާ ޕާޓީއެއް ކަމަށެވެ. އެހެންނަމަވެސް އެމްޑީޕީގެ ދަފުތަރުގައި ހިމެނުނު 39،000 މެންބަރުން ފާއިތުވި އަހަރު ރައީސް ސޯލިހް ވަނީ ޕާޓީން ވަކިކޮށްފައި ކަމަށެވެ.

އެމްޑީޕީގެ ދަފުތަރު ސާފުކުރަންޖެހޭ ކަމަށާއި ނަމަވެސް ދަފުތަރު އިސްލާހުކުރުމުގެ ނަމުގައި ޕާޓީން ވަކިކުރީ އެމްޑީޕީގައި ގިނަދުވަސްވީ ޕާޓީގެ އަސްލު މެންބަރުން ކަމަށް ނަޝީދު ވިދާޅުވިއެވެ. އެއީ ރައީސް ސޯލިހަށް ވޯޓް ދޭނެހެން ހީނުވާ މެންބަރުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ދަފްތަރު ގަޑުބަޑު ކޮށްފައިވާ ކަމަށް ނަޝީދު ކުރާ ތުހުމަތުތައް އެމްޑީޕީން ވަނީ ދޮގު ކޮށްފައެވެ. އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޕާޓީގެ ދަފްތަރަށް ބަދަލު ގެނައީ ގައުމީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރާއި އެއްގޮތައް ކަމަށެވެ. ޕާޓީން ވަކިވި މެންބަރުންނަކީ އެހެން ޕާޓީތަކުގެ މެންބަރުން ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.

އަންނަ މަހުގެ 28 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ރައީސް ސޯލިހާއި ނަޝީދު ވެސް މިހާރު ވަނީ ފައްޓަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ދފދފދފދފދޒ

    ނަޝިދު ހެޔޮނުވާނެ ދޮގުހަދަން!!!

  2. މުހައްމދު

    ކޮންމެވެސް މޮޅުވާހަކައެއްދައްކައިގެން ފިތުނަނައުފެއްދޭތޯ ބަލާނެ ކުރީޒަމާނުގެ މީހެއްނަމަ ހާމާނަށްވުރެ އރިސްވާނެ

    1
    1
  3. ޚޮކި

    ނަޝީދަކަށް ތާއީދެއްނެތް. މަމީ އެމްޑީޕީ މެމްބަރެއް ހަމަޔަޤީނުންވެސް މިފަހަރު ނަޝީދަކަށް ނުދޭނަން.
    ރައީސުންނަކީ، މުޅިޤައުމުގެ އެންމެން ގޮވައިގެން އުޅެންވިމީހާ. ނަޝީދުގެ އެޤާބިލުކަމެއް ނެތް. ،،އަބަދު ކޮންމެސް އެއްޗަކަށް ފައިންއެރެނީ،،

    9
    4
    • Anonymous

      "ހޮކި" ތިޔަބުނާފަދަ ގާބިލިކަންހުރީ ލީޑަރަކީ ހަމައެކަނި ރ ޔާމީން، މިހަގީގަތް އެމްޑީޕީ މެންބަރުންވެސް ގަބޫލުކުރޭ.

      13
      3
    • ވޯލި

      ސޯލިހު ގާބިލުވެގެން ދައުލަތުގެ ހަޒާނާ މަޅާލަނީ ދޮގެ؟؟

      10
      2
  4. ޑައެލޯގް

    އަސްލުވެސް އަންނިއެބުނީތެދެކެވެ. އިބޫވަނީ މުޅިދައުލަތުގެ ހަޒާނާގައި ވަކިހިއްޕައި އިބޫއަށް ވޯޓުދޭނެހެން ހީވާމީހެއްވިއްޔާ ބަހައްޓާފައި އަންނިއަށް ތާއިދުކުރާ އަސްލު އެމްޑީޕީމީހުން ވަކިކޮށްފައެވެ.

    17
    5
  5. އަލީ

    ތި ދެމީހުންނަށްވެސް ވޯޓެއް ނުލިބޭނެ. ވ ސަލާމް

    10
    1
  6. ދޭޑޯންޓް

    އެމްޑީޕީ އަކީ އެއީ އެއްގޮތަކަށް ވެސް ސައްޚަ ޕްރައިމަރީ އެއްވެސް ބާއްވާ ޕާރޓީ އެއް ނޫނޭ ކޮންކްރީޓް މެޝިން ތެރެއަށް އީވާ ވޯޓް އަޅައިގެންނޭ ކޮންމެ ފަހަރަކު ކެނެރީގެ ނަޝީދު ޕްރައިމަރީން އޭނާ ހޮވަނީ އެއީ ސީދާ ވައްކަން ކުރުން ނޫން ދެން ކޮންކަމެއްތޭ އީވާ މާލޭ މެމްބަރު ކަން ކުރާތާ 15 އަހަރުވީއޭ އަދި އެއް އޭނާ ކުރި މަސައްކަތަކުން ހުޅުމާލޭން ދޫކުރި ގޯއްޗެއް ވެސް ނޯންނާނެއޭ އޯލް އައި ވޮނާ ސޭ ދިސް ކެނެރީ އާއިލާ ދޭ ޑޯން ރިއަލީ ކެެއަރ އެބައުޓް އަސް...

  7. Anonymous

    "ހޮކި" ތިޔަބުނާފަދަ ގާބިލިކަންހުރީ ލީޑަރަކީ ހަމައެކަނި ރ ޔާމީން، މިހަގީގަތް އެމްޑީޕީ މެންބަރުންވެސް ގަބޫލުކުރޭ.

    10
    2
  8. ޢާލި

    ރިޔާސީ އިންތިހާބުގެ ވޯޓަށް 6 ވަރަކަށް މަސް ބާކީ އޮއްވާ %2 ޖީއެސްޓީ ބޮޑުކޮށް ކޮތަޅަކުން 2ރ ނަގަން ނިންމި ސޭކަށް މަގޭ ވޯޓެއް ދެވޭކަށް ނެތް. މުޅި ދުނިޔެއާއި ދެކޮޅަށް ރާއްޖެ ކުނިގޮޑަކަށް ހަދަން ހުއްދަދިން ސޭކަށް މަގޭ ވޯޓެއް ދެވޭކަށް ނެތް އަރިހުގައި ތިބި ބައެއްގެ ހެއްލުމަށް ރަށްރަަށުގައި ހިއްކާފަ ހުރި ބިންތަކުން ރައްޔިތުންނަށް ގޯތި ދޭން ހުއްދަނުދޭ މީހަކަށް މަގޭ ވޯޓެއް ދެވޭކަށް ނެތް އާބާދީ ބޮޑެތި ރަށްރަށަށް ވެފައި ހުރި ވައުދުތަށް ނުފުއްދާ 800 މީހުން ހަމަނުވާ އާބާދީތަކަށް ވައުދު ވެފައިވެސް ނެތް ބޮޑެތި ބިޔަ ޕޮރޮޖެކްޓްތަށް ގެންގޮސް އެންޕީން ގަންނަން އުޅޭ ސޭކަކަށް މެގޭ ވޯޓެއް ދެވޭކަށް ނެތް މީހަކު އެއްޗެކޭ ބުނާއިރަށް ކީރިތި ކުރެއްވި ގަޔަށް ހީސްލެވޭ މީހަކަށް އަމުދުން މަށެއް ވޯޓެއް ނުދޭނަން

  9. ހުސޭނުބޭ

    ދެން މި މީހުން މި ގޮވާއެއްޗެއް އަޑުއަހާފައި ފުއާދުބޭ ވެއްޖެއެއްނު މި ވްގުޕާޓީއަށް މީހުންނަށް ނޭގި ވައްދާޕައި ތިިބި މީހުން ކަނޑާ އެ މީހުންގެ ސައިޒަށް ކުޑަކުރަން.

    10