ޖަލަށް ލިޔަސް ރައީސް އަބްދުﷲ ޔާމީންގެ އަޑު ކަނޑުވައެއް ނުލެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރްސީ މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވާ ދެދައުވާއެއްގެ ޙުކުމް ކުރުން އަންނަ އާދީއްތަ ދުވަހަށް ވަނީ ތާވަލް ކޮށްފައެވެ. އެމައްސަލަ ސާބިތުވެއްޖެނަމަ ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އިއްވުން އެކަށީގެންވެއެވެ.

ޕީޕީއެމް އިން މިރޭ ބޭއްވި ޖަލްސާގައި ޔާމީންގެ މައްޗަށް އިއްވަން އޮތް ހުކުމާއި ގުޅޭ ގޮތުން އެމަނިކުފާނު ގިނަ ވާހަކަތަކެއް ނުދައްކަވައެވެ. ހަމައެކަނި ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ރައީސް ޔާމީން ޖަލަށް ލާން ބޭނުންވެއްޖެނަމަ މާދަމާ ނޫން އަނެއް ދުވަހު އެމަނިކުފާނު ޖަލަށް ދާން ޖެހިދާނެ ކަމަށެވެ.

"މޯދީ ބޭނުންވެއްޖެނަމަ މާދަމާ ނޫން އަނެއް ދުވަހު އަޅުގަނޑު ޖަލަށް ދާން ޖެހިދާނެ. އެކަމަކު އަޅުގަނޑުގެ އަޑު ކަނޑުވައެއް ނުލެވޭނެ. އަޅުގަނޑުގެ ވިސްނުމަކަށް ބަދަލެއް ނާންނާނެ." ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އިންސާފު ގާއިމު ކޮށްދިނުން އެއީ ފަނޑިޔާރުންގެ ބޮލުގައި އެޅިފައި އޮންނަ ވަރަށް މުހިއްމު ޒިންމާއެއް ކަމަށާއި، ފަނޑިޔާރުން ކުރާ ކަންތައްތަކަށް ޖަވާބުދާރީ ވާން ޖެހޭނެ ކަމަށެވެ.

"މިސަރުކާރު ބަދަލުވާކަށް ގިނަ ދުވަހެއް ނެތް. ސަރުކާރު ބަދަލުވާ ދުވަހަކު ޒީރޯ ޓޮލެރަންސްގައި އަޅުގަނޑުމެން ކަންކަން ކުރާނަން. ހުރިހާ ވަގުން ހިފާނަން. މިސަރުކާރުގައި ތިބި ވަގުންނަށް އެދުވަހަކުން ނުކެރޭނެ ތަހްގީގަކާއި ކުރިމަތިލާކަށް." ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ 2013 ވަނަ އަހަރު ވެރިކަން ލިބުމުން ކުރީ ސަރުކާރުތަކުން ކޮށްފައި ހުރި ކަންކަން ބަލަން އެމަނިކުފާނު މަސައްކަތް ނުކުރައްވާ ކަމަށާއި ނަމަވެސް ދެން ޕީޕީއެމް އަށް ވެރިކަން ލިބިއްޖެނަމަ ގައުމު ފެލައިލީ ކޮންބައެއްކަން ރައްޔިތުންނަށް އެނގެން ޖެހޭނެ ކަމަށެވެ. އަދި ޖުޑިޝަރީއަށް އަތްބާނައިގެން އުޅެނީ ކޮންބައެއްތޯ ވެސް ރައްޔިތުންނަށް އެނގެން އެބަޖެހޭ ކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވަނީ އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާ އިން ގިނަ އަދަދެއްގެ ފައިސާ ރައީސް ސޯލިހަށް ވެސް ލިބުނު ކަމަށް އެކި ފަރާތްތަކުން ކުރާ ތުހުމަތުތައް ބެލުމަށް މިރޭ ވެސް ގޮވާލައްވާފައެވެ. "ރައީސް އިބްރާހިމަށް އޮތީ އެންމެ ސުވާލެއް. މަނިކުފާނު ތިވިދާޅުވާ ގޮތައް ޒީރޯ ޓޮލެރަންސްގެ ދަށުން މަނިކުފާނުގެ މައްޗަށް ކުރެވޭ އެމްއެމްޕީއާރްސީގެ ތުހުމަތު ރައްޔިތުންނަށް ސާބިތުކަން ދައްކަވާލަދެއްވާ. ތަހްގީގާއި ކުރިމަތިލައްވާ. އެކަމަކު ޔަގީން މަނިކުފާނުގެ ގައިގަ ނުހުންނާނެ އެހިތްވަރެއް." ޔާމީން ވިދާޅުވިއެވެ.

ޔާމީން ވަނީ އެމްއެމްޕީއާރްސީ ހިޔާނާތުގެ އެންމެ ބޮޑު މޭސްތިރިޔާ ކަމަށްވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު "ހައްޔަރު ކުރުމުގެ ބަދަލުގައި ފޮރުވައިގެން ތިގެންގުޅެނީ ކީއްވެތޯ؟" ސުވާލު ކުރައްވާފައެވެ. "މަނިކުފާނަށް ރަނގަޅަށް އެނގޭނެ އެމްއެމްޕީއާރްސީ ފައިސާ ލިބުނީ ކޮންބަޔަކަށް ކަން. އޭރު މަނިކުފާނު އެމްޑީޕީގެ ޕީޖީ ލީޑަރަކަށް ހުރިއިރު އެފައިސާ މަނިކުފާނަށް ނުލިބި ގޮސްފައި ހުރެދާނެ ކަމަކަށް ސަލާމަތް ބުއްދި ހުރި މީހަކު ގަބޫލެއް ނުކުރާނެ." ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އެމަނިކުފާނު 2018 ވަނަ އަހަރު ވެރިކަމުން ފައިބައިވަޑައިގެންނެވިއިރު ރާއްޖޭގެ ރިޒާވްގައި ހުރި ފައިސާ އާއި ލޯނު ދެއްކުމަށް އުފެއްދި ސަވަރިން ފަންޑްގައި ހުރި ފައިސާ އާއިއެކު 900 މިލިއަން ރުފިޔާ ރައްކާ ކުރެވިފައި ހުރި ކަމަށެވެ. ނަމަވެސް މިއަދު އެފައިސާތައް "ފެލައިލައިފި" ކަމަށް ޔާމީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. Anonymous

    މަނިކުފާނުގެ ފަހަތްޕުޅުގައި ތިބީ ކަނޑުމަސް ކައިގެން ލޭ ހޫނުވެފައި އަތް ފައި ފިނިވެފައިވާ ރައްޔިތުންގެ ތެރެއިން ބަޔެކެވެ. މަނިކުފާނުގެ ފަހަތްޕުޅުގައި ލާދީނީ މީހުންނާއި ލާދީނީ ޖަމްޢިއްޔާތަކާއި ލާދީނީ ބާރުގަދަ ޤައުމުތަކެއް ނެތެވެ. ދެން މަނިކުފާނު ޖަލުގައި އޮންނަވާއިރު މަނިކުފާނުގެ އަޑު އިވޭނީ ކިހިނަކުންތޯއެވެ؟

    7
    24
  2. ކިހާ ބޮޑުކަމެއް

    އަޑުނުކެޑުނަސް ދިވެހި ބަޖެޓު ލާރިދަވާލުން މަދުވާނެތާ!

    7
    25
    • އެނޮން

      މިހާރު ބަޖެޓު ކެޔުން އޯކޭ ދޯ

  3. ތޮޅި

    ޖަމީލު އުޅެނީ ރައިސްޔަމީނުގެ ދިފާޢުގައި ކަމަށްހެދިގެން ވަކާލާތުކޮށްހަދާ ރައިސްޔާމީނު ޖަލަށްލުމަށްފަހު ޕީޕީއެމްގެ ރައީސްކަމަށް އައިސް ވެރިކަންކުރަން ކުރީގެ ހިނގާދިޔަ
    ޝަރީއަތުންވެސް އެކަންފާހަގަ ކުރެވުނު ނަމަވެސް ރ. ޔާމީނުގެ ހުޝިޔާރުކަމުން...ނާބުރައީސް ކަމުގައި ލިބުނު ދޯކާގެ ބަދަލުދޭ!

    7
    9
  4. ރަބަރޭ

    ކުށެއް ކޮށްފިނަމަ ޖަލަށްލާނެ މިހާރު އަމިއްލައަށް ގަބޫލު ކުރެވިއްޖެ ކުށެއް ކުރެވުނު ކަމަށް އެހެންވެ ތިޔަވާހަކަ ދިޔަގޮތަށް ތިޔަ ދައްކަނީ

    1
    4
  5. ޒިންދާބާދު

    ރައީސް ޔާމީން ޒިންދާބާދު ރައީސް ޔާމީން ޒިންދާބާދު ރައީސް ޔާމީން ޒިންދާބާދު ރައީސް ޔާމީން ޒިންދާބާދު ރައީސް ޔާމީން ޒިންދާބާދު ރައީސް ޔާމީން ޒިންދާބާދު ރައީސް ޔާމީން ޒިންދާބާދު ރައީސް ޔާމީން ޒިންދާބާދު ރައީސް ޔާމީން ޒިންދާބާދު ރައީސް ޔާމީން ޒިންދާބާދު ރައީސް ޔާމީން ޒިންދާބާދު ރައީސް ޔާމީން ޒިންދާބާދު ރައީސް ޔާމީން ޒިންދާބާދު ރައީސް ޔާމީން ޒިންދާބާދު

    4
    2
  6. އަސް

    އެންމެންނަށް އިގޭ މަނިކުފާނު ބައިރުފިޔާ އެއް ވެސް ނުނަގާ ކަން. އަބަދު ސަޖިދައިގަ ނޫންތޯ ތިއޮންނަވަނީ.

    2
    3
  7. ޑައެލޯގް

    މަންޑޭލާއަކީ ޔާމީނެވެ. އެމްޑީޕީއަކު ނުހުންނާނެ އެވަރު ގަޓުހުރިމީހެއް އިބޫއަކަށް ނުކެރޭނެ ތަހްގީގުތަކާ ކުރިމަތިލާކަށެއް ޔާމީނު ޖަލަށްލައިފިނަމަ ދެންވެސް ވެރިކަން ލިބޭނީ އިރާދަކުރެއްވިއްޔާ ޕީޕީއެމަށެވެ. ވެރިކަންލިބޭ ޕީޕީއެމުގެ ރައީސަށް އަހަރުމެންގެ ތާއިދު އޮންނާނީ އިބޫއަށްވެސް ތަހުގިގު ކުރާނަމައެވެ. އެހެންނޫނީ އަހަރުމެން ޕީޕީއެމުންވަކިވެ މުޒާހަރާއަށްނިކުންނާނަމެވެ. އެއީވެސް މާވަރުގަދަކޮށެވެ. އެއީ ތޭރިތަކަށް ބެލުމެއް ފުރާނައަށް ބެލުމެއްނެތިއެވެ.

    2
    2
  8. މާނިއުމާނި

    މީހުން ޖަލަށް ލަނީ އަޑުކަނޑުވާލާކަށް ނޫން ކުށްކުރީމަ އަދަބުދޭން މަނިކުފާނު ޖަލަށްލާއިރަށް ހަމަ މައިބަދަ މައްސަލަޖެހޭނެ މިއޮއްހުރިހާދުވަހު ހަމަ ބަރާބަރު އަޑުކަނޑުވަންވީމަ ކަންނެލިދޯންޏެއްގަ ގެންގޮސް ބޯބުރިކޮށްފަ ކަނޑުފައްތަނީ މިކަމަށް މޮޅުވާނީވެސް މަނިކުފާނު

    2
    3
  9. Anonymous

    ކިތައްމެވަރަކަށް މައިބަދު ރިއްސިއަސް ރޔާމީން ބޭނުމެއްނުވޭ ނޫންތޯ އެމަނިކުފާނުގެ ސަޕޯޓަރުންނާއި ގައުމު ދޫކޮށް ގައުމުން ބޭރަށްދާން، ކަލޭމެންނަމަ ޝަރީއަތްކުރާއިރު ކޯޓްގެ ތެރެއަށް ކިތަށްފަހަރު ހޭނެތިގެން ވެއްޓޭނެ އަދި ފުރޮޅުލީ ގޮނޑީގަހުރެގެން ކިތައް އާދޭހުގެސީ ސަރުކާރަށް ހުށަހަޅާނެ ބޭސްފަރުވާއަށް ބޭރުގައުމަށް ފޮނުވަދޭޝޭކިޔާފަ؟؟އަދާވާތްތެރިން ހިތަވަރުބަލިކުރުވަން މަސައްކަތްކުރާވަރަކަށް އިތުރަށް ހިތްވަރުގަދަ ޝަޚުސިއްޔަތެއް، ﷲގެ އިރާދަފުޅުން ރޔާމީންގެ އަދާވާތްތެރި އަދި މިގައުމަށް އައްދާރުފައިވާ އައްދާރުންނަށް ޙައްޤުޖަޒާ ލަހެއްނުވެ އެބައިމީހުނަށް ދައްކަވާށި އާމީން.

  10. އަލްޖިބްރާ

    ބަލަ މޮޔަޔާ ! މީހުން ޖަލަށް ގެންދަނީ އެމީހުންގެ އަޑުކަޑުވާލަން ކަމަށް ކަލޭ ގާތު ބުނީ ކާކު ؟ އަދުރޭތަ ؟ މީހުންޖަލަށް ގެންދަން ޖެހެނީ ޝަރުޢީ ނުވަތަ ޤާނޫނީ ކުށެއް ކުރިކަން ސާބިތުވީމަ ، އެކުރި ކުށުގެ އަދަބެއްގެ ގޮތުން ޝަރީޢަތުން ކަޑައަޅާ ޙުކުމެއް ތަންފީޒް ކުރަން ! ކަލޭ މޮޔަވެފާ ހުރިކަމަށް ލަފާކުރެވޭ !

  11. Anonymous

    އަޑު އެކަންޏެއްނޫން ކަނޑުވާ ނުލެވޭނީ މުޅިގައުމުގެވަށައިގައި ލޮލަށްފެންނަބަޔަކު ކަޅިހިންގާލިޔަސް ފެންނަމުންދާ ރޔާމީނުގެ ހިކުމަތްތެރިކަމާއި ގާބިލިުކަމުން ރައްޔިތުން ހަނދާން ނުނެއްތޭނެފަދަ އަގުހުރި ދެމެހެއްޓެނިވި ޞަދަގާތް ނުވަތަ ހަނދާންތައް ފެންނަން އެހެރީ، ހޮސްޕިޓަލްތަކާއި މިސްކިތްތައް، ބުރިޖު، މަތީފެންވަރުގެ އެޢާޕޯޓުތަކަށް ބަލާލިޔަސް، އިދިކޮޅަށްތިބި އަދާވާތްތެރި ބައިގަނޑެއްގެ ދުއްތުރާލާއެކުވެސް އެއްމެ ދައުރަކުން ނިއްމާލާފައިވާ ބިޔަ ތައްގީތަކަކުންވެސް އެމަނިކުފާނުގެ އަޑާއި ހަނދާންތައް އަބަދާއި އަބަދު މުޅިގައުމު ގުގުމާލާފައިވާނެ، މިހަގީގައް ގަބޫލުނުކުރަން އުޅެނީ ހަމައެކަނި އަމިއްލައެދުމަށް މިގައުމުން ނާޖާއިޒު ފައިދާނަގާ ރައްޔިތުންނާއި ގައުމަށް އައްދާރު ބައެކެވެ. ﷲގެ ވާގިފުޅާއިއެކު މިފަދަ ޢައްދާރުގެ ވަކިތަކުން މިގައުމާއި ރައްޔިތުންގެ ސަލާމަތްކުރައަވައި ބެސްޓް ލީޑަރ ރ.ޔާމީނަށް ނަޞްރު ދެއްވާށި އާމީން، ޔާރައްބަލްޢާލަމީން އާމީން.🤲