އިންޑިއާ އަށް ރައީސް އަބްދުﷲ ޔާމީން ވެސް އަދި ޕީޕީއެމް އާއި ޕީއެންސީގެ އެއްވެސް ލީޑަރެއް ވެސް ނުގަނެވޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޔާމީން މިހެން ވިދާޅުވީ ގިނަ ދުވަސްތަކަކަށް ފަހު މިރޭ ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޔާމީންގެ ބަހުގެ ހަމަލާތައް މިރޭ އެންމެ ބޮޑަށް އަމާޒުވީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދަށެވެ. އެއަށްފަހު އިންޑިއާ އަށެވެ. ޔާމީން ވިދާޅުވީ ރާއްޖޭގައި މިހާރު މިއޮތީ "ކަސްބީ ހާރިޖީ ސިޔާސަތެއް" ކަމަށެވެ. އެހެން ވިދާޅުވާން ޖެހެނީ "މީހަކު ބުނުމުން ނޫނީ ލޯވެސް ހުޅުވާލުން މަނާ" ވެފައި އޮތުމުން ކަމަށް ޔާމީން ވިދާޅުވިއެވެ.

"މިހާރު ޔޫރަޕަކަށް ނުދެވޭ. ދެކުނަކަށް ނުދެވޭ. އިރުމައްޗަކަށް ނުދެވޭ. ހަމައެކަނި އުތުރަށް ދެވެނީ. އަޅުގަނޑުމެން ބޭނުމެއް ނޫން އަޅުގަނޑުމެންގެ މިނިވަންކަން ވިއްކާލާފައި ލިބޭ އެހީއެއް." ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ މިއަހަރު ވެސް ދައުލަތުގެ ބަޖެޓްގައި ހިލޭ އެހީގެ ގޮތުގައި 2.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލިޔެފައި އެބައޮތް ކަމަށާއި ނަމަވެސް އަހަރު ނިމުނުއިރު ލިބުނީ އެންމެ 320 މިލިއަން ރުފިޔާ ކަމަށެވެ.

ޔާމީން ވިދާޅުވީ ރާއްޖޭގެ ހާރިޖީ ސިޔާސަތަކީ ކަސްބީ ހާރިޖީ ސިޔާސަތެއް ކަމަށް ދަންނަވަން ޖެހެނީ ނާށިގަނޑު ހިފައިގެން ތިބޭތީ ކަމަށެވެ. "ރާއްޖޭގެ ހާރިޖީ ވަޒީރަކަށް ހުރީ ކޮންމެވެސް ތަނެއްގެ ޗީފް މިނިސްޓަރުގެ ޑެޕިއުޓީ. އެހެން މީހަކު ބުނާ ގޮތަކަށް ލޯ ވެސް ހުޅުވާލަން ޖެހެނީ." ޔާމީން ވިދާޅުވިއެވެ.

ޔާމީން އިންޑިއާ އަށް ފާޑުވިދާޅުވެ ވާހަކަފުޅު ފެއްޓެވީ ވެސް އިންޑިއާ އާއި ސުވާލެއް ކުރައްވަމުންނެވެ. ޔާމީން އެއްސެވީ "އިންޑިއާ އިން ކޮންކަމަކާތޯ އަޅުގަނޑު ދެކެ ރުޅި އަންނަނީ؟"

"އިންޑިއާ އިން ކޮންކަމަކާތޯ އަޅުގަނޑު ދެކެ ރުޅި އަންނަނީ؟ މިއީ އަޅުގަނޑުގެ ގައުމޭ. މިއީ ނަރެންދްރަ މޯދީގެ ގައުމެއް ނޫނޭ. މިއީ އިންޑިއާގެ ސްޓޭޓެއް ނޫނޭ. މިއީ ދިވެހިންގެ ގައުމު. މިއީ އަޅުގަނޑުގެ ގައުމު." ޔާމީން ވިދާޅުވިއެވެ.

ރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރަނީ އިންޑިއާ އިން ކަމަށް ވެސް ޔާމީން ތުހުމަތު ކުރެއްވިއެވެ. ޔާމީން ވިދާޅުވީ ރާއްޖެއާށް މަސްތުވާތަކެތި އަންނަނީ ކޮން ގައުމެއްގެ އައްސޭރިފަށުގެ ސިޓީތަކަކުންތޯ ބަލަން ޖެހޭ ކަމަށެވެ. އެހެންކަމުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށާއި ރާއްޖޭގައި ޓެރަރިޒަމް ހުއްޓުވަން އިންޑިއާގެ އެހީތެރިކަން ބޭނުން ނުވާކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އިންޑިއާގައި މިހާރު އޮތް ހިންދޫންގެ ސަރުކާރަކީ މުސްލިމުންނަށް އެންމެ ބޮޑަށް އަނިޔާވެރިވާ ސަރުކާރު ކަމަށެވެ. "މުސްލިމުންނަށް އެންމެ އަނިޔާވެރިކޮށް ކަންތައްތައް ކުރަމުން އެގެންދަނީ މިހާރު އިންޑިއާގައި މިއޮތް އާރްއެސްއެސް އާއި ބީޖޭޕީ ސަރުކާރު." ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ކޮންމެ ގޮތެއް ހެދި ނަމަވެސް އިންޑިއާ ސިފައިން ޖެހޭނީ ރާއްޖެ ދޫކޮށް ދާށެވެ. އެވާހަކަ ތަކުރާރުކޮށް ވިދާޅުވުމަށް ފަހު "އިންޑިއާ އައުޓް" އަށް ވެސް ޔާމީން ގޮވާލެއްވިއެވެ.

ޔާމީން ވިދާޅުވީ އިންޑިއާ އިން ރާއްޖެއަށް ދޫކޮށްފައިވާ ލޯނުތަކުން ވެސް ހިންގަނީ ތަރައްގީގެ މަޝްރޫއުތަކެއް ނޫން ކަމަށެވެ. އެފައިސާ އިން ކުރާ ކަމަކީ މިސަރުކާރުގައި ތިބި މީހުންނަށް ބައި އެޅުން ކަމަށް ޔާމީން ވިދާޅުވިއެވެ. "މިއީ ދިވެހިރާއްޖޭގެ އިސްތިގުލާލު ފޭރިގަތް ސަރުކާރު. މިދިވެހި ރައްޔިތުން ފެލައިލި ސަރުކާރު." ޔާމީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. ޗައިނާ

    ޗައިނާގެ ބިޑު ހަމަ ރަގަލީ

    10
    4
  2. ދިވެހިޤައުމުގެ ދިވެހިދަރި

    ސާބަސް ސާބަސް

    28
    3
  3. މޯދީ

    ހުކުމް ޖަހާފަ ގަނެލާނަން..

    3
    21
  4. ާއަލިބެ

    މީނަ މިހާރު ހަމަ މޮޔަ ގޮވަނީ
    7 ފެބުރުއަރީގަ މީނަ އިންޑިއާ އެންބެސީގަ ކުރީ ކޮންކަމެއް

    9
    31
    • ފާއިޒު

      އިންޑިއާ އެމްބަސީއަށް ވަދެ ޙިމާޔަތް ހޯދައިގެން ފިލާ އޮތީ މީނަ ދޯ

      2
      3
    • ލުޓޭރުންގެ ސަރުކާރު

      ދެން ކީއްވެތަ ލޮމެދުކައިގެން އުޅޭ ގިތެލެއް ތެޅޭހެން މިސަރުކާރު ރޔާމީން ފަހަތުން ދުވަނީ..ހަމަޖެހޭމީހުން ނިކަން ގަޓްހުރެގެން ވޯޓު ފޮއްޓާހަމަޔަށް އާދެބަލަ މޮޔަމީހުންނާވެސް އެކު..އޭރުން ބުއްދިވެރިންނަކީ ކޮބައިކަން ރައްޔިތުންނަ އިގޭނީ..

      5
      2
  5. Anonymous

    އިންޑިއާ އަށް މަނިކުފާނު ނުގަނެވޭނެ ކަމަށްވަނީނަމަ، މަނިކުފާނަށް މި ޤައުމުގެ ވެރިކަން ލިބިވަޑައިގަތުން ވަރަށް ދުރެވެ. ވެރިކަން ބޭނުންފުޅު ނަމަ އަޑިއަޑިން ވިޔަސް އިންޑިއާއަށް ކޮޅެއް އަޅުއްވަންވާނެއެވެ. ޗައިނާއާ އިންޑިއާއާ ދެމެދުގައި ވެސް ވަނީ އަޑީ އެއްބަސްވުމެއް އެއްބަސްވެފައެވެ. މަނިކުފާނުވެސް އެ ދެ ގައުމާއެކު އަޑިއަޑިން އެއްބަސްވުމެއް އެއްބަސްވެވަޑައިގަތީމާ މަނިކުފާނަށް މި ޤައުމުގެ ވެރިކަން ލިބިވަޑައިގަންނަވާނެއެވެ. ރައްޔިތުންނަށް ދައްކަވާނީ ބޭރުފުށުގައި އަދުރޭ އުނގުޅާލާ ދަމިލަކޮޅެކެވެ.

    8
    29
    • ނީނާ ު

      ނޭނގޭ ވާހަކަ ނުދައްކާ. އަންނި ގާތު އަހާބަލަ އިސްތިއުފާ ނުދޭށޭ ބުނީ ކާކުތޯ؟

      17
      3
    • މަރިޔަމް މޫސާ

      ތިޔައީ ޣައްދާރުންގެ ވިސްނުން. ޔާމީނަކީ ގައުމަށް ޚިޔާނާތްތެރިވެގެން ވެރިކަން ބޭނުންފުޅުވާނެ ބޭފުޅެއް ނޫން. އެއީ ގައުމީ ދަރިއެއް. އިބޫ ކަހަލަ ޣައްދާރެއް ނޫން

      29
      7
    • ވިސްނާލުމަށް އެދެމޭ

      ބޭ ފުޅާ ދެން ތިހެންވީއިރު ކީއްވެޔޯ އިންޑިޔާ ރޔާމީނާ ނުރުހެނީ..ކީއްވެޔޯ 2018ގަ ރޔާމީންގެ ވެރިކަން ބަދަލުކުރަން އިންޑިޔާ މަރު ފަލިޖެހީ..ކީއްވެޔޯ ރޔާމީން ވުޖޫދުން ގެއްލުވަން އިންޑިޔާތެޅެނީ..ކީއްވެޔޯ ރޔާމީންގެ ވެރިކަމުގަ އިންޑިޔާއަށް މިގައުމަށް މިހާރު މިހިންގާ ބާރު ނުހިންގުނީ..ކީއްވެޔޯ ދިވެހި މީޑިޔާތަކާ ނޫސްވެރިންނާ ފަޑިޔާރުންނާ ސިވިލްސާރވިސްއާ ފުލުހުންނާ ކަސްޓަމްމީހުނާ މުދިމުންނާ ޖަމާއަތްތެރިން އިރުއިރުކޮޅާ ތާޖުމަހަލް ބަލަންދާންޖެހެނީ..ވާހަކަދައްކާނީ އަޑުއަހަންވެސް ތިބޭމީހުންނަކީ ހިއްސުތައް ހަމަމީހުން ތިބޭނެކަންއެގިހުރެ..ރޔާމީން ގަނެވޭނެ ނަމަ އިބުރާހިމާ ނަޝީދަކީ އިންޑިޔާ ދަންނަބަޔަކަށް ނުވާނެ..

      1
      2
  6. ޑެނީ

    ވޯޓު ގެރޭ އިންޑިޔާގެ ދުއްޕާން މާ ބޮޑީ ގެސްޓުން ވެސް ސުޓާފުންނަށް ގޮވާލަނީ ފުއްޓަކި ޖަހާފައި އަދި އިންޑިޔާގެ މެނޭޖްމަންޓް އެއް ވެއްޖެ އާއި ސުޓާފުން އަޅުން ގޮތުގައި

    22
    2
  7. މަހަށްދޭބަލަ

    ރައީސް ޔާމީނަށް އިއްވާ ހުކުމް އޮތީ ހަމަ އިންޑިއާއާއި ގުޅިފައޭ އެއީ ހަމަ ޔަގީން ކަމެކޭ ތަމެން ދެން އިންޑިއާ ގޮވައިގެން މަހަށްދޭބަލަ މަހަށް މަހަށްދޭބަލަ..

    18
    3
  8. ވިސްނާލުމަށް އެދެމޭ

    ❤️❤️❤️❤️👏👏👏ތީ ހަމަ ދިވެހިންގެ ދިވެހި ރަ އީސް...

    34
    7
  9. އަސް

    ވިކޭނެ އަގު ދިމާވީމަ. ކޮންހައި ބައިސާއެއް ތި ކަޑަނީ

    7
    22
    • ލުޓޭރުންގެ ސަރުކާރު

      ވިކޭނެ ނަމަ މޑޕ ފަހަތުން ނުދުވާނެ އިންޑިޔާ... އަދި އަމުދުން އިބޫ ފަހަތުގަ ލަ އިގެން ނޫޅޭނެ...ބަ އިނަލް އަގުވާމީ ދުނިޔޭގަވެސް އަގު ހުރީ ރޔާމީނުގެ...ނަޝީދުފަހަތުން އިބޫ ފަހަތުން ދޮންމީހުންނާ އިންޑިޔާ ދުވަނީ އެމީހުންނަކީ ޗީޕް ބަ އެ އްވީމަ..

      7
      1
  10. ސުބު

    ބޭނުންވާނީ އެންމިލިޔަން ޑޮލަރު އޭރުން ނިމުނީ.

    5
    13
    • ލުޓޭރުންގެ ސަރުކާރު

      އައްޗި 1މިލިޔަން ދޭންނުލިބޭހާ ނިކަމެތި ބަޔަކަށްދޯ ދިވެހިގައުމު ވިއްކައިގެން ތިތބީ... ޗީޗީ.ރޔާމީނަކީ ތިހީކުރާހާ ޗީޕް މީހެއްނޫން.. އަގުހުރި ޖަވާހިރެއް..ރޔާމީން ގަނެލެވާހާ ފެންވަރެއް އިންޑިޔާގަ ނެތްކަން ތިބުނަނީ އިންޑިޔާއަށް ދިވެހިގައުމު ވިއްކައިގެންތިބި ޙާއިނުންނަ ތާއިދުކުރާމީހިން.

      3
      2
  11. ނާޑުވާ

    ތެދެއް އިންޑިއާ އަކަށް ނުގަނެވޭނެ އެކަމަކު ޗައިނާ ތެލުލި ކުރަތްޕަކަށްވެސް ވިކިދާނެ.

    7
    18
  12. ޝޮކްތެރަޕީ

    ސަބަހޭ ރޔާމިން

    12
    2
  13. ފަލަސްތިން

    ރާއްޖެ ތަރައްގީ ވަނިކޮއް އިންޑިޔާ ވަދެ ސިޔާސީ ޕާޓީތައް ގަނެލީ.

    11
    1
  14. ޢައްޑޫ

    ރައިސް ޔާމިން ބަރާބަރު މީހެއް

    12
    3
  15. އެހެންތާ

    އިންޑިޔާގެ ރިޒާވް ބޭންކަށް ވުރެ މަނިކުފާނު އެކައުންޓް ތަކުގަ ހުރި ލާރިތައް މާގިނަވާނެ ވިއްޔަ، ދެން ކިހިނެއް ގަންނާނީ ދޯ

    4
    6
  16. މުހައްމަދު

    ލާރިކޮޅެއް ދޭއިރަށް އަނބިކަނބަލުންނާއި އެކު ގަނެވޭނެ

    4
    8
  17. ދަންނަާތި

    ރައީސް ޔާމީނަށް ނުހައްގުން ރައީސް އޮފީޙުން ލިޔެދީފައިވާ ހުކުމެއް ކޮށްފިނަމަ އޭގެ ސަޒާ އެފަދަ ހުކުމެއް ކުރާ ފަނޑިޔާރަކަށް މަތީ ފަރާތުން ދެއްވާނެ ކަން އެއީ މަމެންނަށް ޔަގީން ކަމެކޭ މިކަން ދަންނަން ޖެހޭނެއޭ ހުރިހާ ފަނޑިޔާރުން ވެސް ހެއްދެވި ފަރާތް ދެކެ ބިރުވެތިވާން ދަންނަން ޖެހޭނެއޭ ހުރިހާ ފަނޑިޔާރުންވެސް މިދުނިޔެމަތީގައި އެފަދަ ފަނޑިޔާރުންނަށް އޭގެ އަދަބު ދެއްވަވާނެ ކަން އެއީ ހަމަޔަގީން ކަމެކޭ ބިރުވެތިވާށޭ ބިރުވެތިވާށޭ ބިރުވެތިވާށޭ ބިރުވެތިވާށޭ

    7
    1
  18. ލަކީ

    ހެހެ ތިބޭ ފުޅާ އިންޑިޔާ ތިބޭފުޅާގެ ބެލުމުގެ ދަށަށް ގެންނާނެކަން އެންގޭ އިންޑިޔާ އަށް ވެސް އިންޑިޔާގެ ބޮޑުވަޒީރަކީ އަދުރޭ

    2
    4
    • ނުދޭތި

      ރައީސް އިބޫ މީ ބޮޑު ވަގެކޭ އޭނާ އަށް ވޯޓްނުދޭތި ރައީސް އިބޫ މީ ބޮޑު ވަގެކޭ އޭނާ އަށް ވޯޓްނުދޭތި ރައީސް އިބޫ މީ ބޮޑު ވަގެކޭ އޭނާ އަށް ވޯޓްނުދޭތި ރައީސް އިބޫ މީ ބޮޑު ވަގެކޭ އޭނާ އަށް ވޯޓްނުދޭތި ރައީސް އިބޫ މީ ބޮޑު ވަގެކޭ އޭނާ އަށް ވޯޓްނުދޭތި ރައީސް އިބޫ މީ ބޮޑު ވަގެކޭ އޭނާ އަށް ވޯޓްނުދޭތި ރައީސް އިބޫ މީ ބޮޑު ވަގެކޭ އޭނާ އަށް ވޯޓްނުދޭތި ރައީސް އިބޫ މީ ބޮޑު ވަގެކޭ އޭނާ އަށް ވޯޓްނުދޭތި

      1
      1
  19. ސޫދު

    ގަޓުކަމާއެކީ ބުނެލަންވެސް ދެންތިބި އެއްޗެހިންނަށް ބުނެލަން ނުކުރެނެ. އިންޑިއާއިންވެސް މި މުސީބާތެއް ޖެހިގެން މިއުޅެނީ މި ގެރި މޯދީގެ ސަބަބުންނެވެ

    8
    2
  20. ެިއިޖާބަކުރައްވާނދޭނވެ

    ހަމަކަށަވަރުން އެމްޑީޕީ އަޑީގައި އޮވެގެން ރައީސް އޮފީހުން ލިޔެދޭ ހުކުމެއް ރައީސް ޔާމީންގެ މައްޗަށް ކޮށްފިނަމަ ރައީސް އިބޫ ގައިން ހޫނު ދިލަ ނަގާ އަދި އެހޫނު ދިލަ އޭނާ ގައިން ނުފިލާ އަދި އެކަމަށް ވާގިވެރިވި ހުރިހާ ފަރާތްތައް ވާގި ނެތޭ ބަލި ޖައްސުވާ އެމީހުންނަށް މިދުނިޔެ މަތީގައި ވާހަކަ ނުދެއްކޭނެ ގޮތް މެދުވެރިކުރައްވާނދޭނވެ އަދި އެފަދަ ފަނޑިޔާރަކަށް އެކަމުގެ ފުރިހަމަ ސަޒާ އޭނާ އިންސާފުގެ ބޭރުން ޔާމީންގެ މައްޗަށް ހުކުމް ކޮށްފިނަމަ އޭނާ އެހުކުމް ކުރާ ދުވަހުން ފެށިގެން އޭނާގެ ދޫ ބަންދުކޮށްދެއްވާނދޭނވެ އަދި އޭގެ ފަހުން ރާއްޖޭގެ ކޯޓް ތަކުގައި ނާއިންސާފުން ހުކުމް ކުރާ ގާޒީން އެހުކުމް ކުރާ ދުވަހުންފެށިގެން އެމެންނަށް މިދުނިޔެ މަތީގައި ވާހަކަ ދެއްކުން ބަންދުކުރައްވާނދޭނވެ މިދުއާ އިޖާބަ ކުރައްވާނދޭނވެ އިޖާބަ ކުރައްވާނދޭނވެ އިޖާބަ ކުރައްވާނދޭނވެ އިޖާބަ ކުރައްވާނދޭނވެ

    2
    1
  21. އިޖާބައަށްއެދެމޭ

    ރައީސް ޔާމީންގެ މައްޗަށް މާދަމާ ބޭއިންސާފުގެ މަގުން ހުކުމް ނުއިއްވޭނެ މަގު ތަނަވަސް ކޮށްދެއްވައި އަދި ރައީސް ޔާމީންގެ މައްޗަށް ބޭއިންސާފުގެ މަގުން ހުކުމް އިއްވަން ރޭވި ހުރިހާ ފަރާތް ތައް ފަޅާ އަރުއްވާދެއްވާ އެބައިމީހުން މިދުނިޔެ މަތީގައި ފަލީހަތް ކޮށްދެއްވާ އަދި އެބައިމީހުންގެ މައްޗަށް ކޯޓްގެ ގާޒީ މާދަމާ ހުކުމް އިއްވާނެ ގޮތް މެދުވެރިކުރައްވާނދޭނވެ...