ރައްޔިތުން މި ސަރުކާރު ބަލައިގެންތާ ހަތަރު އަހަރު ފުރިފައިވާ އިރު، ބޭނުންތެރި ޒުވާން ޖީލެއް އުފެއްދިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެއެވެ.

ގއ. ދާންދޫގައި އަލަށް ހިއްކި ބިން އެ ރަށު ކައުންސިލާ ރަސްމީކޮށް ހަވާލު ކުރުމަށް އެ ރަށުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މީގެ ހަތަރު އަހަރު ކުރިން، 2018 ގައި ރައްޔިތުން އެމަނިކުފާނަށް ވޯޓު ދިނީ ވަރަށް ގިނަ ކަންތައްތަކެއް ރައްޔިތުން ބޭނުންވެ ތިބެގެން ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ފުރަތަމަ ކަމަކަށް އޭރު ރާއްޖޭގައި އޮތް ސިޔާސީ ހަލަބޮލިކަމާއި ނުތަނަވަސްކަމާއި އިޖުތިމާއީ ގޮތުން ހުރި ބިރުވެރިކަން ނައްތާލަން ރައްޔިތުން ބޭނުންވި ކަމަށެވެ. އޭރު ގެއްލިފައި އޮތް ރައްޔިތުންގެ ހައްގުތަކާއި އަސާސީ ހިދުމަތްތައް ފުރިހަމަވާން ބޭނުންވި ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ރައްޔިތުންނާ ހިސާބަށް އައީ، މެނިފެސްޓޯއަކާ އެކީގައި. މުޅި ރާއްޖެއަށް ބޭނުންވާ ބަދަލުތަކަކާއި، އަތޮޅުތަކަށާއި، ރަށްރަށަށް ބޭނުންވާ ކަންތައްތަކެއް ލިޔެ ހިމަނައިގެން. ރައްޔިތުން އެ ދުވަހު މި ސަރުކާރު ގަބޫލުކުރީ، ބަލައިގަތީ، އަޅުގަނޑުމެންނަށް ވޯޓު ދިނީ މި ކަންތައްތައް ކޮށްދިނުމުގެ ޔަގީންކަމާ އެކުގައި." ރައީސް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: ރައީސް އޮފީސް

ފުރަތަމަ ކަމަކަށް އޭރު އޮތް ހަމަނުޖެހުން، ހަލަބޮލިކަން އޭރު އޮތް ގޮތަކަށް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ. ރައްޔިތުންގެ ކިބައިން ނިގުޅައިގެންފައި ހުރި އެތައް އަސާސީ ހައްގުތަކަކާއި މިނިވަންކަމެއް ހޯދައި ދެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމަށް ހުރަހެއް ނެތް ކަމަށް ވިދާޅުވިއެވެ.

"ނޫސްތަކުގައި އެ ގެންދަވަނީ އެބޭފުޅުން ދެކެވަޑައިގަންނަވާ ގޮތް ފާޅުކުރަމުން، ހާމަކުރަމުން. އެއީ، އަޅުގަނޑު ކަމަށްވިޔަސް، މި ތިއްބެވި ވަޒީރުންނާ ދިމާއަށް ކަމަށްވިޔަސް، ބޭނުން ވާހަކައެއް، ބޭނުންގޮތަކަށް ލިޔެ ވާހަކަ ދައްކަމުން އެ ގެންދަނީ. ހުރަހެއްނާޅަން. އަޅުގަނޑުމެންނަށް އެ ކަންތައް ބަލައިގަނެވޭނެ." ރައީސް ވިދާޅުވިއެވެ.

މި ވެރިކަމުގައި އެއްވެސް ވިޔަފާރިވެރިޔަކަށް ނުވަތަ އިންވެސްޓަރަކަށް ހުރަސް އަޅާފައި ނުވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގައި މިނިވަންކަމާ އެކީގައި ވިޔަފާރި ކުރެވޭނެ މާހައުލެއް އޮތް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު މި ދަންނަވަނީ، ސިޔާސީ ޚިޔާލުތަފާތުވުމުގެ ތެރޭގައި، އެއްވެސް ވިޔަފާރިވެރިޔަކަށް ހުރަސްނާޅާނެކަމުގެ. ކުރިއަށް ވަޑައިގަންނަވަންވީ. ސަރުކާރު މިއޮތީ ވިޔަފާރިވެރިންނަށް މަގުފަހިކޮށްދިނުމަށް، ފަސޭހަކޮށްދިނުމަށް، ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އުސޫލުތައް ހަރުދަނާކުރުމުގައި." ރައީސް ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ބައެއް މިނިސްޓަރުންނާއި ކުންފުނިތަކުގެ ވެރިން. --- ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، އަބަދު އަޑު އިވެނީ ކޮންމެވެސް ރަށެއްގެ ކަރަންޓު ކެނޑިގެން، އިންޖީނެއް ބަދަލު ކުރަން ޖެހޭ ހާލަތުގައި އުޅޭ ތަން ކަމަށެވެ. ހާއްސަކޮށް ހުކުރު ދުވަހާއި ރޯދަ މަހު ތަކުރާރުކޮށް މި ޝަކުވާ އައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިއަދު އެހެން ނަމަވެސް، އިރާދަކުރެއްވިއްޔާ، އެ ޝަކުވާތައް މުޅިން ނެތޭ އަޅުގަނޑަށް ދެންނެވިދާނެ. ފެނަކައިން ވަރަށް ރަނގަޅު، ބުރަ މަސައްކަތްތަކެއް ކޮށްދެއްވަމުން އެ ގެންދަވަނީ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުގެ ފަސް އަހަރު ނިމިގެންދާ އިރު ރާއްޖޭގެ ކޮންމެ ރަށެއްގައި ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތް ސަރުކާރުން ފޯރުކޮށްދޭނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން ފެށި އެންމެ މުހިންމު އެއް މަސައްކަތަކީ ގައުމަށް ބޭނުންތެރި ޖީލެއް އުފެއްދުމުގެ މަސައްކަތް ކަމަށެވެ. މިކަން ބަރާބަރަށް ފުރިހަމަވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ގއ. ދާންދޫގައި ރޭ އޮތް ޖަލްސާ. --- ފޮޓޯ: ރައީސް އޮފީސް

އެގޮތުން ސަރުކާރުގެ ހިލޭ އެހީގައި، 15,000 އަށްވުރެ ގިނަ ޒުވާނުން، ފަސްޓް ޑިގްރީއަށް ކިޔަވަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި ހަމައެކަނި ދާންދޫން ވެސް 125 ދަރިވަރުން ކިޔަވަމުންދާ ކަމަށް ވިދާޅުވިއެވެ.

"މީގެ ރަނގަޅު ނަތީޖާ ގައުމަށް ލިބެން ފަށާނީ، ކުރިއަށް އޮތް ދެތިން ހަތަރު ފަހުން. އިރާދަކުރެއްވިއްޔާ، މި ރަށަށްވެސް މީގެ ފައިދާ ފޯރާނެ." ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި މިނިމަމް ވޭޖެއް އަލަށް ކަނޑައެޅި، ވަޒީފާ އަދާކުރާ ކޮންމެ މީހަކަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައަޅައި، އެ ތަންފީޒު ކުރަން ފެށުމަކީ ވެސް ރައްޔިތުން ކުރަމުން ދިޔަ ޝަކުވާއެއްގެ ނިމުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ފަސް އަހަރުގެ މި ދައުރު ނިންމާލާ އިރު، ރާއްޖޭގައި ލަފާފުރުމުގެ ދަތިކަން އޮތް އެއްވެސް ރަށެއް ނޯންނާނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ރަޔާން

    ރައްޔިތުން ބަލައިގަތް ވަރު އެނގޭނީ ވޯޓްލާ ދުވަހަކުން.

    72
    1
    • ފާއިޒް

      ކަލޯ ހޭބައްޔާ ތި ވާނި ބިލާހަކަށް ރައްޔިތުންގެ މެޖޯރިޓީ ބުނަނީ މިސަރުކާރަކީ ބަލާ މުސީބާތެކޭ..

      28
  2. ލާދީނީ އައުޓް

    މިއީ ރާއްޖެ ދުއް އެންމެ ނުލަފާ އެއް ސަރުކާރު. ދީނަށް ފުރައްސާރަ ކުރާ މީހުން ބާރުވެރިކޮށް ދީނީ މީހުން ނިކަމެތި ކޮއްފި. ގައުމު ދަރާ ވިކިއްޖެ. ޒުވާނުން ޑްރަގުގަ ހަލާކުވާނީ. 2023 ގަ ބޭރުކުރާނަން އިންޝާﷲ

    75
    1
  3. ޙަހަހަ

    ތިޔެއް އިނގޭނެ ވޯޓު ލާ ދުވަހު

    60
  4. ބޮޑުވަގެކޭ

    މިސަރުކާރަކީ އެއީ ވަގުންގެ ސަރުކާރު އެންމެ ބޮޑު ވަގު އެއީ ރައީސް އިބޫ ވަގުންގެ ޖީލެއް ސަރުކާރުގެ ތެރޭން އުފެދިއްޖެ ރައީސް އިބޫ އެއީ އެންމެ ބޮޑު ވަގު ރައީސް އިބޫ އެއީ ބޮޑުވަގެކޭ ރައީސް އިބޫ އެއީ ބޮޑުވަގެކޭ ރައީސް އިބޫ އެއީ ބޮޑުވަގެކޭ ރައީސް އިބޫ އެއީ ބޮޑުވަގެކޭ ރައީސް އިބޫ އެއީ ބޮޑުވަގެކޭ ރައީސް އިބޫ އެއީ ބޮޑުވަގެކޭ ރައީސް އިބޫ އެއީ ބޮޑުވަގެކޭ ރައީސް އިބޫ އެއީ ބޮޑުވަގެކޭ ރައީސް އިބޫ އެއީ ބޮޑުވަގެކޭ ރައީސް އިބޫ އެއީ ބޮޑުވަގެކޭ ރައީސް އިބޫ އެއީ ބޮޑުވަގެކޭ ރައީސް އިބޫ އެއީ ބޮޑުވަގެކޭ ރައީސް އިބޫ އެއީ ބޮޑުވަގެކޭ ރައީސް އިބޫ އެއީ ބޮޑުވަގެކޭ ރައީސް އިބޫ އެއީ ބޮޑުވަގެކޭ ރައީސް އިބޫ އެއީ ބޮޑުވަގެކޭ ރައީސް އިބޫ އެއީ ބޮޑުވަގެކޭ ރައީސް އިބޫ އެއީ ބޮޑުވަގެކޭ ރައީސް އިބޫ އެއީ ބޮޑުވަގެކޭ ރައީސް އިބޫ އެއީ ބޮޑުވަގެކޭ

    45
  5. Anonymous

    ކިބޫ އެ ހެދި ދޮގެއް ބަލާބަ. މަސްތުވާތަކެތީގެ ވަބާގައި ޖެހި ޒުވާން ޖީލް ގެއްލިއްޖެ

    59
    • ޥަހުސީސީއިމްރާން

      ބްރޯ ސޭޓް ބުނީމަ ނޮއޮންނާނެ ކަލެއަށް ގުޑާވެސް ލެވެން. ޜިއެކްޓް ނުކޮށް ހުންނަން ޖެހޭނި. ޔާމީނު ނުވާނެ އެހެނެއް

      16
  6. މުހައްމަދު

    މަށެއް ބަލައެއް ނުގަންނަން ގައިމުވެސް..

    62
  7. ކާފަބޭ2020

    ތިޔަބިނާކުރިޖީލުންއެކަނިވެރިކަންވީއިތުރު! ވާނުވާނޭގޭމަރުތައްވީގިނަ! މަސްތުވާތަކެތިވަނީ އޮންސޭލްގަ! ޒީރޯޓޮލަރެންސްގެދަށުންކޮރަޕްޝަންވީއިތުރު! ލިބުނުކަމަށްބުނި ހިލޭއެހީވީތަނެއްނޭގުނު! ޢާންމުމީހާގެޖީބުތައްފޫވެއްޓިފަ! މިކަހަލަ ޖީލެއްބިނާނުކުރެވުނިއްޔާ މަބޮޑަށްވެސްރަނގަޅުދޯ؟

    49
    1
  8. ވިސްނާލުމަށް އެދެމޭ

    މި ފަހަރު އެބުނީ ތެދު..މިސަރުކާރުން އު ފައްދަން ބޭނުވި ޖީލު ނިދައި ކައި ބޮއި ހަދަނީ މިސްކިތްތަކާ އެކިމައިޒާންތަކާ މާރުކޭޓާ ފާޙާނާބަރިތަކުގަ...އެއީ ރއިބުރާހިމު ދިވެހިގައުމުގެ މުސްތަގުބަލު ބަދަލުކުރަން ބޭނުންވާގޮތް..އެކަން ޙާސިލްވެއްޖެ..ދެންއޮތީ ފައްޅިތަކުން ޖަހާ ރަގަބީލުގެ އަޑު ދިވެހި ފަޒާގަ ގުގުމުން..

    46
  9. ޑައެލޯގް

    ރައްޔިތުން މިސަރުކާރުގެ ނުކުޅޭދޭކަން ބަލައިގެންފިއެވެ.
    1. އެމްއެމްޕީއާރުސީގެ ފައިސާތައް ހޯދަންބުނި އެކަމަކު އަދި ދައުލަތަށްވަތް ފައިސާއެއްނެތެވެ.
    2. ޒީރޯޓޮލެރަންސް ބުންޏެވެ. އެކަމަކު ވެންޓިލޭޓަރާއި އެތައް ވައްކަމެއް
    3. ރައްޔިތުންގެ ޖީބުތައް ފުރާލާނެވާހަކަބުނި އެކަމަކު ޓެކްސް ބޮޑުކޮށް ހާލުގައި ޖެހުނީ
    4. ސްޓިކާނުޖަހާއި ޖޫރިމަނާނުކުރަންބުނި އެކަމަކު މި 2 ކަމުން ރައްޔިތުން ފެލާލައިފި
    5. މަސްވެރިންނަށް ހަމައަގުދޭންބުނި އެކަމަކު ހަމައަގުނުދެވުނުތާ ބާނާމަސް ޖެހުނީ އުކާލަން
    6. ގެއްލުނުމަރުތައް ހޯދަންއުޅެ އެކަމެއްނުވެ އިތުރު މަރުތަކެއް ގެއްލުނީ މިދައުރުގައި
    7. ބްރިޖެއް އަލަންއުޅެ އެކަމެއްނުވެ ގެނައި ކްރޭނާ ޕްލެޓްފޯމް އެރީފަރަށެވެ.
    8. މީންދުވަހަކު ރާއްޖޭގައި ބޭރުގެ ސިފައިން ބައިތިއްބަންނުޖެހެއެވެ. އެކަމަކު މިހާރު އެތިބީ
    9. މީންދުވަހަކު ރާއްޖޭގައި ދީނަށް ފުރައްސާރަނުކުރާވަރަށް އެކަންކޮށްފި އަދިވެސް ބައިވަރު ނުލިޔެވޭނެއެވެ. ވީމާ މިސަރުކާރުބަލައިގަތީ ނުކުޅޭދޭގޮތަށެވެ.

    51
    1
  10. ހުސޭނުބޭ

    ހިންނަވަރު އިބްރާހީމް ޖީލު އުފައްދަނީ 4 އަހަރުން. ........ އެކަމުންވެސް ވައްކަން

    44
  11. ޙައްގުބަސް

    ރައްޔިތުން މިސަރުކާރު ބަލައިގެންފައިވަނީ ވަގުންގިނަ ކަމެއްނުކުރެވޭ ސަރުކާރެއްގެ ގޮތުގަ!! ރައްޔިތުން މިސަރުކާރު ބަލައިގެންފަވަނީ މިގައުމުގެ ޚާރިޖީ ސިޔާސަތު އިންޑިޔާއަށް ވިއްކާލާ އިންޑިޔާގެ ސިފައިން މިރާއްޖެއަށް އަރުވާލާ މިގައުމުގެ އަމިއްލަވަންތަކަމާ ގައުމުގެ މިނިވަންކަމާ އިސްތިގުލާލަށް ބުރުއަރުވާލާފައިވާ ސަރުކާރެއްގެ ގޮތުގަ!! ރައްޔިތުން މިސަރުކާރު ބަލައިގެންފަވަނީ ގައުމުގެ ޚަޒާނާ ހުސްކޮށް ފައިސާ ޗާފްކޮށް ގައުމުގެ އިގުތިސޯދު ފުނޑާލާފައިވާ ސަރުކާރެއްގެ ގޮތުގަ!! ރައްޔިތުން މިސަރުކާރު ބަލައިގެންފަވަނީ ޓެކްސް ބޮޑުކޮށް ރައްޔިތުންގެ ޖީބުތައް ފެލާލި ސަރުކާރެއްގެގޮތުގަ!! ރައްޔިތުން މިސަރުކާރުގެ ބަލައިގެންފަވަނީ ދީނަށް ފުރައްސާރަކުރިން އެންމެނަށް މަތީމަގާމުތައްދީ ބައެއް މީހުންގެ ރާއްޖެއިން ފުރުވާލާ އެމީހުން ފޮރުވި ސަރުކާރެއްގެގޮތުގަ!!

    35
  12. ކަޅުމަންޖެ

    މަށެއް ބަލައެއް ނުގަންނަން . ތަކެތި އަގުބޮޱުކޮށް 6ފަށަށް ޖީ އެސްޓީ ބޮޱު ކޮށްފި. ބަލިވެގެން ދޭބޭސް ކޮޅުވެސް ކޮލިޓީ އެއްނެތް. އެންމެ އަސާސީ ކަން ކޮށްދިނުމުގަވެސް ފެއިލް. ފޭކުބޭސް ހައްދައިގެން ބަލިމީހުނަށް ދީ ހުރިހާ އޯގަންތައް ހަލާކުކޮއް އިތުރު ބަލިތައް ޖެހި ތަކުލީފާ އަނިޔާނޫން އެއްކަމެއް ކޮއްދެވިފަ ނެތް ! އަވަހަށް ފައިބާ ފައިވާނުން ވިއަސް

    34
  13. ާައަހުމަދު

    މިސަރުކާރުން އުފަށްދާދިނީ އިންޑިއާގަ އޮންނަކަހަލަ ކޮރަޕްޓް ޖީލެއް، މިހާރު މިގައުމުގެ ސަރުކާރުތެރޭން އެއްވެސް ކަމެއްނުކުރެވޭނެ ކޮރަޕްޝަން ނުހިމެނޭގޮތަކަށް، ސަރުކާރުގެ މަސައްކަތެއްކޮއްފަ ބިލަށް ލާރިލިބެނީވެސް އެތާތިބޭ ބަޔަކަށް ޕަސެންޓްދީގެން ކިހާރަނގަޅުދޯ؟

    10
  14. ރަން ރީނދޫ

    އޯ މައި މައި. ދިސް ގައި އިޒް ޕެތެޓިކް. ލޮލް.

  15. Anonymous

    ވޯޓު ލާދުވަހަކުންވެސް އިނގޭނީ އިންސާފުވެރި ވޯޓެއް ނެގުނުނަމަތާ، 2008ގެ އަދި ފާއިތުވި ރިޔާސީ އިންތިޚާބުގެ ވޯޓުކާމިޔާބުކުރަން އެމްޑީޕީ ނުވަތަ ރ.އިބޫމެން ކުޅިގޭމު މިފަހަރުވެސް ކުޅެލީމަ އޮންނާނީ ކާމިޔާބުވެފަތާ###

    12
  16. Anonymous

    ވަގުންގެ ، މަކަރުވެރިން ، ލިވާތު ، ދަށުންދަމާ ، އޮޅުންބޮޅުން ، އަދި އަނިޔާކުރުމުގެ ޖީލެއް އުފެދިއްޖެކަމަށް ވަރަށް ގިނަމީހުން މިހާރު ވަކާލާތު ކުރޭ.

    13
  17. ބޭރުކުރޭ

    ރައީސް އިބޫ އަކީ އެއީ ބޮޑުވަގެކޭ އޭނާ ބޭރުކުރޭ ރައީސް އޮފީހުން ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ

  18. ޖީލް

    ދީނާއި ދުރަށްދާން ސައުގު ވެރަވެވޭނެ ކަހަލަ ޒުވާން ޖީލެއް އުފެއްދި ވާހަކަތޯ؟

    12
  19. ޢަލީ

    ސިޔާސީ ހަރަކާތެއްގެ ތެރެއިން ކުޑަކުދިންތަކެއް އެބަފެނޭ މިހާރު އެކުދިންގެ ކަރާމާތް ނިމުނީތޯ؟

    12
  20. ގަލަން

    ހިއެއް ނުވޭ މިސަރުކާރު ރަތްޔިތުން ބަލައި ގެންފިހެން ގިނައިން އަޑު އިވެނީ މިސަރުކާރާ ދޭތެރޭ ހިންހަމަ ނުޖެހިގެން ވާހަކަ ދައްކާ އަޑު

    18
  21. ހަސަން

    ހަޔާތްކުޑަ އިބޫ ! ރަގަޅު ޖީލެކޭ ބުނާއިރު މީހުންގެ ގޮނަވަންތައް ބުރިކުރުމާއި ފިރިހެންކުޅި ކުޅުމާއި މާތްރަސޫލާއަށް ފުރައްސާރަ ކުރުމާއި ކީރިތި ގުރުއާނަށް ހަޖޫޖެހުމާއި ދީނީ ޢިލްމުވެރިންނަށް ނުހައްގުއަނިޔާކުރުމާއި ވަގަށްފައިސާ ހޯދަން ޒުވާނުންނަށް ދަސްކޮށް ދިނުމާއިމިސްކިތައް ބޮޑުކަމުދާ މީހުން ދޫކޮށްލުމާއި އިންޑިޔާގެ ޓެރަރިސްޓުން ގައުމަށް ފޮނުވާލުމާ! މީއީ ރަގަޅު ޖީލެއް އުފެއްދިގޮތް!! ބަލަ ރައްޔިިިިތުންނަށް ތިޔަގޮވާތަކެތި އިގޭ ނުދޭނަށް ވޯޓެއް! ޒުވާނުން މަސްމާރުކޭޓުގައި ނިދުމާއި މަގުމަތީގައި މިސްކިތަތަކުގައި ނިދުމާއި މިއީ މިވެރިކަމުގެ ޚާއްސަސިފަ!ޑިލެވަރީރީޕޯޓް އިބޫ!

    13
  22. ސާހީން

    ރައްޔިތުންގެ ނިންމުން ނިންމާންދެން އެހައްމަޑު ކޮށްލުން ރަަގަޅު. ވަހީދު ވެސް ބުނި ތިހެން ލިބުނީ %5.

    16
  23. ސޯލޭ

    ކާކު ވިހާފަ ހުރި އެއްޗެއްތަމީ ރޮބުހުތާނު ދޮގުހަދަމުން މި ދުވަނީ ހުންނަ ހަޔާތްކުޑަކަން

    14
  24. އަހައްމަދޫ

    މީލަދެއްވެސް ގަންނަ މީހެއްނޫން ހިތައް އައިހާ އެއްޗެއް ބުނާކަށް،

  25. ވާނުވާބެ

    ރަގަޅު ޖީލެކޭ؟ މޮޔަ ނުގޮވާ، ރަގަޅު ޖީލު އުޅެނީ ޕާޓީކޮށް ހަކުރު ބޯން، ވައްކަން ކުރުމުގަ، ރަގަޅު ވަޒީފާއެއް ވިއްޔާ ޕާޓީ ކުދިންނާއި އާއިލާއަށް

  26. ތުއްތު

    މަހުވައި ބިއްލާހި މިއެ ދައްކާވާހަކަ!