ފުލުހުންނާއި މާރާމާރީ ހިންގި އަންހެނަކު މާލެ އިން ހައްޔަރުކޮށްފިއެވެ.

އުމުރުން 27 އަހަރުގެ ނ. ލަންދޫ އަށް ނިސްބަތްވާ އެ އަންހެން މީހާ ހައްޔަރުކޮށްފައިވާއިރު، އޭނާގެ މައްޗަށް ތުހުމަތު ކޮށްފައި ވަނީ ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އަޅައި، މާރާމާރީ ހިންގުމެވެ.

އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 10 ދުވަސް ޖަހާފައެވެ.

އޭނާގެ ބަންދުގެ އަމުރުގައި ބުނެފައި ވަނީ، އޭނާ ބަންދު ކުރަން އަމުރުކޮށްފައި ވަނީ ފުލުހުންގެ ގައިގައި މާރާމާރީ ހިންގާފައިވާ ކަަމަށް ބަޔާންކޮށްފައިވާ ކަަމަށެވެ.

ފުލުހުންނާއި މާރާމާރީ ހިންގި އަންހެނަކު ހައްޔަރުކޮށްފައިވާއިރު، ދާދި ފަހުން ބޭބެއަށް ހަމަލާ ދީގެން 25 އަހަރުގެ ދިވެހި އަންހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އާދަނާ

    ފުލުހުންގެ ދައުރަކީ ކޮބާކަން ތިހިރަ ވަގު ރިޔާޒުނޫންމީހަކަށް ނޭގޭނެ، އެއީ ހެކިބަސް އުފައްދަން ދެވަނެއެއްނެތް މިސާލެއް، ރައްޔިތުންގެ ފައިސާއިން މުސާރަ ބަނޑުއަޅައިގެންހުރެ މުއަށްސަސާގެ އަގުވައްޓަނީ، ހުރިހާ ފުލުހުންވެގެން އެޅާބޭރުކުރަންވީ!

    4
    1
  2. ބުރުގާ

    ފެމިނިސްޓުންތައް ރާއްޖޭގަ އުތުރި އަރަނީ.