ޖަލަށްލި ކަމުގައި ވިޔަސް، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ރޭ ވިދާޅުވެއްޖެއެވެ.

ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުުގައި ކުރިއަށްދާ ރިޝްވަތު ހިފުމުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ދައުވާގެ ހުކުމް އަންނަ އާދިއްތަ ދުވަހު އިއްވުމަށް އެ ކޯޓުގައި ވަނީ ޝެޑިއުލްކޮށްފައެވެ.

ޕީޕީއެމް/ޕީއެންސީން "ފެލާލައިފި" ނަމުގައި ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ޝިޔާމް ވިދާޅުވީ މި ސަރުކާރުން ބޭނުންހާ ގޮތެއް ނުހެދޭނެ ކަމަށާއި ޖަލަށް ލިޔަސް، ރައްޔިތުންގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން ކަމަށެވެ. ޕީޕީއެމް/ޕީއެންސީ ތެރެ ހަލާކުކޮށްލައި ޕާޓީގެ މެމްބަރުންނަށް ވަސްވާސްދީ އެމީހުން މަގު ފުރައްދައި، އެމީހުންގެ އުންމީދުތައް ފެލާލަން މަސައްކަތް ނުކުރުމަށް ޝިޔާމް އެދިވަޑައިގެންނެވިއެވެ.

"ދިވެހި ރައްޔިތުންގެ އަތުގައި އޮތް ހުރިހާ އެއްޗެއް ކަލޭމެން ފެލާލައިފި. އެކަމަކު ދިވެހި ރައްޔިތުންގެ އުންމީދަކީ ރައީސް. ދިވެހި ގައުމުގެ އުންމީދަކީ މި އިންނެވި ރައީސް. އަޅުގަނޑުމެންގެ މި ލޭ ނާރުތަކުގައި ހިނގާހާ ހިނދަކު އިރާދަކުރެއްވިއްޔާ ދިވެހި ރައްޔިތުންގެ އުންމީދެއް ލާހިކެއް ނޫޏް ފެލާލާކަށް،" އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމްގެ ނައިބު ރައީސް ކަން ވެސް ކުރައްވާ ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ. --- ވަގުތު އިމޭޖަސް: އަހުމަދު މަމްދޫހް

ޝިޔާމް ވިދާޅުވީ 2013 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވީ ރާއްޖޭގައި ހުރި މައްސަލަތައް ހައްލުކޮށް ދިނުމުގެ ހެޔޮ ނިޔަތުގައި ކަމަށެވެ. އަދި ފަސް އަހަރުގެ ޒައާމަތުގައި އެ މަސައްކަތް ކުރެއްވީ ރަނގަޅަށް އެނގިވަޑައިގެން ހުންނަވާ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ. ޝިޔާމްގެ ވާހަކައިގައި އެންމެ ބޮޑަށް ފާހަގަ ކުރެއްވީ މާލެ އާއި ހުޅުލެ ގުޅާލުމަށް ހެދި ސިނަމާލެ ބްރިޖްގެ ވާހަކައެވެ.

އެ ބްރިޖް ހަދަން ފެށި މަންޒަރު ބެއްލެވި ކަން ފާހަގަ ކުރައްވައި ޝިޔާމް ވިދާޅުވީ އޭރުގައި "ރީނދޫ ހަންތަކެއް" ޖަހައިގެން ނޫޅޭ ކަމަށެވެ. އަދި ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރާ އިރު، އިރުއިރުކޮޅާ ކްރޭން ވެއްޓޭ ކަމަށާއި ބްރިޖުގެ ތަނބު ވެސް އިންނަނީ "ހެލިހެލި އިންނަ ދަތެއް" ހެން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"އެހެންވީމަ ރައީސް ޔާމީން ބްރިޖު އެޅުއްވީ ވެސް އެނގިގެން. އަދި ރައްޔިތުންނަށް އޮތް ޔަގީންކަން އެޅޭނެ ކަމުގެ،" ޝިޔާމް ވިދާޅުވިއެވެ.

ރައީސް ޔާމީން ގެނެސް ދެއްވި ތަރައްގީއަކީ ލޮލަށް ފެންނަ، އަތްލެވޭ ތަރައްގީއެއް ކަމަށާއި ރައީސް ސޯލިހް ކުރައްވާ ކަމެއް ހުދު އެމަނިކުފާނަށް ވެސް އެނގިވަޑައިނުގަންނަވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އަދި ތިލަމާލެ ބްރިޖު ނޭޅޭނެ ކަން ރައްޔިތުން ގަބޫލު ކުރާ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވީ ކަންކަން އިސްލާހު ކުރެއްވުމުގެ ބޭނުމުގައި ނަމަވެސް މިއަދު އިސްލާހުވި ކަމެއް ނެތް ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ. ރައީސް ސޯލިހް އަތް ނުބާނައި އެއްވެސް އެއްޗެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

އަދުލު އިންސާފު ގާއިމު ކުރަން އައިސް ތިބި މީހުން މިއަދު އަތް ބާނަނީ ޝަރުއީ ކޯޓުތަކަށް ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރަބަރޭ

    ޖަލަށްލާނެ ކަން ކިހިނެތް ކުރިޔާލާ އިގެނީ އެވަރުގެ ބޮޑު ވަށްކަމެން ކޮށްފައި އޮތިއްޔާ ކިތަށްމަ ވަރަކަށް ތެޅުނަސް ޖަލަށްލާނެ ކަމެއް ނުކުރާނަމަ ތިޔަވަރަށް ތެޅުމުގެ ބޭނުމެއް ނެތް

    3
    5
  2. Anonymous

    ހަދާނަށް އަންނަނީ މީގެ ކުރިން އޮތް ރިޔާސީ އިންތިޚާބު ކައިރިވެގެން އުޅުނު ދުވަސްވަރު. އެމް.ޑީ.ޕީ ޕްރައިމަރީ އަށް އަންނި ކުރިމަތިލާން އުޅެނިކޮށް އީ.ސީ އިން އިޢުލާން ކުރީ ޖަލު ޙުކުމެއްގައި ހުރި މީހަކު ޕްރައިމަރީން ހޮވުނަސް ޤަބޫލު ނުކުރެވޭނެ ކަމަށް. އިބޫ ކުރިމަތިިލީ އީ.ސީ.ގެ އެ އިޢުލާނަށް ފަހު. އޭރު އޮތީ ޕީ.ޕީ.އެމް ގެ ސަރުކާރު. އީ.ސީގައި ހުންނެވީ މިހާރު ސްޓެލްކޯގައި އެ ހުުންނެވި ޝަރީފު. އެކަމަކު މިހާރު މިބުނަނީ ޔާމީނު ޖަލަށް ލިޔަސް އެއީ އެޕާޓީިގެ ކެންޑިޑޭޓް ކަމަށް. ބޮޑު އަރަތެއްނު

    2
    1
  3. ކިހާބޮޑުކަމެއް

    އޭނަ ކިތައްމެ ވަރަކަށް ޑޮލަރުގެ ވައްކަންކުރިއަސް، ކުފުރު ވިޔަސް، އަދި ކިތައްމެ ބޮޑު ކުށެއް ކުރިއަސް އަހަރެނެގެ ރައީސަކީ އޭނަ! ސަހަރޯވާވަރުވޭ!