ހދ. ނޮޅިވަރަމަށް އުފަން އެ ރަށު ހިތަށްފިނިވާގެ، ނިޝާމާ މުހައްމަދު މަރާލާފައިވަނީ ގަސްތުގައި ކަމަށް ޕޯސްޓްމޯޓަމްގެ ވަގުތީ ރިޕޯޓުން ދައްކައިފިއެވެ.

ނިޝާމާ މަރުވެފައި އޮއްވާ ފެނިފައިވަނީ މިމަހުގެ 10 ވަނަ ދުވަހުގެ ވަގުތެއްގައެވެ. ނިޝާމާގެ މަރާއި ގުޅިގެން އޭނާގެ ފިރިމީހާ, ފައިސަލް އަލީއަށް މީގެ ކުރިން ވަނީ ތުހުމަތު ވެސް ކުރެވި ހައްޔަރު ކޮށްފައެވެ. ނަމަވެސް ފުލުހުންގެ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ދަންޖެހިގެން ފަރުވާ ދެމުން ދަނިކޮށް ވަނީ މަރުވެފައެވެ.

ނިޝާމާގެ މަރާއި ގުޅިގެން ފުލުހުން އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދާފައިވާއިރު، ޕޯސްޓްމޯޓަމްގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ނިޝާމާ މަރާލާފައިވަނީ ކަރުގައި އެއްޗެއް އަޅައި ނޭވާ ހާސްކޮށްލައިގެންނެވެ.

ނިޝާމާ މަރުވީ އޭނާގެ ފިރިމީހާއާ ދެމެދު ޒުވާބެއް ހިންގި ފަހުން ކަމަށާއި އޭނާ މަރުވި ތަނާހެން ފިރިމީހާ ރަށުން ފިލާފައިފައިވާ ކަމަށް ބައެއް މީހުން ތުހުމަތު ކުރެއެވެ.

ނިޝާމާގެ ފިރިމީހާ ފައިސަލް އަލީ އަކީ އދ. ފެންފުށީ ރައްޔިތެކެވެ. އޭނާ މަސައްކަތް ކުރީ ނޮޅިވަރަމް ފެނަކަ ބްރާންޗްގެ ޓެކްނީޝަނެއްގެ ވަޒީފާގައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ޜިސސެ

    ތި ޕޯސްޓްމޯޓަމްގެ ކުރިންވެސް އެނގޭ އެއްޗެއް

    40
    1
  2. ސަނީ

    ތި ޕޯސްޓްމޯޓަމް ހެދުމުގެ އެެއްވެސްބޭނުމެއްނެއް ކަންނޭގެ. އިތުރު އަނީޔާ ނުދީ ވަޅުލުން ރަގަޅީ. މައްޔީތާޔައް ހެޔޮރަހުމައްލައްވާ ދަރިންނާ އަައިިލާ އައް ކެއްތެރިކަން ދެއްވާށި.

    64
    2
  3. ފާޒް

    ތިކަން ހޯދޭނެ އައިޖީއެމްއެޗްގައި މައްޔިތާގެ އެކުސްރޭ އެއްނަގާލިޔަސް. ޕޯސްޓު މޯޓަމޭ ކިޔާގެން މައްޔިތާއަށް އެތަށްއަނިޔާއެއްދިން މީހުންނަށް އާޚިރަތުގައި އެކަމުގެ ބަދަލު މައްޔިތާއަށް ދޭންޖެހޭނެ.

    42
    2
    • ގުރާ

      ގޭގަ ހުދު ބެޑުޝީޓަކުން ނޭގޭނެތަ؟ އަޅެ މޮޅު އީޖާދީ ސައިންޓިސްޓު މުޅި ދުނިޔެއަށް ތިޔަ އީޖޫދުތަށް ކިޔާލަދީ ފޮތްތަށްލިޔެ ހަދަންވީނުު. ފިލާއޮވެ މޮޅު ކޮމެންޓު ނުކޮށް..

      7
      16
  4. ބިކާރިބޭ

    ޝައްކުވާ ފަރާތް ދަންޖެހި މަރުވުން ވީ ގޮތް ސާފުވެއްޖެ! ކޮބާހޭ ނޮޅިވަރަމް ޝާހިދާ އަލީގެ ޕޯސްޓްމޯޓަމް ރިޕޯޓުގެ ނަތީޖާ!

    28
    1
  5. ނިޝާ

    ޢެކަމަކު ފައިސަލް އާއިލާ މީހުން ބުނި ގާމު ބޭބެ ފަހަރި މަރައެއް ނުލާނޭ. ކޮންތާކު މިޖެހުނީ. ކުރިން ހީކުރެވުނީ ފިރިމީހާގެ އާއިލާ ތެރޭގައި އުޅޭއިރު ކަަމަށް އަނިޔާލިބެނީ.

    18
    1
  6. Anonymous

    ކީއްވީތަ ފުލުހުންގެ ބެލުމުގެ ދަށުގައިހުއްޓާ ލޯންޗަށް ނިޔާވި އަބްދުﷲރަޝީދު (މާޓީ)ގެ ޕޯސްޓްމޯޓަން ރިޕޯޓް އާއްމު ނުކޮށްގެންއުޅެނީ، ؟؟އަދިވެސް ފަހަކަށްއައިސް މީހުން މަރާލައިގެމަރުވެފައިކަމަށްބުނާ ކިތައް މަހުރޫމުންގެ ޕޯސްޓްމޯޓަންހަދާ ނިންމާފައިވަނީ ނަތީޖާ ހާމަނުކުރުމުގެ ސިއްރެއްވަނީކަން ޔަގީން🥺

    24
    • ހަސަނު

      2023ވެރިކަންލިބުނިއްޔާ އެއަހަރު މަރުކޮމިޝަނެއް ހަދާފަ ހާމަކުރަން..

    • ޝައްކު

      ޝައްކު ވާ މީހާ މަރުވީމަ ޕޯސްޓްމޯޓަން ރިޕޯޓް އާންމު ކުރީ، އެހެން ކޭސް ތަކުގަ ނުކުރަނީ ޝައްކު ވާ މީހާ ދެކެ ބިރުން

  7. Anonymous

    ޕޯސްޓްމޯޓަމޭ ކިޔައިގެން ވަގުއިންޑިއާއަށް ލާރިހޯދަދޭން ޖަހާމަޅި.

    15
    1
  8. އުސްމާނު

    ޕޯސްޓްމޯޓަމް ހެދުމަށްފަހު ނަތީޖާ ދޭންޖެހޭނެ. ހިތާމައަކީ މިނަތީޖާ ދިނުމުގައި ތަފާތުކުރާތީ

    16
  9. ގަރުދިޔަ ބަނޑު

    ޔަތީމްވި ކުދިންތަށް ދައުލަތުން ރަގަޅު ގޮތުގައި ތަރުބިއްޔަތުކޮށް މުޖުތަމައުއަށް ނެރެން ޖެހޭނެ.

    26
    1
    • ސޭޑް

      ނިޝާމާ ސުވަރުގެ އަަށް އަމިއްލަ އަށް މަރުވި ގާތިލު ނަރަކައިގަ ލައްވާށި،

  10. އައްބޭބެ

    ބަލަގަ އިޙްމާލުވީ މީހުން ކޮބާހޭ؟

  11. ނަރީޒް

    ހިހިހި އެންމެންނަށްވެސް އިނގޭ ކަމެއްތީ. މީގެ ކުރިން މަރުތަށް ގަސްތުގަ ދޯ އެހެންވީމަ ހާމަ ނުކުރަނީ

  12. ސެންޗޯ

    ފައިސަލްގެ ޕޯސްމޯޓަމް ހަދަން ޖެހޭނެ އޭނާމަރުވީ ކިހިނެއްތޯ ބަލަލަން ސަބަކީ ސަރުކާރުގެ ބެލެހެއްޓުމުގެ ދަށުގައިހުއްޓަ ހިނގާފައިވާ ހާދިޘާ އަކަށް ވީތީވެ

    2
    2
  13. ފާއިޒު

    ތީ ކާކަށް ދަޢުވާ ކުރަން ހެދި ޕޯސްޓް މޯޓަމެއްބާ؟ ބޭކާރު ކަންކަން. އަނެއްކާ މިފަހަރު ހާދަ އަވަހޭ ނަތީޖާ ނެރެވުލެއް. މީގެ މަހަކަށްވުރެ ކުރިން ފުލުހުންގެ އިހުމާލުން މަރުވިކަމަށް ތުހުމަތުކުރާ ހުވަދޫ މީހާގެ ނަތީޖާ އަދިވެސް ނުލިބޭ ދޯ.

  14. ޙަސަނާ

    ދިވެހި ޒުވާނުނޭ ﷲ އައް ބިރުވެތިވޭ މިހިރަ މިހިރަ ފެންނަނީ އިބުރަތް ހާސިލް ކުރަންޖެހޭ ކަންކަން ތިމާ އަމިއްލަ 3 ދަރިން ގެމައމީހާ މަރާލާފަ މިވަނީ މަސްތުވާ އެއްޗެހީގެ މުޑުދާރު ސުންޕާ އެއްޗިހިބޭނުންކޮއްގެން އރއައް ދެވިހިފާ ފަހުރި ސޮހޮލެއް އަމިއްލަ 3 ކުދިންބިކަކޮއް ދެންވެސް ބޮޑުފާފަ އެއްކޮއް ﷲގެ ހަޟުރަތައް އެދިޔައީ އަމިއްލައައް ދަންޖެހިގެން ފުރާނަ ދުއްވާލައިގެން ޒުވާނުންނޭ ތިގޮތައްމަގުތައްމަތީ ލާޗާރުބިޗާރައް ތެޅި ޖެއްސޭވައްތަރު ނޭގޭ ހާލުގަ މަގުތައްމަތީ ނުތެޅި މީހުންގެ އަތުންފޭރިގެން ފައިސާހޯދުމައްވުރެ ހަލާލުމަސައްކަތެއް ކޮއްގެން ފައިސާ ހޯދައިގެން އަބުރުވެރި ދިރިއުޅުމެއް އުލުން ބުއްދިވެރިނޫތޯއެވެ..

    11
  15. ސަދަސދދ

    އޭނަ ފިރިމީހާވެސް ނިމިގެން ދިއައީ ހަމައެހެން