ޑިސެމްބަރު 10 ވަނަ ދުވަހު މަރުވެފައި އޮއްވާ ފެނުނު ހދ. ނޮޅިވަރަމަށް އުފަން އެ ރަށު ހިތަށްފިނިވާގެ، ނިޝާމާ މުހައްމަދު 28 ގެ ހަށިގަނޑު ވަޅުލައިފިއެވެ.

ނިޝާމާގެ ހަށިގަނޑު ވަޅުލާފައިވަނީ މިރޭ މަޣްރިބް ނަމާދަށް ފަހުގައެވެ.

ނިޝާމާ މަރާލާފައި އޮއްވާ ފެނުނީ މި މަހުގެ 10 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައެވެ.

އޭނާގެ ޕޯސްޓްމޯޓަމަށް ފަހު މިއަދުގެ ވަގުތެއްގައި ހަށިގަނޑު ވަނީ ރާއްޖެ ގެނެސްފައެވެ. ފުލުހުން މީގެ ކުރިން ބުނެފައި ވަނީ އެ ރިޕޯޓްގެ ނަތީޖާ ދެ ދުވަހެއްގެ ތެރޭގައި ލިބޭނެ ކަމަށެވެ.

ނިޝާމާ މަރުވީ އޭނާގެ ފިރިމީހާއާ ދެމެދު ޒުވާބެއް ހިންގި ފަހުން ކަމަށާއި އޭނާ މަރުވި ތަނާހެން ފިރިމީހާ ރަށުން ފިލާފައިފައިވާ ކަމަށް ބައެއް މީހުން ތުހުމަތު ކުރެއެވެ.

ނިޝާމާގެ ފިރިމީހާ ފައިސަލް އަލީ އަކީ އދ. ފެންފުށީ ރައްޔިތެކެވެ. އޭނާ މަސައްކަތް ކުރީ ނޮޅިވަރަމް ފެނަކަ ބްރާންޗްގެ ޓެކްނީޝަނެއްގެ ވަޒީފާގައެވެ.

ފައިސަލް ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ދަންޖެހިގެން ފަރުވާ ދެމުން ދަނިކޮށް ވަނީ މަރުވެފައެވެ. އެ މައްސަލަ އެންއައިސީއިން ދަނީ ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަމް

    ނިޝާމާއަށް ސުވަރުގޭގެ މަތިވެރި ދަަރަޖަ މިންވަރު ކުރައްވާދޭނވެ.. އަދި އެންމެހާ ފާފައެއް ޢަފޫކުރައްވާދޭނވެ..

    16
  2. އަމް

    ނިޝާމާއަށް ސުވަރުގޭގެ މަތިވެރި ދަަރަޖަ މިންވަރު ކުރައްވާދޭނވެ.. އަދި އެންމެހާ ފާފައެއް ޢަފޫކުރައްވާދޭނވެ...

    13
  3. އަމް..

    ނިޝާމާއަށް ސުވަރުގޭގެ މަތިވެރި ދަަރަޖަ މިންވަރު ކުރައްވާދޭނވެ.. އަދި އެންމެހާ ފާފައެއް ޢަފޫކުރައްވާދޭނވެ...

    12
  4. ޝަރީފް

    މަރްހޫމާގެ ފާފަ ފުއްސަވައި ސުވަރުގޭގެ ދާއިމީ ނިޢްމަތް ލައްވާދޭވެ.
    އާމީން

  5. Unknown

    ނިޝާމާއަށް ސުވަރުގޭގެ މަތިވެރި ދަަރަޖަ މިންވަރު ކުރައްވާދޭނވެ.. އަދި އެންމެހާ ފާފައެއް ޢަފޫކުރައްވާދޭނވެ

  6. Anonymous

    މަރްހޫމާގެ ފާފަ ފުއްސަވައި ސުވަރުގޭގެ ދާއިމީ ނިޢްމަތް ލައްވާދޭވެ.
    އާމީން😭😭