ވ. އާރަށް މައްސަލައިގައި 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީން، ހުކުމް ތަންފީޒު ކުުރުމަށް މިރޭ މާފުށި ޖަލަށް ގެންގޮސްފިއެވެ.

އާރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވި މައްސަލާގައި ޔާމީންގެ މައްޗަށް ހުކުމް އިއްވީ މިއަދު އިރުއޮއްސެން އުޅެނިކޮށެވެ.

އެމަނިކުފާނު ޖަލަށް ގެންދެވުމަށް ލޯންޗަށް އަރާ ވަޑައިގެންނެވީ މިރޭ 7:45 ހާއިރު އެވެ. މިހާރު އެމަނިކުފާނު ހުންނަވާނީ މާފުށީ ޖަލުގައެވެ.

ކަރެކްޝަންސް އިން މިރޭ 20:23 ގައި ވިދާޅުވީ، ރައީސް ޔާމީނަށް ހުކުމް ކުރުމާއި ގުޅިގެން މިހާރު ހުރީ އެ ސާވިސްގެ ބެލުމުގެ ދަށަށް ގެނުވި މާފުށި ޖަލުގައި ބަންދު ކުރެވިފައި ކަމަށެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް އިއްވެވި ހުކުމްގައި ވ. އާރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވި މައްސަލާގައި ޔާމީންގެ މައްޗަށް އިއްވީ ފަސް މިލިއަން ޑޮލަރުން (77 މިލިއަން ރުފިޔާ އިން) ޖޫރިމަނާކޮށް ހަތް އަހަރު ދުވަހަށް ޖަލަށް ލުމަށެވެ. އަދި ރިޝްވަތު ގަބޫލުކުރުމުގެ މައްސަލައިގައި އިއްވީ ހަތަރު އަހަރު ދުވަހަށް ޖަލަށް ލުމަށެވެ.

އެ މައްސަލާގައި ދައުލަތުން އެދުނީ 19 އަހަރުގެ ޖަލު ހުކުމަކަށެވެ. އެއީ ރިޝްވަތުގެ ކުށުގައި 8 އަހަރުގެ ޖަލު ހުކުމެއް އަދި މަނީ ލޯންޑްރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމާ އެކު ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް އިއްވުމަށެވެ.

މި ހުކުމަށް ފަހު ޔާމީންގެ ވަކީލުން ވަނީ އެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ގޯސްތަކެއް ހައްދަވާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އެ މައްސަލަ އިސްތިއުނާފު ކުރަން ހުށަހަޅަން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އިބިލީސް

    ރައީސް ޔާމިނަކީ މިޤަައުމުގެ ތަރައްޤީގެ ބާނީ އޭ ބުންޏަސް ދޮގަކަށް ނުވާނެ. އެކަމަކު ރާއްޖޭ ކޮރަޕްޝަން ފަސާދަވެސް އެންމެ މައްޗަށް ދިޔައީ އޭނަގެ ވެރިކަމުގައި

    12
    18
    • Anonymous

      ކޮރަޕްޝަނަށް މިހާރު ކިޔާ އުޅެނީ ޒީރޯ ޓޮލެރަންސޭ. ނޭނގޭތަ؟

    • ނަރީޝް(ޑެޕިއުޓީ މޭޔަރު ފުރޮމް މާލޭސިޓީ)

      އެހެންވީމަތާ މިކިޔަނީ މިހާރު ހަމައެކަނި ޗޮއިސް އަކީ އަޅުގަނޑޭ

  2. ވަތަނަބެ

    ކޮބާ އަދީބު ބުރޯ؟ އަދި އޭނަ ނައިބު ރައީސަށް ހަދަން ރާވާ މަސައްކަތް ކުރި ކެނެރީ ނަސީދު ؟ ކޮބާ އިންސާފު ؟!

  3. Anonymous

    ބެއިންސާފުހުކުމެއް

    5
    3
  4. ބުންވަރު

    ދެން ސޯއްޔަށް ވެރިކަންކަށަވަރުވީނު ދަނޑިފަނުންނާއި އޮނުން ބުރިޖު އަޅާ ޖީއެސްޓީން ރަށްޔަތުން ފެލާ އިސްލާމްދީނަށްވުރެ ހިންދޫދިނަށް ސަޕޯޓުކޮށް ވަގަށް ވެރިކަންދަމައިގަނެ ގެރިމޯދީގެ ބަހަށް ހެއްލި ގައުމުދަރުވާލި ހާއިނު ވަގުތުން މިގައުމުން ބޭރުކުރުމަށް އެންމެހާރަށްޔަތުންނަށްގޮވާލަން.

  5. އަހްމަދު

    ﷲ އިރާދަކުރެއްވިއްޔާ މިވެސް ރަހުމަތެއް ކަމުގައި ނޫނީ ނުވާނެ.

  6. މާލޭ ސިޓީ ކައުންސިލް

    ބުރޯ ނިއުއިޔާރ ސެލެބުރޭޝަންއަށް މާފުއްޓަށްއަށް ވަޑައިގަތީދޯ. ދެން ރައީސަކަށް އައުމަށްދެކުނު ހުވަފެން ހަނދާން ނައްތާލާ. ސޮރީ

    1
    1