އާ އަހަރު ފާހަގަ ކުރަން ހުޅުމާލޭގައި ކުރިއަށްގެންދާ ހަރަކާތްތަކުގައި ބައިވެރިވުމަށް އަންނަ ފަރާތްތަކަށް އަނބުރޭ ދިއުމަށް ދަންވަރު 2:00 ޖެހުމާއި ހަމައަށް ބަސް ދަތުރު ބާއްވާ ގޮތަށް އެމްޓީސީސީން ނިންމައިފިއެވެ.

އާ އަހަރު ފާހަގަ ކުރުމަށް ހުޅުމާލެ ސިންތެޓިކް ޓްރެކްގައި މިރޭ ޝޯވއެއް ބާއްވަން ވަނީ ނިންމާފައެވެ.

"މޯލްޑިވްސް ވާއު ފެސްޓް"ގެ ނަމުގައި ބާއްވާ މި މިއުޒިކް ޝޯވގައި ބޮލީވުޑައި މިހާރު އަަރަމުން އަންނަ ލަވަކިޔުންތެރިޔާ ޕައުނީ ޕާންޑޭ ވެސް ބައިވެރިވާނެ އެވެ.

މިރޭ 8:30 ގައި މި ޝޯވ ފަށާއިރު، މި ޝޯވގައި "ހަބޭސް" ބޮޑުބެރު ގްރޫޕްގެ އިތުރުން ދެން ބައިވެރި ވަނީ "ހަބޭސް ފިއުޝަން" އަދި "ލެވިޓޭޝަން ބައި ހަބޭސް"އެވެ.

ޔޫތު މިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވާ ހާއްސަ މިއުޒިކް ޝޯގައި ހަވާ ވެސް އެރުވުމަށް ހަމަޖެހިފައިވެއެވެ.

އެމްޓީސީސީން މިރޭ ބުނީ، އާ އަހަރުގެ މުނާސަބަތުގައި ބޭއްވޭ އެކި ހަރަކާތްތަކަށް ދާ ފަރާތްތަކަށް އިތުރު ލުއިފަސޭހަކަން ފޯރުކޮށްދިނުމަށްޓަކައި، އާރްޓީއެލް ބަސް ރޫޓްތަކުން މިރޭ ރޭގަނޑު 2:00 އާއި ހަމައަށް ބަސް ދަތުރު އިތުރު ކުރެވިފައިވާ ކަަމަށެވެ.

އެގޮތުން ވެސްޓް ޕާކް - ހުޅުމާލެ ފޭސް 1

ކާނިވަލް - ފޭސް 1

ހުޅުމާލެ ފޭސް2- ހުޅުމާލެ ފޭސް 1

އޯކިޑް ރޫޓް

އަމީނީ ރޫޓް

އާ އަހަރު ޝޯ ބެލުމަށް މިރޭވެސް ގިނަ އަދަދެއްގެ ބަޔަކު އެއްތަނަކަށް ޖަމާވާނެއެވެ. ކޮންމެ އަހަރަކުވެސް ބާއްވާ އާ އަހަރުގެ ޝޯ ފޯރިގަދައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރަން ރީނދޫ

    އާއަހަރެއް ނޫން. ޖީއެސްޓީ ބޮޑު ކުރުން ފާހަގަކުރުން މިރޭ އޮތީ ހިންނަވަރު ކުޑަ މޯދީ ފިލައިގެން ދިޔުމުގެ ކުރިން ދިވެހިންގެ ޖީބުތައް ލޫޓުވަންވެގެން