މާލެ ސަރަހައްދުގައި ދެމުން ގެންދާ ބަހުގެ ހިދުމަތުގެ ތެރެއިން މާލެ އާއި ހުޅުމާލެ ގުޅުވާލަދޭ ބަސް ދަތުރުތައް 24 ގަޑިއިރަށް ބަދަލުކޮށްފިއެވެ.

މީގެ ކުރިން އެމްޓީސީސީން ބަހުގެ ހިދުމަތް ދެމުން ގޮސްފައި ވަނީ ފަތިހު 5:30 އިން ރޭގަނޑު 12:00 އަށެވެ.

އެމްޓީސީސީން ރޭ ވިދާޅުވީ، މިއަދުން ފެށިގެން އެ ކުންފުނިން ފޯރުކޮށްދޭ އާރްޓީއެލް ބަހުގެ ހިދުމަތް މާލެ އާއި ހުޅުމާލެ ގުޅައިވައިދޭ ވެސްޓް ޕާކް ރޫޓްތަކުގެ ދަތުރުތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

މިގޮތުން އެ ރޫޓްގެ ބަހުގެ ހިދުމަތް ކޮންމެ ދުވަހަކު 24 ގަޑިއިރުގެ ހިދުމަތް ފޯރުކޮށްދެމުންދާނެ ކަމަށްވެސް އެމްޓީސީސީން ވިދާޅުވިއެވެ.

މިގޮތުން ދަންވަރު 1:15 އިން ފެށިގެން ކޮންމެ ގަޑިއިއަކުން މާލެ އާއި ހުޅުމާލެ އާ ދެމެދު ދަތުރު ބާއްވާ ގޮތަށް އެ ކުންފުނިން ވަނީ ހަމަޖައްސާފައެވެ.

މިކަމުގެ ސަބަބުން ގިނަ ރައްޔިތުންތަކަަށް ބޮޑެތި ލުއިތަކެއް ލިބިގެން ދާނެ ކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނަމަ

    އެބަ ރަގަޅުވޭ

  2. ކަބޫ

    މިމީހުން އެކަނި މާލޭގަ އުޅެބްވީ.ޕުރައިވެޓް ސެކްޓާރ އެއްކޮއް ފުޑާލައިފި.

    5
    1
  3. ތެދުމަގު

    އަމީނީ މަގުގަ ދެކޮޅަށް ދުއްވަބަލަ ހެޔޮނުވާނެ.

  4. ކުޅިކަނބިލި

    މީދެން ކޮންކަމެއް މުވަްޒަފުންނަށް ނޮހޮރުއްޕާން ޖަައްސަން

  5. Anonymous

    * ހުޅުމާލެ/މާލެ - މާލެ/ ހުޅުމާލެ ، ފޭސް-1 ކާނިވަލް ބަހުގެ ޚިދުމަތުން ފޭސް-1 ގައި ހިމެނޭ ،ހުޅުމާލޭ ހޮސްޕިޓަލުން އުތުރުގެ ގެތަކުގައި ދިރިއުޅޭ ރަޢިއްޔަތުން މަޙްރޫމްވޭ.
    * ފޭސް 1 އަށް ހަމަޖެހިފައިވާ އެއަރޕޯޓް ބަހުގެ ޚިދުމަތުންވެސް ހަމަ އެގެތަކުގައި އުޅޭ މީހުން މަޙުރޫމްވޭ. ހެޔޮވެރިކަމެއްގެ ފަސޭހަ މި ނިކަމެތި މީހުންނަށް ހޯދާދޭނެ ކެންޑިޑޭޓެއް އުޅޭބާ...؟؟؟؟؟

  6. ޗުމްކީ

    ޓެކްސީ ދަތުރުކޮއްގެން އާމްދަނީ ހޯއްދަވާ ޑުރައިވަރުންނަށް ބޮޑު ގެއްލުމެއްމީ.