މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ހިލޭ އެމްޓީސީސީގެ ފެރީއާއި ބަހުގައި ދަތުރުކުރެވޭ ގޮތް ހަދައިފި އެވެ.

އެމްޓީސީސީއިން މާލެ ސަރަހައްދު އަދި އަތޮޅުތެރޭގައި ފޯރުކޮށްދެމުންދާ އާންމު ބަހުގެ ހިދުމަތާއި މާލެ ސަރަހައްދުގައި ފޯރުކޮށްދެމުންދާ ވިލިމާލެ އަދި ހުޅުމާލެ ފެރީއިން އެ ދަރިވަރުންނަށް ހިލޭ ދަތުރުކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްޓީސީސީން ބުނީ އެއާއެކު ދަރިވަރުން ތައުލީމް ހާސިލްކުރަމުން ގެންދާ ކޮލެޖު ނުވަތަ ޔުނިވާރސިޓީއިން ދަރިވަރުންނަށް ދޫކޮށްފައިވާ ސްޓޫޑެންޓް ކާޑު ބޭނުންކޮށްގެން މިއަދުން ފެށިގެން އެމްޓީސީސީގެ އާންމު ދަތުރުފަތުރުގެ ޚިދުމަތްތަކުގައި ދަރިވަރުންނަށް ދަތުރުކުރެވޭނެ ކަމަށެވެ.

އެމްޓީސީސީގެ ފަރާތުން ފޯރުކޮށްދެމުންދާ ހުރިހާ އާންމު ދަތުރުފަތުރުގެ ހިދުމަތުގައި ވެސް މިހާރުވެސް 65 އަހަރުން މަތީގެ މީހުންނަށާއ،ި ތިން އަހަރުން ދަށުގެ ކުޑަކުދިންނަށް އައިޑީ ކާޑު ބޭނުންކުރަށްވައިގެން ހިލޭ ދަތުރުކުރެވެ އެވެ.

އޭގެ އިތުރުން ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން (އެންސްޕާ) އިން ދޫކޮށްފައިވާ ކާޑު މެދުވެރިކޮށް ވެސް ހިލޭ ދަތުރުކުރެވެ އެވެ.

ހަމަ އެހެން،މެ ޔުނީފޯމާއި އެކްޓިވިޓީ ޔުނިފޯރމްގައި ތިބޭ ސްކޫލް ދަރިވަރުންނަށްވެސް ހިލޭ
ދަތުރުކުރެވޭނެ އިންތިޒާމް އޮންނަނީ ހަމަޖައްސައިދީފަ އެވެ.

ރާއްޖޭގައި އާންމު ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުނ،ް އެމްޓީސީސީގެ މަގުސަދަކީ އެކަށީގެންވާ އަގެއްގައި ލުއިފަސޭހަކަމާއެކު ބޭނުންކުރެވ،ޭ ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިތިބުން ކަމަށް އެ ކުންފުނިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހުސޭނުބޭ

    މަށަށް އެގިއްޖެ ވޯޓް ވަރަށް ކައިރިވެއްޖެކަން. ދެން މިހާދުވަހު ތި މީހުން ކޯންޗެއްތަ ތި ހެދީ!

  2. ކުރެވޭނެއޭ

    ބަސްދަތުރު ތައް 24 ގަޑިއިރަށް ބަދަލު ކުރިނަމަވެސް ތިޔާ ބަސް ދަތުރު ތަކުން އެއްވެސް ފައިދާ އެއް ނުވެއޭ އާރުޓީއެލް އިންވަނީ ބޮޑެތި ފޫނުބެދޭ ގެއްލުން ރާއްޖެތެރޭން ތިއަށް ވުރެން ރަނގަޅުވީސް ނޫންތޭ މާލެ ސަރަހައްދުން މާލެ އާއި ވިލިގިއްޔާއި އަދި ހުޅުލެ އާއި އަދި ހުޅުމާލެ އާއި ދެމެދު އާރުޓީއެލް ފެރީތައް އެމްޓީސީސީން ބާއްވާނަމަ އެއިރުން ފަގީރުން ނަށް އަވަހަށް ދަތުރު ކުރެވޭނެ ނޫންތޭ އެއްވެސް ކަމެއް މިސަރުކާރުން ސުއްދާނު ހިފޭ ގޮތަށް ނުކުރެއޭ ތަމެން ދެން މަހަށްދޭބަލަ ގާސިމްގެ ވެރިކަމެއް ގައި ތިޔާ ހުރިހާ ބަސްދަތުރު ވެސް ދިވެހިން ކުރާނީ ހިލޭއޭ ހިލޭ ކުރިނަމަވެސް ފައިދާވާނެއޭ ސަބަބަކީ މިނިސްޓަރުން ރާްއްޖޭން ބޭރަށް ދައުލަތުގެ ބަޖެޓުން ޚަރަދުކުރާ ފައިސާ ސަލާމަތް ކޮށް އަދި ރާއްޖޭން ބޭރުގައި ހުންނަ އެމްބަސީ ތަކުގައި ތިބޭ ކައްޕަޅިން ތައް ބޭރުކުރުމުން މިކަން ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ

  3. ކަލޯ

    ވޯޓަށް ޖަހާ މަޅި. ހޮވިއްޖެނަމަ މިކަން ފޫބައްދަން ވަގުތުން ބަސް ދަތުރުގެ އަގު މައްޗަށް ޖައްސާލާނެ، ނޫނީ ޖީއެސްޓީ 12% ޖައްސާލަން. މުއިއްޒު މާ ރަނގަޅު

    1
    1
  4. ކޮސްފަހަރި

    ދެން އެއްކޮށް ހިލޭ ކޮށްލާ އިންތިހާބުގެ މު ނާސަބަތުގަ. ތި މީހުންގެ ރައީސް ހޮވިދާނެކަމަށް އޮތް ކުޑަކުޑަ އުންމީދެއް ކުރެވޭތީ އެކަމުގެ މުނާސަބަތުގައި.

  5. ގަބުޅިބާދަލާ

    ތިޔަށްވުރެ މާ ރަނގަޅުވާނެެ ބަސް ދަތުރަށްނަގާ އަގު ކުޑަކުރިއްޔާ.ވޯޓުހޯދަން ކުރާނެނުކުރާނެ ކަމެއްނޭނގިގެން. ބަނގުރޫޓްވެފައޮތް ކުންފުންޏެއް.

  6. ..

    ކީއްތަވާނީ އެމްޓީސީސީއަށް ދިގުމުއްދަތަށް ޚިދުމަތް ކުރި މީހުނަށްވެސް ތިކަން ކޮއްދެއްވާފިއްޔާ