ވިލިމާލެ އިން ތެޔޮ ބޯޓެއްގައި ފުރި ދެ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، ޑިސެމްބަރު 28 ވަނަ ދުވަހުގެ ރޭ ވިލިމާލެ އިން ތެޔޮ ބޯޓެއްގައި ފުުރި ދެ މީހެއްގެ ހަބަރެއް ނުވެގެން އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ގެއްލިގެން ހޯދަމުން ދަނީ ގދ. ތިނަދޫ/މުނާރު މުހައްމަދު ނިޒާމް 45އ އާއި ބަންގްލަދޭޝް ރައްޔިތެއް ކަަމަށްވާ މޮހައްމަދު ލިޓަން 35އ. އެވެ.

ފުލުހުން ވިދާޅުވިގޮތުގައި، މި ދެ މީހުންގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ޑިސެމްބަރު 29 ވަނަ ދުވަހުއެވެ.

ފުލުހުން ވަނީ މި ދެ މީހުންނާއި، ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުގެ 9911099 އަށް ގުޅައި ހިއްސާ ކުރުމަށް އެދިފައެވެ.