ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލްމަގީރް އާ އެކީ އެއް ޖިންސުން ގުޅުން ހިންގި މީހުންގެ ވީޑިއޯ ބޭނުން ކޮށްގެން ބެލްކްމެއިލް ކުރި މައްސަލައިގައި ހައްޔަރުކޮށްފައި ތިބި މީހުންގެ މައްސަލަ ފައިލްކޮށް އެ މީހުން ދޫކޮށްލައިފިއެވެ.

އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ރެކޯޑްކޮށް، އެ ވީޑިއޯތައް ލީކު ކޮށްލާނެކަމަށް ބުނެ ބިރުދައްކައި، ބުލެކްމެއިލްކޮށްގެން ބޮޑެތި އަދަދުތަކުން ފައިސާ ދިނުމަށް ޑިމާންޑް ކުރި މައްސަލައިގައި ފަސް މީހަކު ހައްޔަރު ކުރިއެވެ.

އޭގެ ތެރެއިން ތިން މީހަކު މީގެ ކުރިން ފުލުހުން ވަނީ ދޫކޮށްލާފައެވެ. އެމައްސަލައާ ގުޅިގެން އެންމެ ފަހުން ހައްޔަރުގައި ތިބީ ބ. ދަރަވަންދޫ، އަކިރި، ޙަމްދޫން ޢަބްދުﷲ (37އ) އާއި ބ. ދަރަވަންދޫ، ހީމަ، މުޙައްމަދު މިހާދު މުޞްޠަފާ (24އ) އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މި މައްސަލައާއި ގުޅޭގޮތުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާ މަޝްވަރާ ކުރުމުން ލިބިފައިވާ ހެއްކަކީ ޖިނާއީ ދައުވާއެއް ކުރެވޭ ވަރުގެ ބުރަދަނެއް ހުރި ހެކިތަކެއް ނޫން ކަމަށް ބުނެފައިވާ ކަމަށެވެ.

އެހެންކަމުން މައްސަލަ ފައިލް ކުރުމަށް ޕީޖީ އޮފީހުން ލަފާދީފައިވާތީ، މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭ ދޫކޮށްފައި މައްސަލަ ވަނީ ފައިލް ކޮށްފައި ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

ނަމަވެސް މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުންނަށް ލިބިއްޖެނަމަ މައްސަލަ އަލުން ބެލުމުގެ ފުރުސަތު އޮއްނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބޯހަލާކު

    ތިޔޮތީ ވެފައެއްނު. ދެން އެ ގިރިގަނޑުވެސް ދޫކޮށްލާކަށް ގިނަ ދުވަހެއް ނެތް. ޖުޑީޝަރީ އިސްލާހުކޮށްފަ މިއޮތީ ހާދަ މޮޅާށޭ

  2. ޢިޔާބު

    އެމްޑީޕީގެ ބޮޑުން އަޑިގަ ތިބެގެން ކުރިކަމެއްވީމަ ނުބަލާ ނިންމާލީ

  3. ކަލޯގަޔާ

    މައްސަލައަކީ ގިރި .... ދެން ކީއްކުރަން ހިފަހައްޓަންވީ.. ދޫކޮށްލާ މިހާރުވެސް މާލަސްވެއްޖެ.

  4. ޒުލޭ

    ގިރިއާއި މިދެމީހުންނަށް ނިޝާން އިއްޒަތުގެ ލަގަބު ސޯލިހު ނާރުވާފިއްޔާ ކިތަންމެހާވެސް ރަނގަޅެވެ.