ބަންގްލަދޭޝްގެ އަލަމްގިރްއާ އެކުގައި އެއް ޖިންސުން ގުޅުން ހިންގި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ އަބްދުއްރަހްމާން ރަފީއު ވީއައިޕީ ގޮޅިއަކަށް ބަދަލުކޮށްފައިވާކަމަށް "ދިޔަރެސް"އިން ރިޕޯޓްކޮށްފިއެވެ.

އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި އެ ފުލުސް މީހާގެ މައްޗަށް ވަނީ އެއް އަހަރާއި ދެ މަހަށް ޖަލު ހުކުމެއް އިއްވާފައެވެ. އޭނާ ވަނީ އަލަމްގިރްއާ އެކުގައި އެއް ޖިންސުން ގުޅުން ހިންގި ކަަމަށް ޝަރީއަތުގައި އިއުތިރާފުވެފައެވެ. އޭނާ ވަނީ ބަޔާނެއް ނެރެ، ވަނީ ކުށަށް އިއުތިރާފުވެފައެވެ.

ދިޔަރެސް އިން ބުނީ، އޭނާ ޖަލު ހުކުމް ތަންފީޒު ކުރަމުން މީގެ ކުރިން ގޮސްފައި ވަނީ މާފުށީ ޖަލުގެ ޔުނިޓު 2 ގެ ގޮޅިއެއްގައެވެ. އެއީ އެންމެ އާދައިގެ ގޮޅިތަކެވެ.

އެ ނޫހުން ބުނީ، ސަރުކާރުން އަންގައިގެން އޭނާ ޔުނިޓު 10 އެއްގެ ވީއައިޕީ ވިންގެއްގެ ކޮޓަރިއަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އެއީ އޭސީކޮށްފައި، އެނދު ބަހައްޓާފައި އަދި އަރާމުގައި ހުރެވޭ ގޮތަށް ހުންނަ ކޮޓަރިތަކެއް ކަމަށް ބުނެފައި ވެއެވެ.

ކްރިމިނަލް ކޯޓުން އޭނާ އެއް އަހަރަށް ޖަލަށް ލާން ހުކުމް ކުރީ، މިދިޔަ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ. އެހުކުމާއި ގުޅިގެން ހަމަ އެދުވަހު ޕީޖީން ވަނީ އަބްދުއްރަހްމާން ރަފީއުގެ މައްޗަށް އަދަބު ކަނޑައެޅި ގޮތާމެދު "ހިތްހަމަ ނުޖެހޭތީ" އިސްތިއުނާފު ކުރުމަށް ނިންމާފައިވާކަން ހާމަ ކޮށްފައެވެ.

އެގޮތުން ޕީޖީން އެދިފައިވަނީ އޭނާ 7 މަހާއި 6 ދުވަހަށް ޖަލުގައި ބަންދު ކުރުމަށެވެ. މި މައްސަލަ މިހާރު ވަނީ އިސްތިއުނާފު ކޮށްފައެވެ.

އަލަމްގީރް އާއެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި އިތުރު ބައެއް މީހުންވެސް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ހިމް

    މިކަހަލަ ފަކުރު މީހުން ކުށް ސާބިތު ވީމާ ވެސް އޭސީ ކޮޓަރީގައި. ޝިރުކާ ދެކޮޅު ހެދި މީހުުން ވާނުވާ ބަންދުގައި ކުޑަގޮޅީގައި. އަދި އިންސާފު ލިބޭނެ އިރާދަކުރެއްވިއްޔާ.

    25
    1
  2. ސަލާމް

    މިހާރު ދެން ބަލަންވީ ސިއްރުން ތިބުނާ އޭސީ ރޫމަށް އޭނާކައިރިއަށް ވަންނަނީ ޖަލުބަލަހައްޓާ ނުވަތަ ޖަލުގައި ތިބި މީހުންގެ ތެރެއިން ކާކުތޯ ؟

    21
  3. މަރީ

    އޭނާގެ އަނބިމީހާ އަލަންގީރު އެކީގަތަ؟

    18
    1
  4. ހުސެން

    އިމްރާނޫ އިޔާޒޫ އިލްޔާސޫ ޒައިދޫ މިއޮތް ކަމެއް ލަދެއް ނުގަނޭތޯ

    17
    1
  5. ނަށްލަ

    ސަދޫމުގެ މީހުން ސަދޫމުގެ ކުށްވެރިންނަށް ހެޔޮކޮށްހިތާނެ އެއީކީ އަހަރުމެން މުސްލިމުން ކުރާނެކަމެއްނޫން .

    18
  6. ޢަލީ

    މިފަދަ މީހުންގެ މައްޗައް ކުރަންޖެހޭ ހުކުމް އަދި އަދަބު އިސްލާމީ ޝަރީއަތުގައި އެބައޮތެވެ..

    17
  7. ސައިނީސް

    މީ ރަގަޅު ފޮޓޯތަ!

  8. އަވަށުމީހުން

    ދެން އަލަމްގިރި ވެސް ތިރޫމްއަށް ފޮނުވާ..

    13
  9. ނަމަސްތޭ

    ކަލޭމެންހަމަ އާކޮއް ކޮއްފަ ހަމަމިސޮރުގެ ވާހަކަޔާ ފޮޓޯއާ އެބަޖަހައޭ . . މީހުން ފަލީހަޠކުރުން ދީނުގަކިހާވަރެއްގެ ކަމެއްކަން އިނގޭތަ. . އޭނާގެވެސް އާއިލާމީހުންނާ ރައްޓެހިންއުޅޭނެ ދޯ . .

    3
    10
  10. ދަރަނި ދަންތުރަ

    މިސަރުކާރުން މޯކުޅި ކުޅޭ މީހުންނަން ހިމާޔަތާ ރައްކާތެރިކަން ދޭނެ ، މިއީ ލާދީނީ ސަރުކާރެއް ހަލާކު ހުރި

    29
    1
  11. ކޮވިޑް

    ކޮބާ މައްސަލަ އަކީ؟ ނިކަމެއްޗަކަށް ވީމަތޯ؟ ބަލަ ނާޒިމް ސައްތާރު އޮތީ ގޭގަ އޭސީ އާއި އާއިލާ އާއިއެކު އަރާމާ ލައްޒަތުގަ. ހަމަ ނިކަމެއްޗަކަށްވީމަ ނޫސްތަކުން ވެސް އަބަދު ތި ވާހަކަ ތި ދައްކަނީ.

    11
    12
  12. ވިކިލީކްސް

    ކިތައް ނިކަމެތިން އެތިބީ ޔޫޓޫގެ ގޮޅިތަކުގަ؟ ކަރަންޓެއް ނުހުރޭ. ފާހާނަ ކުރަނީ ގޮޅިތެރޭގަ ހުންނަ ފާހަނާތައްޓަށް...އެފާހަނާގަ ދޮރުފަތެއް ނުހުރޭ! 4 މީހުން 1 ގޮޅީގަ. މިކިޔައިދެނީ ޔުނިޓް 2 ގެ ގޮޅިތަކުގެ ހާލަތު. އަދިކޮބާ ޔުނިޓް 4،5،6 ގެ ހާލަތު. 10 މީހުން 12 މީހުން 1 ގޮޅިއެއްގަ. އެތާ ފާހަނާގަވެސް ދޮރުފަތެއް ނުހުންނާނެ. 4 ފޫޓުގެ ފާރުބުރިއެއް ރާނާފަ ހުންނަނީ. ފާހާނާ ކުރަނީ އެތަނަށް. ފެންވަރަނީވެސް އެތަނުގަ. މިކިޔައިދިނީ މާފުށީ ޖަލުގެ ވީއައިޕީ (ސަރުކާރުގެ މުހިއްމު މީހުން ބަހައްޓާ ޔުނިޓް) ފިޔަވާ ދެންހުރި ހުރިހާ ޔުނިޓް ތަކުގެ ހަގީގަތް. ދެން އެތަންތަނުގަ އެއްޖިންސުން ގުޅުން ނުހިންގާނެތަ؟ އެކަންކަމަށް މަގުފަހި ނުވާނެތަ؟
    ބައެއް ގޮޅިތަކުގަ އެފަދަ ކަންތައް ހިނގާފަވެސް އެބަހުރި !

    6
    2
  13. ނިޒް

    އޭސީގަ ބާއްވާގެންވެސް ތިސޮރަކު އިސްލާޙު ކުރެވިއްޖެއްޔާ ރަގަޅު

    8
    2
  14. ހުސޭނުބޭ

    ޚިދުމަތް ފުރިހަމަވާނީ އަމަލްގިރި ގެނެސް ކައިރީގައި ބޭންދީމާ ނޫންތަ؟

  15. ހެހެހެކެކެ

    އެމްޑީޕީ ގެ ފަހުރުވެރި އަލްމަގިރި ކުޅިއަކީ ކޮބާ

  16. މުބީނު މާރނީ

    ޗަރުކޭސް ކުޅެލި ސޮރު ދޯ. އަންހެންވެރިން ވެސް ޝޮކު ޖެހުނު ޗަރުކޭސް ފެނިފަ.