މާލޭގެ އިއްޒުއްދީން ފާލަން ކައިރިއާ ދިމާލުން ފަޅުތެރެއަށް ކަޅު ތެޔޮ އެޅުނީ ކިހިނެއްތޯ ބަލައި އެކަމުގައި ޒިންމާވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް މިއަދު ވިދާޅުވީ މާލޭ ފަޅުތެރެއަށް ކަޅު ތެޔޮ އެޅުނީ ކިހިނެއްތޯ އެ އޭޖެންސީއިން ބަލަމުންދާ ކަމަށެވެ. އަދި ކުށްވެރިވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވިއެވެ.

ނައީމް ވިދާޅުވީ މާލޭ ފަޅުތެރެއަށް ކަޅުތެޔޮ އަޅާފައިވަނީ ގަސްތުގައިތޯ ނުވަތަ ނޫންތޯ ވިދާޅުވާން އަދި ނޭނގޭ ކަމަށެވެ.

މާލޭގެ އިއްޒުއްދީން ފާލަން ކައިރިއާ ދިމާލުން ފަޅުތެރެ ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން 15 ފީފާގެ ކަޅު ތެޔޮ ވަނީ ނަގައިފައެވެ. އެއީ 10،000 ލީޓަރުގެ ތެލެވެ.

މާލެ ފަޅުތެރެއިން 15 ފީފާގެ ތެޔޮ ނަގައިފި

ރަސްމީ ފާލަމާއި ތިން ނަންބަރު ޖެޓީ ދެމެދު ގިނަ އަދަދެއްގެ ކަޅުތެޔޮ އެޅިފައި ހުރިކަމުގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބުނީ މި މަހުގެ އެއްވަނަ ދުވަހުގައެވެ.

ތެޔޮ ނެގުމުގައި ކޯސްޓްގާޑްގެ ސިފައިންނަށް އެހީތެރިވުމަށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑްގެ ސްކޮޑްރަނާއި މާލެ އޭރިއާ މެރިންސްއާއި މެރިން ޕޮލިސްގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ފަރާތުން އެހީތެރިވެފައިވެއެވެ.

ފަޅުތެރެޔަށް ކަޅުތެޔޮ އެޅުމުން މޫދުގެ ފެންގަނޑު ތަޣައްޔަރުވެ، މޫދުގައި އުޅޭ ދިރޭތަކެއްޗަށް އޭގެ ސަބަބުން އުނދަގުލާ ކުރިމަތިވާނެއެވެ. ފަޅުތެރޭ ހުންނަ ދޯނިތަކާއި ބޯޓުތަކުން މޫދަށް ތެޔޮ އެޅުމުގެ ސަބަބުން ކަނޑާއި ފަރުގެ ދިރުންތައް ދަނީ ހަލާކުވެ ނެތި ފަނާވަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަވާސާ ހާދިސާ

    ވެލިގަނޑުގައި ހުރި ފިޔަވަޅު އެންގިގެންތާ ފިޔަވަޅު އެޅޭނީ ތިކަމެއްނުވާނެ، އީޕީއޭއަކީ ބޭކާރު މުއައްސަސާއެއް ސިޔާސީވެރިން ބޭނުންގޮތަކަށް މޮޑޭ ފުއްގަނޑެއްތީ!

  2. އާދަނާ

    އައްޑުއަތޮޅު ހިތަދޫގޮޑުދޮށް ކޮނެގެން އިންޑޮޔާމީހުން ޖަމްބޯބޭގްތަކަށް އަޅައިގެން ގެންގޮސް ފަރުމައްޗަށް ހުރިހާވެއްޔެއް އަޅާއިރު ކަލޭމެން ތިބީ ކަނުވެފަބާ؟؟؟