އައްޑޫ ސިޓީ ހުޅުމީދޫ މަގުތަކުގައި ތާރަ އަޅައި ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތައް ބޭނުންވާ ސާމާން ހުޅުމީދޫ އަށް ގެންގޮސްފިއެވެ.

ހުޅުމީދޫ މަގުތަކުގައި ތާރު އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ވަރަށް ބާރު ސްޕީޑްގައި ކުރިއަށްދާއިރު މަގުތަކުގައި ތާރު އަޅުމުގެ ކުރިން ބަހައްޓަން ޖެހޭ ކާނުތައް ބެހެއްޓުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ.

ހުޅުމީދޫ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ކުރަމުންދަނީ ހުޅުމީދޫ ޕަބްލިކް ވޯކްސް މުއައްޒަފުންނެވެ. މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ ގޮތާއި ބެހޭ ގޮތުން ހުޅުމީދޫ ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރ އަލީ މުހައްމަދު ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ "އުއްމީދަކީ މި އަހަރުގެ ރިޔާސީ އިންތިހާބު ފެށުމުގެ ކުރިން މަގުގެ ތާރު އަޅައި ނިންމުން" ކަމަށެވެ.

ހުޅުމީދޫ މަގު ހެދުމުގެ މަސައްކަތަކީ މީގެ ކުރިން ތަފާތު ސަބަބުތަކާ ހެދި ހުއްޓިފައިވާ މަސައްކަތެކެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި އައްޑޫގެ ރަށްރަށުގެ މަގުތައް ހެދުން އިފުތިތާހު ކުރި ނަމަވެސް، އެކިއެކި ސަބަބުތަކާ ހެދި އެ މަސައްކަތް އޮތީ މަޑުޖެހިފައެވެ.

ރާޢްޖޭގެ ގިނަ ރަށްރަށެއްގައި ޒަމާނީ ފެންވަރަކަށް މަގު ހެދުމުގެ މަޝްރޫއުތަށް ހިންގަމުން އަންނަ ކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން ށ.ފުނަދޫ، ބ.އޭދަފުށި، ރ.މީދޫ ފަދަ ރަށްތަކުގައި ޒަމާނީ ފެންވަރަށް ތާރު އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އޭގެ އިތުރުންވެސް ރާޢްޖޭގެ ބޮޑު އާބާދީ އެއް ދިރިއުޅެމުންދާ މާލޭގެ މަގުތަށް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތުގެ ދަށުން މާލޭގެ ބޭރު މަގު ގައި ތާރުއަޅުމުގެ މަސައްކަތް ވަރަށް ބާރު ދުވެލީގަ ކުރެވެމުން އަންނަ ކަން ފާހަގަ ކޮށްލެވެއެވެ

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙުސައިން މ. މުލި

    ސާދާ އަނެއްކާ ދެންހުރި މަގުތައް ހަދަނީ ދޯ. އަހަރެމެން ކީއްކުރާނީ
    އަހަރެމެން މީ ބަފާ ނެތް ދަރިންތަކެއް ކަހަލަ ދާއިރާއެއް