ގަސްތައް ނުކަނޑައި މަގުތައް ހަދަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

ރައީސް ނަޝީދު އެކަމަށް ގޮވާލެއްވީ އަމީނީ މަގު އަލުން ހަދަން ތާރު އެޅުމަށް އެ މަގުގައު ހުރި ގަސްތައް ނަގަން ފަށައިފައިވާތީ އެކަމަށް އިޝާރާތް ކުރައްވާ މިއަދު މަޖިލީހުގެ ޖަލްސާ ގައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ ގަހެއް ހެދުމަށް 15 ނޫނީ 20 އަހަރު ނަގާ ކަމަށާއި އެހެން ނަމަވެސް މަގެއް ހެދުމަށް ނަގަނީ ދެތިން މަހެއް ކަމަށެވެ. އެހެންކަމުން ގަސްތައް ނުނަގައި މަގު ހެދޭނެ ގޮތެއް ހޯދުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު އުއްމީދުކުރަން މާލޭ ސިޓީ ކައުންސިލްއިންނާއި ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަންސްއިން ވެސް މި ކަންކަމަށް ބައްލަވައި ގަސްތައް ނުކަނޑައި މަގުތައް ހެދޭނޭ ގޮތެއް ހޯއްދަވާނެ ކަމަށް" ރައީސް ނަޝީދު ވިދާޅުވި އެވެ.

އަމީނީ މަގުގެ ބޮޑެތި ގަސްތައް ނަގާތީ ބައެއް މީހުންގެ ބޮޑެތި ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތް ކުރާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ބުނީ އަމީނީ މަގުގައިހުރި ގަސްތައް މިހާރު ނެގި ނަމަވެސް އެ މަގު ހަދާ ނިމުން ގަސްއިންދެން ހުރި ތަންތަނުގައި އަލުން ގަސް އިންދާނެ ކަމަށެވެ. މިހާރު އަމީނީ މަގުގައިހުރި ގަސްތައް މަގައިގެން ގެންދަން ނިންމާފައިވަނީ ޕިކްނިކް އައިލެންޑެއް ގޮތުގައި ތަރައްގީކުރާ "ކުޑަގިރި"އަށެވެ.

އަމީނީ މަގު ހަދާ ނިމުމުން އެމަގު ފެހިކުރުމުގެ މަސައްކަތްކުރާނެ އާރުޑީސީން ބުނެ އެވެ.

"އަމީނީ މަގުގެ މަސައްކަތް ނިމޭއިރު އެމަގުން ނަގާ ގަސްތަކުގެ ބަދަލުގައި ގަސް އިންދެން ހުރި ތަންތަނުގައި ގަސްއިންދާނެ އެވެ. މީގެ އިތުރުން އަމީނީމަގު އިތުރަށް ފެހިކުރުމަށްޓަކައި "ޓްރީފިޓް" ބަހައްޓާނެ އެވެ." އާރުޑީސީން ނެރުނު ބަޔާނުގައިވެއެވެ.

އާރުޑީސީގެ ބަޔާނުގައި ގިނަ ދުވަސްވީ ބޮޑެތި ގަސްތައް ބަހައްޓައިގެން މަގު ހެދުމުގެ މަސައްކަތަކަށް ދިމާވެފައިވާ ބޮޑެތި ދަތިތައް ތަފްސީލްކޮށްދީފައިވެ އެވެ.

"،،، މިހާރުވެސް އެމަގައި ވަޅުލާގައިވާ ހޮޅިތަކާއި އެހެނިހެން ކޭބަލްތަކަށް ގަސްތަކުގެ މުލުގެ އަޒަރުވަނީ ވަރަށްބޮޑަށް ކޮށްފަ އެވެ. އެހެން ކަމުން އަމީނީ މަގުގައިހުރި ގަސްތައް އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ." އާރްޑީސީގެ ބަޔާނުގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މަގޭޚިޔާލުމީ

    މާބޮޑަށް ބިޔަވެފަ ހުރި ގަސްތައް ކަނޑާލިޔަސް ހުރިހާ ގަސްތައް ކެނޑުން ރަނގަޅެއްނޫންް.

    • އަހަންމަދު

      މީދެން ހާދަ ބޯގަޅި މީހެކޭ! ގަމާރު ވާންވާނީވެސް ވަކިވަރަކަށްދޯ! މީނަ ހީކުރަނީ އަމީނީމަގުގަ ގަސްހައްދާނީ އޮށް އިންދައިގެން ކަމަށް! މިވަރުންވެސް މީނަވަރެއް ނެތިގެން އުޅޭބަޔަކުވެސް އެބައުޅޭ!

  2. ހުސެންދީ

    މި އަންނިއަކީ ހަމަ ފައްކާ މަރުލޯލު ދެފުއްކެހެރިއެއް. އިންޑިއާއެ އެފްކޯންއިން ވިލިމާލޭ ފަރު ހަފުސް ކޮށްލި އިރު ކަހާތަން ހިރުވާވެސް ނުލި. އެކަމަކު މީ ނަމުން ތިމާވެށީގެ ބާނީ.

  3. ގޮޅާ

    އެހެންވެ ދޯ ނަޝީދު އައްޑު އަތޮޅު މީދޫ ގެ މަގުތަކުގައިޔާއި ތަންތާގެ ހުރި ހުރިހާ ގަސްތައް ކެޑުވީ ، ދި މެންޓަލް

  4. ރަން ރީނދޫ

    ވަރަށް ތިމާވެށި ވެގެން އުޅޭ ބައެއް. އެކަމަކު އައްޑޫ ހިތަދޫ ބޮޑު މަގުގައި ހުރި ހުރިހާ ގަހެއް ލުހެލި ނަޝީދު. މިހާރު ވެސް ސިޓީ ކައުންސިލުން ތަރައްޤީ ގެންނަން ކުރަން އެނގޭހާވެސް ކަމަކީ ހިތަދޫގައި ހުރި އާންމު ތަންތަނުގައި ހައްދާފަ ހުންނަ ހިޔާދޭ ގަސް ކެނޑުން. އިހަށް ދުވަހު ހިތަދޫ ބަނދަރުމަތީ ހުރި ގަސްތައް ކޮށާލީ. ސުކޫލްތަކުގެ ކިޔެވުން ފެށި ދުވަހު ޝަރަފުއްދީން ސުކޫލް މަގުގައި ހުރި ހުރިހާ ގަހެއް އުފުރާލައި ސާފު ކުރި.

  5. ޅަގުރާ

    ލިވާތު ނުކުރަން ކިޔާބަލަ ބުރޯ

    2
    1
  6. މުޙައްމަދު

    ނަމުން ތިމާވެށި ކަމުން ހަލާކު. އައްޑޫ ލިންކް ރޯޑްގަ ހުރި ރުއްތަކެއްވެސް ކައުންސިލުންވެސް ގެއްލުވާލި. މިހާރު އެ ޞަރަޙައްދު ގަސް ބޯ ކަމުން ދުއްވޭ ވަރެއް ނޫން. ފިނިކަމުން ހީވަނީ ސްނޯ ފައިބާ ތަނެއްހެން. ރޭގަނޑުވެސް އަލިކަމުން ދުވާލުފަދަ. ތަނެއްގަ ރޯގަހެއް ހުރިއްޔާ މި ކައުންސިލްތަކަށް ހާދަ ވަރެއް ވެޔޭ. ރޯ ގަހެއް ކޮޅަށް ހުރިއްޔާ ލޮލަށް ނިދި ނާދޭ. ބޮއި ހަލާކު.