ފާއިތުވި އަހަރު ފުލުހުންނަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ހަށިވިއްކުމުގެ މައްސަލަތަކާއި އިންސާނީ ވަގުފާރީގެ މައްސަލަތައް ހުއްޓުވުމަށް ދިވެހި ފުލުހުން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ނަމަވެސް ހަށިވިއްކުމާއި ދެކޮޅަށް 25 އޮޕަރޭޝަން ހިންގި ނަމަވެސް ޕީޖީއަށް ފޮނުވީ ދެމައްސަލައެވެ.

ފުުލުހުން ބުނާގޮތުން ހަށިވިއްކުމާއި އިންސާނީ ވަގުފާރިއާ ދެކޮޅަށް ފާއިތުވި އަހަރު 25 އޮޕަރޭޝަނެއް ހިންގާފައިވެއެވެ. އޭގެ ތެރޭ އިންޓެލިޖެންސް މައުލޫމާތަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދިޔަ 14 އޮޕަރޭޝަނަކާއި، ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ 11 އޮޕަރޭޝަނެއް ހިމެނެއެވެ.

އެ އޮޕަރޭޝަންތަކުގައި އަންހެނުންނާއި ފިރިހެނުން ހިމެނޭހެން ޖުމްލަ 32 މީހުން ހައްޔަރުކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ހަ ދިވެހިންނާއި 26 ބިދޭސީންނެވެ. ހަށިވިއްކުމުގެ މައްސަލަތަކާއި އިންސާނީ ވަގުފާރީގެ މައްސަލަތަކުގައި ފާއިތުވި އަހަރު 28 ބިދޭސީން ޑީޕޯޓުކޮށްފައިވެއެވެ. މި މީހުންގެ ތެރޭގައި 2022 ވަނަ އަހަރުގެ ކުރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހުންވެސް ހިމެނެއެވެ.

ހަށިވިއްކުމުގެ މައްސަލަތަކާއި އިންސާނީ ވަގުފާރި ކުރުމުގެ 11 މައްސަލައެއް ކޭސްކޮށްގެން ފާއިތުވި އަހަރު ތަހުގީގުކޮށްފައިވެއެވެ. އޭގެ ތެރެއިން ހަ މައްސަލައެއްގެ ތަހުގީގު މިހާރުވެސް ކުރިއަށްދާއިރު ދެ މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާއިރު ތިން މައްސަލައެއް ވަނީ ފައިލުކޮށްފައެވެ.

އިންސާނުންގެ ނުރުހުމުގައި މަސައްކަތްކުރުވުމާއި ހިޔުމަން ޓްރެފިކިން ނުވަތަ އިންސާނުންގެ ވަގުފާރީގެ ކަންތައްވެސް ތަރައްގީ ވަމުންދާ ގައުމުތަކެކޭ އެއްގޮތަށް ތަރައްގީ ވެފައިވާ ގައުމުތަކުގައިވެސް މަދުން ނަމަވެސް ފެންމަތިވާ މައްސަލައެކެވެ. ޔޫރަޕާއި އެމެރިކާއަށް ބަލާއިރު އަންހެނުންނާއި އަންހެން ކުދިން ލައްވައި މަޖްބޫރުން ހަށިވިއްކުމުގެ ވިޔަފާރި ކުރުވުމުގެ މައްސަލަ އެގައުމުތަކުގައި ފުޅާދާއިރާއެއްގައި އޮވެއެވެ.

ރާއްޖެއަށް އިންސާނީ ވަގުފާރިކޮށްގެން ގެންނަ ގިނަ މީހުންނަކީ ބަންގްލަދޭޝް އާ ގުޅިފައިވާ މީހުންނެވެ.

އިންސާނީ ވަގުފާރިއަކީ ނުވަތަ ހިއުމަން ޓްރެފިކިންގް އަކީ މީހުންގެ ނުރުހުމުގައި ގަދަކަމުން އެމީހުންލައްވާ ތަފާތު އެކި މަސައްކަތް ކުރުވުމާއި، މީހުން އަޅުވެރިކުރުވައި އެމީހުންގެ ކިބައިން މަންފާތައް ހޯދުން ހިމެނިގެންވާ ލާއިންސާނީ އަމަލެކެވެ. މީހަކަށް މަޖުބޫރުކޮށްގެން ނުވަތަ އޮޅުވާލައިގެން މީހަކު ގެންގުޅުމާއި، އެފަދަ ގޮތަކަށް މީހުން އެއްތަނުން އަނެއްތަނަށް ގެންދިއުމާއި، އަދި މިނޫންވެސް އަޅުވެތިކުރުން ކަމަށް ބެލެވޭފަދަ ގޮތްގޮތައް މީހުންނާމެދު އަމަލުކުރުމަކީ އިންސާނީ ވަގުފާރީގެ އަމަލުތަކުގެ ގޮތުގައި ބެލެވިގެންދާ ކަންކަމެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހުސޭނުބޭ

    ވީމާ ހާދަ ހީވެޔޭ ހަށިވިއްކުމުގައި ޕޮލިހުންގެ ބޮޑުން އަޑީގައި ތިބޭހެން. އެމީހުންގެ ހިއްސާ ނެތް މައްސަލަތައް ދޯ ތި ފޮނުވާލީ. އަދި ނޭގޭއެއްނު އޭގައި ސީދާ ޕީޖީގެ ހިއްސާ އޮތް މައްސަލަތަކެއް ނުވާކަމެއް

  2. އަހުމަދު

    ބާކީ 23 މައްސަލަ ރައްދުވާ ފަރާތުން ބޮނޑިވަރެއް ލިބުނީ ތޯއްޗެ.

  3. ޑައެލޯގް

    މިސަރުކާރުގެ ނަޒަރުގައި ހުރީ އެންމެ ކުއްވެރިއެކެވެ. އެއީ ޔާމީނެވެ. ސަބަބަކީ ޔާމީނުވަނީ ދަރުމަވަންތަ ހޮސްޕިޓަލް، ވެލާނާއެއާޕޯޓާއި އިތުރު އެއާޕޯޓުތަކާއި، ބްރިޖާއި، ސަލްމާންމިސްކިތާއި 92 ކިލޯމީޓަރުގެ ތާރުއަޅައި، ޑޮލަރު އަގުތިރިކޮށް އޭޓީއެމްތަކުން ލިބޭގޮތްހަދައި އެއާޕޯޓުން ފުރާކޮންމެ ދިވެއްސަކަށް 500 ޑޮލަރުލޮބޭގޮތްހަދާ މިކަހަލަ ނޮހޮރޮއްޕާން ރައްޔިތުންނަށް ކޮށްފައެވެ. ހަށިވިއްކުމާއި ލިވާތާއި އެއްޖިންސުކުޅިއަކީ ކަމެއްނޫނެވެ. ބަންގާާޅަމީހާބުނިހެން ގެރިއޯކޭ މައޯކޭ ކޮބާމައްސަލަ

  4. Anonymous

    ސްކޫލްތަކަށް ފައިސާ ހޯދަން ސްކޫލްތަކުގެ ޓީޗަރުން ލައްވާ ކުރުވަން ރަނގަޅު ކަމެކޭ ޕްރިންސިޕަލުންނަށް މިހާރު ހީވާން ފަށާނެ.

  5. Anonymous

    ބަލަ ސަރުކާރުން ހަށިވިއްކުން ހުއްދަކުރީމާ ބޮޑުވަރަކަށްވެސް ކުރެވޭނެ ކަމަކީ ހައްޔަރުކޮއްލުންތާ. ވާތްފަރާތުން ދޫކޮށްލާނެ. ސަބަބަކީ މިސަރުކާރުގައިވެސް ކަންތައް ހިނގަމުން އައީ މިހެން ކަމުގައި ވާތީއާއި ކަނޑައެޅިގެން އިސްލާމީ ޝަރީޢަތާ ދެކޮޅަށް ޠާޢޫތައް ޙުކުމްކުރާތީ.

  6. އިރެކްސް

    ޕޮލިހުންގެ އަދަރ ބެނިފިޓްސް