ގއ. ދާންދޫ ކައިރިން ޑިންގީއެއް އަޑިއަށް ގޮސްފިއެވެ.

ފުލުހުން ވިދާޅުވީ، ދާންދޫ ކައިރިން ޑިންގީއެއް އަޑިއަށް ގޮސްގެން ފުލުހުންނާއި އާއްމުން ހަރަކާތްތެރިވަމުން އަންނަ ކަަމަށެވެ.

ފުލުހުން ވިދާޅުވިގޮތުގައި، މި ޑިންގީ އަޑިއަށް ގޮސްގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު މެންދުރު ފަހު 15:45 ހާއިރުއެވެ.

މި ހާދިސާ ހިނގިއިރު ޑިންގީގައި ދެ މީހުން ތިބިއިރު، ދެ މީހުންނަށްވެސް އަނިޔާ ވެފައި ނުވާ ކަަމަށް އޮފިޝަލް ވިދާޅުވިއެވެ.

ޑިންގީ ނެގުމުގެ މަސައްކަތް ފުލުހުންނާއި އާއްމު ރައްޔިތުން ކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.