ރޭ ފަތިހު ނީލަން ފިހާރައިގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން މާލޭ ސަރަހައްދުގެ ބަސް ދަތުރުތަކަށް ބުރޫއަރައިފިއެވެ.

މާލޭ ސަރަހައްދުގައި ބަހުގެ ހިދުމަތް ދެމުން އަންނަ އެމްޓީސީސީ އިން ބުނީ އަލިފާނުގެ ހާދިސާގެ ސަބަބުން ބޮޑުތަކުރުފާނުމަގު ބަންދު ކުރުމުން ވެސްޓް ޕާކް ސަރަހައްދުން ހުޅުމާލޭ ފުރަތަމަ ފިޔަވައްސަށް އަދި އަދި ހުޅުމާލޭ ދެވަނަ ފިޔަވަހިން ވެސްޓް ޕާކް ސަރަހައްދަށް ދަތުރުކުރާ ބަސްތަކުގެ މަގު ކާނިވާ ސަރަހައްދަށް ބަދަލު ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން އަމީނީމަގުގެ ބަސް ދަތުރުތައް މިއަދު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. އަމީނީމަގުގެ ބަސް ދަތުރުތައް މެދުކަނޑާލުމުން އޯކިޑް ރޫޓުން ދަތުރުކުރާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭތީ އެރޫޓަށް ބަހުގެ އަދަދު އިތުރު ކޮށްފައިވާ ކަމަށް ވެސް އެމްޓީސީ އިން ބުނެއެވެ.

ބޮޑުތަކުރުފާނުމަގު ހުޅުވުމުން ބަސް ދަތުރުތައް އާއްމު ހާލަތަކަށް ގެނެވޭނެ ކަމަށާއި ބަސް ދަތުރުތަކުގެ މައުލޫމާތު އެމްޓީސީސީ ހޮޓްލައިން 1650 އިން ލިބޭނެ ކަމަށް ވެސް އެކުންފުނިން ބުނެއެވެ.

ރޭ ފަތިހު ނީލަން ފިހާރައިގައި ރޯވި އަލިފާން އަދިވެސް އެއްކޮށް ނިއްވާ ނުލެވެއެވެ.

މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ ނީލަން ފިހާރާއިގައި ރޯވުމުގެ ސަބަބުން މާލެ ސިޓީ ކައުންސިލްގެ ބިދޭސީ މުވައްޒަފުން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކުގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ. ނަމަވެސް އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ. ފަހަކަށް އައިސް ހިނގަމުންދާ އަލިފާނުގެ ހާދިސާތަކުގެ ސަބަބުން ފުލުހުން ހާއްސަ ތަހްގީގެއް ފަށާފައިވާ ކަމަށް މިއަދު ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނަމަސްތޭ

    ތީހަމަ ހަޖަމުގެ މައްސަލަ ޖެހިގެން ޕީ ޕީ މެން ކުރާކަމަކާ ހާދަ ވައްތަރޭ

    4
    9
    • ޑރ ސާޖީ

      އިބޫ ފެކުސަނުން ތާއިދު ހޯދަން ކުރިކަމަކާ ވއްތަރީ.

  2. ކަޑަކަން

    މިރާއްޖޭގައި ފުލުހުން ކަންކުރާ އުސޫލަކީ، ތަނެއް ރޯވިޔަސް، ގައިދީއަކު ގެންދަން ޖެހުނަސް، ރޯޔަލް ބޭފުޅަކު ތަނަކަށް އަޔަސް، ބޭރުމީހަކު ރާއްޖެ އަޔަސް؛ އާންމު ރައްޔިތުންނަށް ބެލުމެއްނެތި، އެކަމާ ގުޅުނަސް ނުގުޅުނަސް މަގު ބަންދު ކުރާނެ، އެކަމާގުޅިގެން، ސްކޫލުކުދިން ، މުވައްޒަފުން އަދި ބަލިމީހުން ގަޑިޖެހި، އެޕޮއިންޓްމަންޓް ކަޓާ، މުވައްޒަފުން ޖޫރިމަނާވެ، ދެން ބޯހަލާކު، ކިއްތޯވާނި، މަގުބަންދު ކުރުމުގެ ބަދަލުގައި ނޯރމަލް ޓްރެފިކް ތެރެއިން އެކަން ކުރެވޭނެ ގޮތެއް އޮތްތޯބެނުން، ގައިމު ފުލުހުންގެ ވެސް ހައްޓަށް ލުއިވާނެ ދޯ، ކިރިޔާ ކަމެއް ދިވާވިޔަސް، ހުރިހާ މަގެއް ބަންދު،

    9
    1
  3. ޒާ

    ހެންވޭރުގާ ކަމެއް ހިނގިޔަސް މާފަންނުގެ މަގުތައް ބަންދު ކުރުމަކީ ފުލުހުން ކުރާކަމެއް. އާއްމު އުނދަގުލަކަށް ފަރުވާލެއް ނުބަހައްޓާނެ. ވީހާ ލުއިގޮތަކަށް ކަމެއް ހަލުކުރަންވެސް ހިތަށް ނާރާނެ.

  4. ލޮލް

    'އައިނު ރަނގަޅުކުރާ' ކުދިންގެ 'ހިދުމަތް' ހުއްޓުނީ؟؟؟؟ ލޮލް