ހދ. ކުޅުދުއްފުށީގައި އެއާޕޯޓެއް އޮވެ، ބަލި މީހަކު ހދ. ހަނިމާދޫ އިން ދަތުރުކުރަން ޖެހުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ކުޅުދުއްފުށީ ހޮސްޕިޓަލްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އައިމިނަތު އަބޫބަކުރު ވިދާޅުވެއްޖެ އެވެ.

ޑރ. އާމިނަތު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުޅުދުއްފުށީގައި އެއާޕޯޓެއް އޮވެ، ސީރިއަސް ބަލި ކުއްޖަކު ހަނިމާދޫއިން ދަތުރުކުރަން ޖެހުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އެއާޕޯޓް އޮންނަތާ ގިނަ ދުވަސްތަކެއްވެފައިވާއިރު ވެސް ރޭގަނޑު ފްލައިޓް ޖެއްސޭނެ ފަދަ ނެތުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ވޯޓް ހޯދަން ކުޅުދުއްފުއްޓަށް އަންނަ ސިޔާސީ މީހުން ރަށަށް އަރަން ލަދުގަންނަން ޖެހޭނެ." ޑރ. އާމިނަތު ވިދާޅުވިއެވެ.

ކުޅުދުއްފުށީ އެއާޕޯޓްގެ ރަންވޭގައި ލައިޓް ހަރުކޮށްފައިނުވާތީ އެ އެއާޕޯޓްގައި ރޭގަނޑު ގަޑީގައި ފްލައިޓް އޮޕަރޭޓެއް ނުކުރެއެވެ. މިކަމާ އެރަށުގެ ވަރަށް ގިނަ ރައްޔިތުން ވެސް ކަންބޮޑުވުން ފާޅުކުރެއެވެ.

ކުޅުދުއްފުށީ އެއާޕޯޓް ހިމެނޭހެން ތިން އެއާޕޯޓެއްގައި ލައިޓް ހަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިދިޔަ އަހަރުގެ އޮގަސްޓްމަހު ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީން އިން ވަނީ ބުނެފައެވެ.

1200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެއް ހިމެނޭ ކުޅުދުއްފުށީ ޑޮމެސްޓިކް އެއާޕޯޓަށް ދިވެހި ދައުލަތުގެ މާލިއްޔަތުން 53.4 މިލިއަން ރުފިޔާ ޚަރަދު ކޮށްފައެވެ.

ކުޅުދުއްފުށި އެއާޕޯޓު އެޅުމުގެ މަޝްރޫއުގެ ދަށުން އެމްޓީސީސީން ވަނީ ޖުމްލަ 15 ހެކްޓަރުގެ ބިން ހިއްކާފައެވެ. އެއާޕޯޓްގެ މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީއިން ނެވެ. އެއީ 53.9 މިލިއަން ރުފިޔާ އަށެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ހުސޭނުބޭ

    ޔާމީނު ކުޅުދުއްފުށީ އެއަރޕޯޓުގެ ރަންވޭ ނިންމާ ހުޅުވީމާ އެކަމާ މަލާމާތްކޮށް ޓާމިނަލް ބިލްޑިނގްވެސް ނެތްކަމަށް ގޮވައި ޔާމީނާ ދިމާލަށް ތި ކުޅުދުއްފުށީ މީހުން ގޮވި އެއްޗެތި ހަދާންއެބަހުރި. ޔާމީނު ކަމުނުނުގޮސްގެން ކަލޭމެން ހޮވި މީހާހަށް ރަންވޭމަތީގައި ލައިޓްގަނޑެއްގެވަރު ދިއްލާނުލެވުނީމާ ފަޅޮލޭ ރިހާކުރޭ ކިޔާނެކަމެއްނެތް.

    44
    5
    • ޒައިކް

      އެހާކައިރި ކައިރީގަ އެއަރޕޯޓް އެޅީމަަ ވާނެ ހައެތި. ޑިމާންޑު އޮތްވަރަކަށް ދޯ ފުލައިޓު ބޭއްވޭނިި މޯލްޑިވިއަންއަށްވެސް..ދެން ރައްޔިތުން ޝަކުވާކުރާނެތާ

      5
      5
      • ހށ

        ކިތަންމެ ކައިރީގަ ނުވަތަ ދުރުގަ އެޅިޔސް ކަން ކުރަން ނޭންގެންޏާ ނުވަނެ ދޯ... މެނޭޖު ކުރަން ނޭނގެންޏާ ކިތައްމެ ނިޢުމތެއްދިވެހިރާއްޖޭގައި ހުއްޓަސް ފައިދައެއް ނުވާނެ... އެގޮތަށް މީ އެއްވެސް ކަމެއް ކުރަން އެނގޭ ސަރުކާރެއް ނޫން... ކުރިން ފައިދާވަމުން އައި ހުރިހާ ބައެއް މިސަރުކާރުގ ވީ ބަނގުރޫޓު

        7
        1
      • ެޖޮނަތަން

        އެކަމެއްނޭގޭ .މިހާރުވެސް އެދަނީ ދެރަށުން އެއރަށު އެއރޕޯޓް އަޅަން ވައުދުވަމުން.

    • ރަސީދު

      ތީ ހަމަ ތެދުވާހަކައެއް، އަދިކުޅިހަލާކު ކުރަނީއޭ ކިޔާފަ އެތާގެ އެކަން ވިޔަނުދޭންވެގެން ޖެއްސި ވަތްތަރު މިވަގުތު ހަދާންކޮއްލުން ރަނގަޅު

      18
      1
  2. ބަކުރުބެ

    ހެެހެހެ. ކަލޭމެން ތިވާހަކަ ދައްކަން ލަދު ނުގަނޭތަ؟ ރ.ޔާމީން އެއާރޕޯޓެއް އަޅާދިނީމަ އެތަނާ މިސަރުކާރުން އަޅާނުލާ. ދެން ކަލޭމެން އަތްޖަހާފަ ހަމަ އެމީހުންނަށް ވޯޓްދިނީނުން. ވޯޓް ގެ ވާހަކަބާއްވާ އެބަޔަކު ހޯދިގޮތެއް އެބަޔަކަށް އޮންނާނީ. ސަލާމް

    35
    5
  3. ނަމަސްތޭ

    ކާކުބާ އަވަސްއަރުވާލާފަ ވޯޓު ހޯދަން އެތަންހުޅުވީ . . އެވާރެޔާ ތެމިފޯވީ ހަނދާން ނެތީހެ ކަލާ . . ހުންނާނެ ޔާނު ތެމި ފޯވެގެން ވިއްސާރާރާގަ މަންޒއރު ނަގާފަ . . އެނީ ވޭސް . ފޭސްބުކުގަ އެއްޗެހި ލިާނީ މަސަހޫރުވާންވެގެން. . ހައްލެއްބޭނުމިއްޔާ އިދާރާތަކަށްދޭ

    7
    36
    • އިބުސްތޭ

      އަމް… ތިމީހުން އައީ ޔާމިން ގެ ކަން ކަން ރަނގަޅު ކުރަންޝޭ ކިޔާފަ… މިހާރު ތިކިޔަނީ ހުޅުވާފަ ދިނީމަ ލައިޓުވެސް ނުޖެހޭނޭ … ހާދަ ފެންވަރެއްނެތް ބަޔެކޭ ދޯ

      27
      3
      • ފާއިޒު

        އަވަސް އަރުވާލައިގެން އަހަރެއްހައި ދުވަހު ތެރޭ އެއަރޕޯތެއް ހަދައި ހުޅުވައި ނިމުނު. މައްސލައަކީ ލަސްލަހުން ކުރަމުންވެސް 4އަހަރު ބައިވި އިރުވެސް ލައިތް ޖަހާ ނުލެވުނީމާ.

    • ނާފިޒު

      ކުރިޔަށް އޮތް 4-5 މަސްތެރޭ ތިކަންކަން ނިންމާނެ. ޖީއެސްޓީ ބޮޑުކޮށް އަރަބިގައުމުތަކުން ސަލާންޖަހާ، އިންޑިޔާއިން އިތުރު 300މިލިޔަން ޑޮލަރުގެ ލޯނު ނަގައި ރައްޔިތުން ދަރަނިވެރިކޮށް ބޮޑު ނުއަގުގައި އަތަށް ބައި އަޅައިގެން މަސައްކަތް ނިންމާލާނެ.

  4. ދަރަނި ދަންތުރަ

    މިސަރުކާރުން ކުރާ ތަރައްގީ އިންސާނުންގެ ލޮލަށް ނުފެންނާނެ ، ތިޔަ އެއަރޕޯޓްގައިވެސް މިހާރު އިބޫ ދިހަ ފަހަރު ލައިޓް ހަރުކޮށްފި ، ދެން ކުޅުދުއްފުށި މީހުން ބާރަށް އަތްޖަހާ

    35
    3
  5. ހޯނު

    ރޭގަ 2 މަހުގެ ކުޑަކުއް ކުއްޖެއް ކޭ އާ ރު އެޗް މަރުވީ އާސަންދަ އިން ލަސްކޮއްފަ ފުލައިޓު ހަމަޖައްސާނުދިން ފަގީރަކުވީމަ. ބަހަނާދައްކާފަ.ވަގުތުން ބަލާލަދީބަލަ. ދައުރުނިމުނުއިރު އެއާޕޯޓުގަ ލައިޓްގަންޑު ވެސްޖަހާލަނުދިން . އެވަރު ކޮއްލަދިންނަމަ ކުޑަދަރި ވަގުތުގަ ގެންދެވުނީސް.

  6. ސުމަޅޭ

    ހާސްނުވޭ.ތިކަން ކުރާނެ.ކުރިޔަށް އޮތީ ބަބުކެޔޮ މޫސުމް.ވޯޓް އޮންނަ ދުވަހުގެ ކުރީ ދުވަހު ލައިޓް ހަރުކުރިޔަސް ކަލޭމެން ތިބޭނީ ހެވިދިއްލިފަ އަތް ޖަހަން.މިއޮތް ދުވަސްކޮޅު ކިތެންމެ މަޅިއެއްގަ ޖައްސާނަ.ހެވީ ވެހިކަލްތައް ގެނެސް ބިންގާތައްވެސް އަޅާނެ.ފަހުންތާ ވާނެ އެއްޗެއް ވާނީ.