ދިވެހި ނޫސްވެރިންނަށް ތަމްރީނު ފުރުސަތުތަކެއް ހޯދައި ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ރާއްޖޭގައި ހުންނަ ޗައިނާ ހައި ކޮމިޝަނާއެކު މަޝްވަރާކޮށްފިއެވެ.

މީޑީއާ ކައުންސިލުން މިއަދު ނެރުނު ބަޔާނުގައި ބުނާ ގޮތުން ދިވެހި ނޫސްވެރިން ތަމްރީނު ކުރުމަށް އެ ކައުންސިލުން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން ޗައިނާގައި ހިދުމަތްދޭ މުއައްސަސާތައް މެދުވެރިކޮށް ނޫސްވެރިންނަށް ތަމްރީނު ފުރުސަތްތަކެއް ހޯދައި ދިނުމަށް އެ ކައުންސިލުން ވަނީ ޗައިނާގެ އެމްބަސީގައި މަޝްވަރާކޮށްފައެވެ.

އެގޮތުން ޗައިނާއަށް ދިވެހި ނޫސްވެރިން ފޮނުވައިގެން ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށާއި، ޗައިނާގެ ހިދުމަތްދޭ މަރުކަޒުތަކުގެ މާހިރުން ރާއްޖެ ގެނެސްގެން ތަމްރީން ޕްރޮގްރާމްތަކެއް ފެއްޓުމަށާއި، މިދާއިރާގެ ތަމްރީން ޕްރޮގްރާމްތަކެއް ހިންގުމަށް ވަނީ މަޝްވަރާ ކުރެވިފައެވެ.

ރާއްޖޭގައި ހުންނަ ޗައިނާގެ ސަފީރު ވަންގް ލިކްސިންގް ވިދާޅުވީ މީޑިއާ އެކްސްޗޭންޖު ކުރުމާއި އެއްބާރުލުން ދިނުމަކީ ޗައިނާ އާއި ރާއްޖޭގެ ގުޅުމަށް މުހިންމު ކަމެއް ކަމަށާއި މައުލޫމާތު ފެތުރުމާއި، ޝައްކުތައް ކުޑަކޮށް، ދެ ގައުމުގެ ދެމެދުގައި ވިސްނުން އިތުރުކޮށް، އެކުވެރިކަން ބަދަހިކޮށް، ސަގާފީ މުއާމަލާތްތައް ކުރިއެރުވުުމުގައި މުހިންމު ދައުރެއް މީޑީއާއިން އަދާކުރާ ކަމަށެވެ.

މީގެއިތުރުން ދިވެހި ނޫސްވެރިންނަށް ތަމްރީން ފުރުސަތުތައް ފަހިކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ޕޕމ އަދި ޕނސ ވަރަށް ފޯރިހުންނާނެ ތިކަމާ

    • ރަން ރީނދޫ

      އެއްވެސް ގައުމަކުން އެއްބަސް ނުވާތީ ސަލާން ޖަހަނީ. ގެރި ބޮޑު ބޭބެ ކައިރީ ވެސް އެދުނު. ޕާކިސްތާނަށް ވެސް އާދޭސް ކުރި. މި ސޮހޮލު ސަރުކާރުގެ ފޮރިން ޕޮލިސީ ފެއިލްވެފަ އޮތް ވަރު މިކަމުން އެނގޭ.

      • ޓނ

        ޕްރިޒަންސް ގެ ފަރާތުންވެސް ވާނެ މީހަކު ފޮނުވަން. ލޮލް

  2. ޢ

    މައިސަރުކާރުން ތިޔަކަން ހުއްޓުވާނެ