ހދ.ކުޅުދުއްފުށި ސިޓީގެ ކުނި ކޮށްޓަށް ޖަމާ ކުރެވި އެތައް އަހަރެއްވީ ކުނިފުނި ސާފު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ބުނެފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ލަފާ ކުރެވޭ ގޮތުގައި އެ ކުނި ފުނީގައި އެކި ބާވަތްތަކުގެ 100،000 ޓަނަށް ވުރެ ގިނަ ކުނި ހިމެނޭ ކަމަށެވެ.

ކުނީގެ މައްސަލައަކީ ކުޅުދުއްފުއްޓަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެކެވެ.

ކުނި ފުނި ސާފުނުކުރެވި ހުރުމުގެ ސަބަބުން ދިމާވާނެ އާންމު ސިއްހީ މައްސަލަތަކުން ސަލާމަތް ވާން އެ ސިޓީގެ ރައްޔިތުންނަށް ޖެހިފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.

މިއީ މިކަންކަން ހައްލު ކުރުމަށް އެންވަޔަރަމަންޓު މިނިސްޓްރީން ވެމްކޯ އާ ގުޅިގެން ހިންގާ ޚާއްސަ މަސައްކަތެކެވެ.

ދެހާސް އެކާވީސް ވަނަ އަހަރުން ފެށިގެން މި ކުނިކޮށި ބެލެހެއްޓުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ ވެމްކޯ އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މެހި ސައުދު

    ހަވަރު ތިނަދޫގައި ކުންޏަށްވުރެ މެހިގިނަ. ރަށުގެ ވެރިޔަކަށް ހުރީ މެއްސެއް އެހެން ވީމާ މެހި އުޅެނީ ކުނިކޮށީގެ މޭޔަރުކަން ނުލިބިގެން