ސ. ފޭދޫން، ފާތުމަތު ސައުޝަން އަލީ

އައްޑޫ ސިޓީއަށް އަޅާލައި އެހީތެރިކަން ފޯރުކޮށްދީ އެ ސިޓީ ތަރައްގީކޮށް ދިނީ އެމްޑީޕީ ސަރުކާރުން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ފޭދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ފޭދޫގައި ބޭއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ޖަލްސާގައި ނިހާދު ވިދާޅުވީ އައްޑޫ ސިޓީގެ ތަރައްގީގެ ބާނީއަކީ ރައީސް ސޯލިހް ކަމަށެވެ.

އައްޑޫ ސިޓީގެ ރައްޔިތުން ތަރައްގީއަށް އެދި ފެންބޮވައިގެންފައި ތިބޭތާ އެތައް އަހަރެއް ވެއްޖެ ކަމަށާއި ސުވާދީބު ސަރުކާރު އުފެއްދީތީ އޭގެ ފަހުން އައި އެއްވެސް ސަރުކާރެއް އައްޑޫއަށް އަޅައެއް ނުލާ ކަމަށް ނިހާދު ވިދާޅުވިއެވެ. އެހެން ސަރުކާރުތަކުން ތަރައްގީގެ ވާހަކަތައް ދެއްކުން ނޫން ކަމެއް ނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފޭދޫގައި ބޭއްވި ރައީސް ސޯލިހްގެ ކެމްޕެއިން ޖަލްސާ.

" އައްޑޫއަށް އަޅާލައި އެހީތެރިކަން ފޯރުކޮށްދީ، ތަރައްގީ އެއީ ކޮން އެއްޗެއް ކަން ބުނެދިނީ އެމްޑީޕީން. މިއަދު ރައީސް ސޯލިހްގެ އެމްޑީޕީގެ ސަރުކާރުން ގެންދަވަނީ ތަރައްގީއަކީ ކޮން އެއްޗެއް ކަން ބުނެދެމުން." މި މަހުގެ 28 ގައި އޮންނަ އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ސޯލިހް ފަޅީގައި ހުންނެވި ނިހާދު ވިދާޅުވިއެވެ.

"ރައީސް ސޯލިހް އައްޑޫއަށް ތަރައްގީ ގެނެސްދިނުމަށް މަސައްކަތް ފެއްޓެވީ 2018 ވަނަ އަހަރު. ފެއްޓެވީއިރު އޮތީ އޭރުގެ އަނިޔާވެރި ސަރުކާރުން މަޖިލީހުގައި ހަދާފައި އޮތް ބަޖެޓެއް. ތަރައްގީގެ ބަޖެޓެއް ފާސްކުރެވުނީ 2019 ވަނަ އަހަރު. އެ ބަޖެޓާ އެކުގައި ނިކުމެގެން މަސައްކަތް ފެށީ. ދެން ކުރިމަތިވީ ކޮވިޑާ."

ނިހާދު ވިދާޅުވީ ރައީސް ސޯލިހްގެ ތަރައްގީގެ ޕްލޭނާ އެއްގޮތަށް ބަޖެޓެއް ފާސްކޮށްގެން އަމަލު ކުރެވުނީ އެއް އަހަރުގައި ކަމަށާއި އެ އެއް އަހަރުގެ ތެރޭގައި އައްޑޫ ސިޓީއަށް ރައީސް ވަނީ ބަދަލުތަކެއް ގެންނަވަން ފައްޓަވާފައި ކަމަށެވެ.

ރައީސް ސޯލިހް، އައްޑޫ ސިޓީ އަށް ކޮށް ދިނީ ކޮން ކަމެއްތޯ އިދިކޮޅު ފަރާތްތަކުން ސުވާލު ކުރާ ކަން ފާހަގަ ކުރައްވައި ނިހާދު ވިދާޅުވީ އެހެން އެ ފަރާތްތަކުން ސުވާލު ކުރާ އިރު ރައީސް ވަނީ އައްޑޫ ސިޓީ އަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވާފައި ކަމަށެވެ.

އަދި އެ މަސައްކަތްތައް ލޮލަށް ފެންނަން ހުރި ކަން ނިހާދު ފާހަގަ ކުރެއްވިއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ހުސޭނުބޭ

    އާސަންދައިން މީނަގެ ދެލޮލަށް ބޭސްކޮށްދީބަލަ އެންމެ ފުރަތަމަ

    39
    • އައިމަން

      ހަލާކުވެފަރިހުރި އެއްޗަކަށް ބޭކާރު ޚަރަދެއް ކުރާނެ ކަމެއް ނެތް. ދެންވެސް ލޮލަށްފެންނަ ހެޔޮވިސްނާ މީހަކު ހޮވަންވީ އޭރުން މިކަހަލަ ވާހަކަ ނުދައްކާނެ މީހުން...

  2. ރޔތ މހ

    ހަކުރުދެންޏާ ބޮޑުބޭބެ.............

    33
  3. Anonymous

    ތަލަބޮލާ ދެލޮލަސް ކަޱޮދީ؟؟ތަށްއަކުރުނިއެގޭހެދި ތެހުށިހެއިހޮޅި ހޮއްލަނީ. މަޖްލިސް ޖަލްސާކިޔަސް އަދި ދުވަހަށް އެއްވެސް އޮއްޓަރައްހިށި ވާހަކާއްނިދައްކައި!!

  4. ދަރަނި ދަންތުރަ

    މިއީ މަސްތުވާތަކެތި ބޭނުން ނުކުރިޔަސް ޗޯރު އިބުރާހިމް އާހެދި މަސްތުވެފައި ހުއްނަ ބުރާންޗެއްދޯ ، މީނަގެ ދެލޮލަށް މިހިރީ ތެޅިރީނދޫ އެޅިފައި

  5. އަލީ

    ވޯޓަށް އަައްޑޫ މީހުން ހެއްދުން

    10
  6. ދޮންސޮރު

    ދެލޮލެ މޮހަރައް ޖަހަފެއި ހިށި މީހައް މި ނާހިދު އަކީ

  7. އަލިމުތް

    އަންދާ އަޅިއަށް ވެސް ހެދީ ހަމަ އެބައި މީހުން...ތި ވާހަކަ ދައްކާ މީހުން އަވައިގަ ޖައްސައިގެން.

    10
  8. މުހައްމަދު

    ދެ އައިނު އެޑަ ކަލޯ

  9. ޢަލީ

    އެއީ ކޮންކަމެއް؟ ބިންކީ ރައީސް ޔާމީނުގެ ވެރިކަމުގައި ލިންކްރޮޑް ހެދީ މައުމޫނު ޕޯޓްހެދީ މައުމޫނު ހުޅުދޫ މީދޫ ބޮޑު ބަނދަރު ހަދަންފަށައި މަސްފެކްޓްރީ ގާއިމުކރަން ފެށީ ޔާމީނު އެއަރޕޯޓް ބޮޑުކުރީ ޔާމީނުވެރިކަމުގައި މިހެންގޮސް ކިޔާނެކަމެއްނެތް އެނގޭ މީހުންނަށް ރަނގަޅަށް އެނގޭނެ. ހަމައެކަނި ސިޓީ ވިއްކާލުން އެކަނި މި ސަރުކާރުންކުރީ

  10. ނަސީމް

    ނިހާދު ބޭކާރު އަނގަނުތަޅުވާ