މިއަދު މެންދުރު ފަހު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި، މިއަދު މެންދުރު 14:00 އިން 16:00 އަށް މާފަންނުގެ ޖަވާހިރުމަގާއި، ނަސީމީ ހިނގުން، ދަކަދާ މަގު، މިރިޔާސް މަގުގެ އިތުރުން މުއިވެޔޮ ގޯޅިއާއި ގުލްހަޒާރު ގޯޅިން ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ސްޓެލްކޯއިން ވަނީ މި ވަގުތުތަކުގައި ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މާފަށް އެދިފައެވެ.

މީގެ ކުރިންވެސް މިފަދަ މަސައްކަތްތައް ކުރުމަށް ސްޓެލްކޯއިން ކަރަންޓު ކަނޑާލައެވެ. ނަމަވެސް ކަރަންޓު ކަނޑާލުމުގެ ކުރިން އެކަން އާންމުކޮށް އިއުލާންކުރެއެވެ.