ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް ތާއިދު ނުކުރާތީ މަގުމަތިން ބިރުދެއްކުން އިތުރުވަމުން އަންނަ ކަމަށް އައްޑޫ، ފޭދޫ ދާއިރާގެ މަލިޖިސް މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ނިހާދު މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ އާއިލާއާ މިހާރު މަގުމަތިން ދިމާކުރާ ކަމަށް ބުނެ އެމްޑީޕީގެ ސޯޝަލް މީޑިއާ ގްރޫޕެއްގެ ސްކްރީ ޝޮޓަކާ އެކީ ފައްޔާޒް އިއްޔެ ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ.

އެގޮތުން ނިހާދު ވިދާޅުވީ، ރައީސް ނަޝީދަށް ތާއީދު ނުކުރާތީ މަގުމަތިން ފޮށުމާއި ބިރުދެއްކުން އިތުރުވަމުން އަންނަ ކަމަށެވެ.

"އިދިކޮޅު ޕީޕީއެމް މީހުންނަށް ވުރެ ގޯސްވީމަ ދެރަ. ރައީސް ސޯލިހު ވަޑައިގަންނަވާ ރަށްރަށުގައި ޕީޕީއެމަށް ސަޕޯޓް ދީގެން މަސްލަހަތު ނަގާލަން މަސައްކަތްކުރާކަމުގެ ހެކި މިއަދު ފެނުނު. ވަރަށް ލަދުވެތި." ނިހާދު ކުރެއްވި ޓުވިޓުގައި ވިދާޅުވިއެވެ.

ނިހާދުގެ ޓުވިޓުގައި ޕީޕީއެމަށް ސަޕޯޓް ދީގެން މަސްލަހަތު ނަގާލަން މަސައްކަތް ކުރި މަންޒަރު ފެނިގެން ގޮސްފައިވާ ކަމަށް ބުނެފައިވާއިރު، ރައީސް ސޯލިހު އިއްޔެ އައްޑޫއަށް ވަޑައިގަތުމުން ޕީޕީއެމް ސަޕޯޓަރުން ކުރި މުޒާހަރާ ފުލުހުން ވަނީ ބާރުގެ ބޭނުން ކޮށްގެން ހުއްޓުވާފައެވެ.

މިމުޒާހަރާ ފުލުހުން ހުއްޓުވާފައިވާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމާއި އެކީ އައްޑޫގެ ބައެއް ރައްޔިތުން އަންނަނީ ހުއްޓުމެއް ނެތި މުޒާހަރާ ކުރަމުންކަން ފާހަގަ ކޮށްލެވެއެވެ. ނަމަވެސް ފުލުހުން އެކަން ބާރުގެ ބޭނުން ކޮށްގެން ހުއްޓުވާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނޮވެމްބަރު 3

    އިބޫއައް ތާއީދުނުކުރާތީ ސުލްހަވެރި އެއްވުންތަކުން 70 އަހަރުގެ އަންހެނުންވެސް ހައްޔަރު ކުރަނީ. އައްޑޫގަ ވެސް އިއްޔެ ޕެޕާ ސްޕްރޭ ޖެހި.

    16
    1
  2. Anonymous

    ނިހާދުމެން ބަލިވާނެކަން ޔަޤީންވީމާ މޮޅެތި ވާހަކަ ދައްކާތި!

    17
    1
  3. ބަނޑާ

    ބޯންޖެހޭނެ ބޮވެންޖެހޭނެ.

  4. ފޭކު

    ހުސް ފޭކު ސިމްޕަތީ ގޭމް ޗީ

  5. ބޮއްޅޮހުއްތުދީދީ

    ނަސީދުތައްޕާހުން މަޖިލިސް ގޮނޑިއަށް އަރާތިއިނީ މިއަދު ސަރުކާރުން ކޮރަޕްޓް ލާރީގަ ޖެހިގެން ސުލޯލިހު ކޮޅަށް އަރާއިގެން އުޅޭކަން އެންމެނަށްއިންގޭ،،،، ތީއައްޑޫގަ އެއްވެސް ސަޕޯރޓެއް އޮތްމީހެއްނެތް،، މީހަކު ބިރުދައްކަން އުޅެޔޭ ކިޔާފަ ސަމާލުކަން ހޯދަން އުޅެނީ

  6. އަފީފު ދިއްދޫ

    ނިހާދަށްތޯ ބިރުދައްކަނީ ރޯ ބުހުތާނު ދޮގު ބޮޑުސިންގާ ފިރަހެނަކަށްވެހުރެ ދައްކަންވާނެތޯ