ޖުމްހޫރީ ޕާޓީން މި އަހަރުގެ ރިޔާސީ އިންތިހާބާ މެދު ގޮތެއް ނިންމާނީ އަންނަ މަހުގައި ކަމަށް އެ ޕާޓީން ބުނެފިއެވެ.

ޖޭޕީގެ ތަރުޖަމާނު އަލީ ސޯލިހް "ވަގުތަށް" ވިދާޅުވީ އެ ޕާޓީން ރިޔާސީ އިންތިހާބާ މެދު އަދި ގޮތެއް ނުނިންމާ ކަމަށެވެ.

އަންނަ މަހުގެ ތެރޭގައި ޖޭޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި އެކަމާ މެދުގައި ގޮތެއް ނިންމާނެ ކަމަށް އަލީ ސޯލިހް ވިދާޅުވިއެވެ. އިންތިހާބާ މެދު ގޮތެއް ނިންމާނީ އެ ޖަލްސާގައި ހޮވާ އާ ކައުންސިލުން ކަމަށް އޭނާ ވިދާޅުވިއެވެ.

ޖޭޕީއަކީ މިހާރުގެ ސަރުކާރުގެ ކޯލިޝަން ބައިވެރިއެކެވެ. އެ ކޯލިޝަނުގައި ހިމެނެނީ އެމްޑީޕީ އާއި ޖޭޕީ އާއި އަދާލަތުގެ އިތުރުން އެމްއާރްއެމްއެވެ.

ޖޭޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރު ކަމަށް އޮވެއެވެ. އެ ޕާޓީގެ ލީޑަރު ގާސިމް އިންރާހިމް ވަނީ 2008 އަދި 2013 ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވައިފައެވެ.

ގާސިމް ވަނީ 2008 ގެ ރިޔާސީ އިންތިހާބުގައި 27،000 އަށް ވުރެ ގިނަ ވޯޓު ހޯއްދަވައިފައެވެ. އަދި 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި 50،000 އަށް ވުރެ ގިނަ ވޯޓު ހޯއްދެވިއެވެ. އެކަމަކު، މިއިން އެއްވެސް ރިޔާސީ އިންތިހާބެއްގައި ދެވަނަ ބުރަށް ދެވޭ ވަރަށް ގާސިމަށް ވޯޓު ހޯއްދެވިފައެއް ނުވެއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބު އަންނަ ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު އަދި ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ، ސެޕްޓެމްބަރު 30 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ނިންމައިފައެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބުގެ ސްލޯގަންއަކީ "މަގޭ ވިސްނުން، މަގޭ ވޯޓު" މި ސްލޯގަންއެވެ. ހޭޝްޓެގެއްގެ ގޮތުގައި ބޭނުން ކުރަނީ "ވިސްނުން23" މިއެވެ.

ރިޔާސީ އިންތިހާބުގައި ވޯޓު ލެވޭ މީހުންގެ ރަޖިސްޓްރީ އާންމު ކުރާނީ މެއި ދޭއްގައެވެ. ވޯޓުލެވޭ މީހުންގެ ރަޖިސްޓްރީ އަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތަކީ 30 ދުވަހެވެ. ރީ ރަޖިސްޓްރޭޝަންގެ ގޮތުގައި 16 ދުވަސް އޮންނަ އިރު، އެ މުއްދަތަކީ 16 ޖުލައި އިން ފެށިގެން އޮގަސްޓް ފަހަކާ ހަމައަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. އިބްރާ

    މިމަހު އޮންނަ އެމްޑީޕީ ޕްރައިމަރީއަށް ބަލަން މަޑުކޮށްލީ ގާސިމްދޯ އިބޫ ހޮވިއްޖިއްޔާ ކުރިންވެސް އޮތް ގޮތަށް ސަރުކާރުގައި އެލިގެން ތިބޭނީ އަދި އަންނި ހޮވިއްޖިއްޔާ އަދާލަތު ހަދާހެން ބައިގިނަ ކޮޅަށް ވަންނަން ފޫގަޅާނީ ކޮންމެ ގޮތަކަށް ކަންވިއަސް ކޮންމެވެސް ބައެއްގެ ލިބާހުގައި އެލިގެން ނޫންގޮތެއް ނެތް މޫދުގައި އުޅޭ މިޔަރާއި މަންތާ ރޭއި ގެ ބަނޑުދަށުގައި ތަތްކޮށްގެން ތިބޭ އައްޓަމަސް އުޅޭ ގޮތަށް އުޅުނީމާ ކާން ފަސޭހަވާނެ

    31
    • ވިސްނާލުމަށް އެދެމޭ

      އަނެއްކާވެ ސް ބަޔަކު މުއް ސަދިވާން ފުރު ސަތުހޯދަނީ...ކޮއްމެ 5އަހަރަކުން އެއްފަހަރު ބަޔަކު މުއް ސަދިވޭ ގާ ސިމުގެ ހަދިޔާފޮށިން...ރިޝްވަތާ ދެކޮޅުކަމަށް ހުރިހާ އެއްމެން އަޑުއުފުލާ އެކަމަކު ވޯޓުވިއްކާއިގެން ހޯދާ ފައި ސާއާ ހަދިޔާ ރިޝްވަތަށް ނުވަނީކީއްވެ..ކޮއްމެ އެއްޗެކިޔާފަ ގާ ސިމާ ނާޒިމާ އުމަރާ ސަންޝިޔާމާ ދެންވެ ސް ވެރިކަމާހެދި މަރުފަލިޖަހާ މީހުންނަ ރައްޔިތުން ނޫނެކޭބުނަންޖެހޭ..ގައުމު މިހި ސާބަށް ދަށަށްވެއްޓި އަޅުވެތިވީއިރު ފިލާތިބެފަ 2023އަށް ނުކުމެ ވޯޓަށް މޮޅުވާހަކަދައްކަން ފުރު ސަތުދީގެންނުވާނެ..

  2. ޙަނދުކޭތަ

    ކަލޭ ހުރޭ ޅަކުދިންނާ އިނދެފަ ވެރިންގެ އަތްދަށުން އެއްޗެހި ދަމަން ދަހި ސާދާގަރު މުއްސަނދިވެގެން މިއުޅެނީ މިގިތައް އެއްޗެހި ދަމައިގެން 2023 ގަ ލައްކަ އެއްޗެހި ދަމާނެކަމައް މި ބަލަނީ

    32
  3. ގަލަން

    ލަފާ ކުރެވޭގޮތުން އަންނަ މަހު ޖޭޕީން ގޮތެއް ނިންމަން އެއުޅެނީ އެމްޑީޕީ ޕުރައިމެރީގަ އިބޫ ބަލިވެއްޖެޔާ ރިއާސީ އިންތިހާބައް ނިކުންނަން ވެގެން އިބޫ އައް ކާމިޔާބު ލިބިޖެއްޔާ ކޯލިސަން ހަދަން އޭރުން ޤާސިމައް ފުޅުތަކާ އެތައް ކަމެއް ނުގަވައިދުން ލިބާނެތި އެއުޅެނީ ގާސިމް މާބޯ ބޮޑުވާނެ ތިއުޅޭ އެންމެންނައް ވުރެ ޔާމީނާ ނުކުޅެވޭނީ

    24
  4. އެކުވެރި

    ބޭފުޅާ ، މީހިން ގުނބޯހެއްދިޔަ ނުދޭތި . . ތިހުރި ގޮތަށް ކޯލިޝަންގަ ހުންނަވާ . . ވެރިކަމަށް ކުރިމަތި ނުލާތި

    22
    1
  5. އަޙުމަދު

    ޖޭޕީގައި ނަގާ ކިޔަން ގިނައިން ތިބީ އެމްޑީޕީ ވިސްނުމަށް ބުރަވާ މީހުން އެހެންކަމުން ޖޭޕީން ވަކިން ކެނޑިޑޭޓް އަކު ނެރުމުގެ ބަދަލުގައި ޤާސިމް އަށް ރަނިންމޭޓް ކަން ލިބޭގޮތަށް ސަރުކާރުގެ %30 އިންސައްތަ ލިބޭގޮތަށް އިބްރާހީމް އާއި ކޯލިޝަން ހަދަން ފާސް ކުރުން ގާތީ، އަދި ދެވަނަ ބުރަށް ދާންޖެހިއްޖެ ނަމަ ، ނާޒިމް ތާއީދު ލިބޭނެ ކޯލިޝަން އަށް އެހެންކަމުން ފުރަތަމަ ބުރުގައި ކޯލިޝަން ހަދާނެ ކަމަށް ފެންނަނީ، އަދާލަތާއި، ޖޭޕީ އާއި، އެމް އަދި އެމް އާއި އިބްރާހިމް އެވެ. ދެވަނަބުރު ގައި، ސަންސިޔާމް އާއި ނާޒިމް އާއި ޢުމަރު އާއި އެކު ކޯލިޝަން ހަދާނެ ކަމަށް ބެލެވެނީ، މިހާލަތުގައި ކޯލިޝަން ނެހެދިޔަސް މި މީހުން ނަޝީދަށް ނުވަތަ ޔާމީން އަށް ތާއީދު ނުކުރާނެ އެހެންކަމުން ކޯލިޝަނުން ހިއްސާ އެއް ނުދިނަސް ކުރާ ކަމެއް އެފަރާތްތަކަށް ނޯންނާނެ.

    17
  6. ޙ މ ޒ

    50،000 އަށް ވުރެ ގިނަ ވޯޓު ހޯއްދެވިއެވެ. އެކަމަކު، މިއިން އެއްވެސް ރިޔާސީ އިންތިހާބެއްގައި ދެވަނަ ބުރަށް ދެވޭ ވަރަށް ގާސިމަށް ވޯޓު ހޯއްދެވިފައެއް ނުވެއެވެ.

    22
  7. ނަން

    5% ލިބޭނެ ކަމަށް އުއްމީދު ކުރަން

    21
    1
  8. އއ

    މިސްޓަރ ޖޭޕީ.!!!!! ޔޫ އާރ ދަ މޮސްޓް ބިގް ކޮރެޕްޓް ޕާސަން އިން ދިސް ކަންޓްރީ.

    30
  9. އަލީ

    ކާކުވޯޓްދޭނީ ތިއެނބުރޭ ދެތިންމީހުން ވޯޓްދިނީމާ ދިވެހިރާއްޖޭގެ ރައީސުލްޖުމުހުރީއްޔާގެ މަގާމުލިބެނީތޯ ލިބޭނަމަ ވޯޓެއްލާނަމަތިނަންއޮވޭ ކޮންމެފަހަރަކުވެސް ލިބެނީ 0000000 ލަދުގައްނަ ބައެއްނަމަތިބޭނީ ގޭގަ ނޫނީވެއްދިގޮލީގަ ކޮއްމެފަހަރަކު ހަރާމްބަގާވަތެއްކޮއް ވެރިކަމާނުތޮޅި މިތާރައްޔިތަކައްވެރިކަމެއްކޮއްނުދެވޭ ރައީސަކައް މިބައިގަނޑާހެދީ

    10
  10. އަލީ

    ސޯލިހު ދެކެ ބިރުން ނެގި ޑިސިޝަނެއް.

  11. Anonymous

    ތިކުޅެން އުޅޭ ކުޅިގަޑު އެއްމެ ކުޑަކުއްޖާއަށްވެސް އެގޭނެ. އިތުރަށް ﷲ އިރާދަކުރެއްވިއްޔާ ތިހަދަން އުޅޭއެތިން ކާމިޔާބު ނުވާނެ.

  12. އަލީ

    ގޮތެއް ނުނިންމިއަސް އޯކޭ !!!

  13. ވާނުވާބެ

    އަންނަ އަހަރު ގޮތެއް ނިންމަން މަޑުކޮއްލާ

  14. ހުސައިން މަނިކު

    ތިޔަ ޕާޓީ އަކީ ރާއްޖޭގެ ސިޔާސީ އަދި އިޖްތިމާއީ ފޭރާން ހަލާކުކުރި ޕާޓީ، ސިޔާސީ ރަންޑިންގެ ޕާޓީއެއް، ގައުމު ދަވާލަން ފައިނަގާގެން ހުންނަ މަހުޖަނުގެ އަމިއްލަ ވިޔަފާރި ކުރިއަރުވަން ސިޔާސީ ޕާޓީތަކާއި އެއްބައިވެ ވެރިކަންތައް ހަރާބު ކުރާ ޕާޓީ

    12
  15. އާދަނާ

    ޖޭޕީއަށް ސޮއިކޮށްފަނުވާ އެތައްްރައްޔިތުންނެއް އިލެކްޝަން ދަފުތަރުން އެބަފެނޭ ޖޭޕީގެ މެންބަރުންގޮތުގަ، މީކިހިނެއްވާ ކަމެއްތޯ ބަލަން އިލެކްޝަނުންއެބަޖެހޭ! އަޅުގަނޑަކީ ޖޭޕީއަށް ސޮއިކުރިމީހެއްނޫން އެކަމަކު އަޅުގަނޑުގެވެސް ނަންއެބައޮތް ޖޭޕީގަ، އަދި އަޅުގަނޑު ދަންނަށް އެތައްބަޔަކަށް މިކަންދިމާވެފައެބަވޭ!

  16. ޒާ

    ގާސިމަކީ އަމިއްލަ އެދުމުން ފޯވެފައިވާ އިމްރާންފަދަ މީހެއް. ގާސިމްގެ އަނބިގޮއްޔަށް މިނިސްޓަރުކަން އެބައޮތް. ގާސިމަށް ދައުލަތުގެ ބަޖެޓުން ބަދަލޭ ކިޔާފައި އިބޫވަނީ އެތައް މިލިއަނެއް ދީފަ. މިހާރުވެސް އެތައް ފަޅަކާއި ރަށެއް ހިތަކަށް ލިބޭ. ދެންކޯއްޗެއް ހޯދަންއިތުރަށް. ރައްޔިތުންގެ ލޯބިމިހާރު ގާސިމަށް ނުހޯދޭނެ. ވީމާ ދެންވެސް ތާހިރުވާނީ އިބޫފަހަތު ކޯލިސަންގަ އެލިގެން އޮތިއްޔާ.

  17. ޖަމީލާ

    ވަރިހަމަ ގޮތެއް ނިންނިޔަސް ނުނިމިޔަސް. މާ މުހިންމެއް ނޫން ކަލޭމެންނެއް. ފެނުނަސް ފޫހި

  18. މާމިގިލި ކޮއެ

    ގާސިމޫ ތީބޭކާރުކަމެއް. މިހާރު ރިސޯޓްއަކުންވެސް 100 ވޯޓް ނުލިބޭނެ މީހަކު ނޫޅޭ ވެރިކަންދޭކަށް ކައިރީގަ ގެންގުޅޭ ދެތިންމީހުން ވޯޓްލިބޭނޭ ކިޔާގެން ގުބޯ ހައްދަނީ، މީ ވަރަށްގިނަ ވާހަކަ.