ކުރީގެ ރައީސް އަބްދުﷲ ޔާމީންއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވުރެ ތަންދޮރު ދަންނަ، ވިޝަނެއް ހުންނެވި ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

މި މަހުގެ 28 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ނަޝީދު ނޫސްވެރިންނާ ބައްދަލު ކުރައްވާ ވިދާޅުވީ ޔާމީން އާއި ޕީޕީއެމްއާ ދޭތެރޭގައި އޮތް ހަމައެކަނި ހިޔާލު ތަފާތުވުމަކީ "އިންޑިއާ އައުޓް" ކަމަށް ވިދާޅުވެ، އަވަށްޓެރި އިންޑިއާއާ ދެކޮޅަށް ކެމްޕެއިން ކުރައްވަމުން ގެންދަވާތީ ކަމަށެވެ.

އަދި ޕީޕީއެމާ މެދުގައި އެއްވެސް ރުޅިވެރިކަމެއް ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި ޕީޕީއެމްގެ ގިނަ މެމްބަރުންނާ ބައްދަލު ކުރެއްވި އިރު، ގިނަ ގޭގެއިން "ސައި ތައްޓެއް" ވެސް ދީ ހަދާފައިވާ އިރު، ފުށުއަރާ އޮތީ އެންމެ މައްސަލައެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެ މައްސަލަ އަށް ޕީޕީއެމް އިން ހައްލެއް ހޯދައި ދޭނެ ކަމުގެ އުންމީދު އޮތް ކަމަށް ވިދާޅުވިއެވެ.

"ދެން އަޅުގަނޑަކަށް ނޭނގެ ރައީސް ޔާމީން މި ޕްރެސް ކޮންފަރެންސް އަޑު އައްސަވާނެ ކަމެއް. އަޅުގަނޑު ވަރަށް ބޮޑަށް އެދެން ރައީސް ޔާމީން އަރިހުން ފުންކޮށް ވިސްނަވާށޭ." ނަޝީދު ވިދާޅުވިއެވެ.

އޭގެ ފަހުގައި ނަޝީދު ވަނީ ޔާމީނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފައެވެ.

"ޔާމީންއަކީ އިންޓަލެކްޗުއަލް ބޭފުޅެއް، އެކަޑެމިކް ބޭފުޅެއް، ތަންދޮރު އެނގިވަޑައިގަންނަވާ ވިޝަނެއް ހުރި ބޭފުޅެއް. އަޅުގަނޑު ނުދެކެން އެއީ އެހާ ތަފާތު ބޭފުޅެއްގެ ގޮތުގައި" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މެދު އެގޮތަށް ދެންނެވެން ނޯންނާނެ ކަމަށެވެ.

"އަޅުގަނޑަކަށް ނުދެންނެވޭނެ މިހާރުގެ ރައީސް އެގޮތަކަށެއް،" ނަޝީދު

ޔާމީނާ މެދު އޮތް ހަމައެކަނި ހިޔާލުތަފާތުވުމަކީ "އިންޑިއާ އައުޓް" ކަން ފާހަގަކުރައްވައި ނަޝީދު ވަނީ މި ކެމްޕެއިން ހުއްޓާލުމަށް ޕީޕީއެމާއި ޔާމީންގެ އަރިހުގައި ތަކުރާރުކޮށް އެދިވަޑައިގެންފައެވެ.

ނަޝީދު ވަނީ ޕްރައިމަރީގެ ކެމްޕެއިނަށް ރަށްރަށަށް ވަޑައިގަތުމުން ޕީޕީއެމްގެ މެންބަރުން ދެއްވާ ތަރުހީބަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވައިފައެވެ.

އެމްޑީޕީގެ ޕްރައިަމަރީގައި ނަޝީދު ވާދަކުރައްވަނީ ރައީސް ސޯލިހާއެވެ. މި ދެ ބޭފުޅުން ވެސް ގެންދަވަނީ ވަރަށް ވާދަވެރި ކެމްޕެއިނެއް ކުރައްވަމުންނެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުން އެއް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ގަބޫލު ކުރައްވައި އެ ފައިސާ ލޯންޑާ ކުރިކަން ސާބިތުވެ އެ މަނިކުފާނު 11 އަހަރަށް ޖަލަށް ލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު 25ގައެވެ.

ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑްރިން ދައުވާ ސާބިތުވުމާ ގުޅިގެން އެމަނިކުފާނު ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ކ. މާފުށީ ޖަލުގައެވެ.

ގއ. ވޮޑަމުއްލާގެ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވެ ޔާމީނަށް އިއްވި ފަސް އަހަރުގެ ހުކުމާ ގުޅިގެން އެމަނިކުފާނު ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި އޮންނެވިއެވެ. ޔާމީން ޖަލުގައި އޮންނެވުމަށް ފަހު، ސުޕްރީމް ކޯޓުން ޔާމީން މިނިވަންކޮށްފައި ވަނީ ދެ އަހަރު ފަހުން 2021 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. މަރީ

    ދީނައްފުރައްސާ ކުރުމުގައި ޔާމިނުއާއި ތީހަމަ އެކައްޗެއް

    13
    99
    • ޙައްގުބަސް

      އަމިއްލަ ދުލުން ރައިސް ޔާމީންގެ ހަގީގަތް ތިހާމަކުރީ!! ކަލޭމެން އެންމެނާ ރައިސް ޔާމީން ތަފާތުވާގޮތް ތިކިޔާ ދިނީ!! ޔާމީނަކީ ތަޢުލީމީ ގަބިލް ބޭފުޅެއް!! ވަރަށް ވަޠަނީ ބޭފުޅެއް!! ދީނަށް ލޯބިކުރާ ގައުމިއްޔަތު ދިރުވަން މަސައްކަތްކުރައްވާ ބޭފުޅެއް!! ގައުމު ތަރައްގީކޮށް ފުދުންތެރިކަން އިތުރުކޮށް ގައުމުގެ ބިނާކުރަން ގަދައަޅާ މަސައްކަތް ކުރެއްވި ބޭފުޅެއް!! ގައުމުގެ މިނިވަންކަމާ ސިޔާދަތު ދަމަހައްޓަން މަސައްކަތްކުރައްވާ ބޭފުޅެއް!! ގައުމުގެ ޚާރިޖީ ސިޔާސަތަކީ ގައުމުން ކޮންޓްރޯލްކުރާ ބަޔަކު ބޭނުންހާ ގޮތަކަށް “މޮޑެން ގެންގުޅޭ ފުއްގަޑަކަށް” ވިޔަނުދީ ގައުމަށް އެންމެ ފައިދާވާގޮތަށް ބައްޓަން ކުރި ބޭފުޅެއް!! ދެން ތިބި އެންމެންކީ ގައުމަށް ކޮންމެގޮތެއް ވަރިހަމަ ވެގެން އަމިއްލަ އަންބޮނޑި ބޮޑުކޮށް އޮންޑިޔާގެ އުނގަށް ރާއްޖޭގެ ޚާރިޖީ ސިޔާސަތު ވައްޓާލާފައިވާ މީހުން!! އިންޑިޔާއިން އެތައް ސަތޭކަ މިލިޔަން ޑޮލަރުގެ ލޯނު ނަގާ ހަމަ އެލޯނުން މަޝްރޫޢުތައް ހިންގަން އިންޑިޔާ “ކަސް” ތަނެއް ދޮރެއް ނޭގޭ ސްލޯ ކުންފުނިތަކާ ޙަވާލުކޮށްގެން ފެންވަރު ދަށްކޮށް މިރާއްޖޭގެ މަޝްރޫޢުތައް ހިންގުވާ ފައިސާތައް ކާލާ މަސައްކަތް ނުނިމި ދިގުލައި އެދަނިތައް ރާއްޖޭގެ ރައްޔިތުންގެ ބޮލުގައި އަޅުވާލާފައިވާ ބައެއް!! ނުވިތާކަށް މިރާއްޖޭގެ މިނިވަންކަމާ ސިޔާދަތު ގެއްލޭ ގޮތަށް މިރާއްޖޭ މުހިންމު ސްރެޓީކް ލޮކޭޝަން ތަކުގައި އިންޑިޔާ ސިފައިން ބައިތިއްބައިގެން އުޅޭ ބައެއް!! މިގޮތް ޕީޕީއެމަށް ރައިސް ޔާމީނަށް އަދި ދިވެހި ރައްޔިތުން ގަބޫލެއްނޫން!! 2023 ގައި ރައިސް ޔާމީން ނުވަތަ ޕީޕީއެމް ކެންޑިޑޭޓަކަށް ވޯޓްލައިގެން ނޫންގޮތަކަށް މިކަންކަން ބަދަލު ނުކުރެވޭނެ!! ދެން ނެތް ގައުމިއްޔަތު އިސްކުރާ ބައެއް!!

      97
      5
      • ލޮލް

        ތިޔަހުރިހާ ޝަރުތެއް ހަމަވެެގެން ދަސްވީ މޮޅަށް ވައްކަން ކުރަން. އެކަމުގަ ނަޝީދުއާއި ޔާމީނު ވަރަށް އެއްގޮތް. މިސާލަކަށް ވެލާނާގެއިން ……

        13
        67
  2. ހަގީގަތް

    ނަޝީދު ބުންޔަސް ތެދެއްވާނީ ތެދެކަށް

    107
    5
    • ނުނން

      އެހެންވެގެންދޯ ޑޮލަރުކޮޅެއް މާރުކޮށްގެން ގޮޅީގަ އެއިނީ........

      10
      74
      • ކޮވިޑް

        ތިބުނި ބުނުމުންވެސް ހަރާމް ހުކުމެއްކަން އެބަ ޤަބޫލް ކުރަން ދޯ ނުނން؟ ޝުކުރިއްޔާ.

        55
        2
    • ސަންގުއަޑު

      މީހަކު ނިކަމެތިވެ ފަލީހަވާނީ ތިހާކަންހާވަރައް
      ކާކުތޯ ނަސީދަށް ތާއިދުކުރާނީ ކުރިޔަސްކުރާނީ ހަމަ ވައްކަން އޯކޭމީހުން.

      3
      2
  3. ނަން

    ތިހުރިހާ ސިޔާސީ މީހުންނަށް ވުރެ ރައީސް ޔާމީން މާބޮޑުތަނުން ރަނގަޅު

    118
    11
    • ރިއަލިޓީ

      ފައިސާގެ ކަންތައް ނުހިންގާނަމަ މަވެސް ޔާމީނައް ވޯަޓު ދޭނެ

      19
      40
  4. ސުޕާ

    މިހާރު މިވީގޮތުން ހަވާސާގެ ބޭރުގަ މަޑުކޮށްލަން މިޖެހުނީ މިފަހަރު ޔާމީނަށް..

    2023 ގަ ވޯޓު ލެވޭގޮތް ވެއްޖެއްޔާ.. ޔާމީނު ނަގާނެ .. ކުރި ހޯދާނެ.

    54
    5
  5. އެނަމާ

    ތަންދޮރު ނުދަންނަ ވިޝަނެތް އުރަތްޕެއްނެއް ވެރިކަނކުރުމުގެ ވައްޓަފާޅި ނެތް ޑިމަކުރަސީގެ ރޫހެއްނެެތް ގަމާރަކީ ތިޔައީ އޭ ، ގަދަބާރުން ގާނޫނުން އިއްޒަތް ހޯދައިގެންހުރި އިއްޒަތްތރެޔާ

    26
    3
  6. ހިލްމީ

    ޢަހަރެން ހަމަ ކޮސްވެއްޖެ އިބޫ އާއި ޔާމީން އާއި ކޮމްޕެއަރ ކުރީމަ.
    ޔާމީނަށް ސަނާކިޔަނީ މޑޕ ގައި ތިބި ޕޕމ އާއި ޑޜޕގެ މެމްބަރުންގެ ތާއީދުހޯދަން.
    އިނގޭވިއްޔާ ދެން ޔާމީން ސަލާމަތް ނުވާނެކަން.

    9
    12
  7. އަލީ

    އެކަން އެނގި ހުރެ ސޯލިހު ކަހަލަ ރޯނު އެދުރަކަށް ޓިކެޓް ދިނީ ކީއްވެބާ؟

    41
    1
  8. Anonymous

    ރ.ޔާމީނުގެ އިންޑިއާ އައުޓު ކެމްޕެއިނަކީވެސް ރައްޔިތުންނާއި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ސަލާމަތްކުރުމައްޓަކައި އެމަނިކުފާނު ހިންގަވާކަމެކެވެ. އެމައްސައްކަތް ހުއްޓުމަށް ދުރުވިސްނޭ ހެޔޮވިސްނޭ ރައްޔިތަކު ގަބޫލެއް ނުވާނެއެވެ. އަވައްޓެރި އެހެންގައުމުތަކާއިވެސް އޮންނަ އެކުވެރިގުޅުން އިންޑިއާ އާއިވެސް ރ. ޔާމީނު ބާއްވައެވެ.މިގައުމުގެ އެކިއެކި ސަރަހައްދުގައި އިންޑިއާގެ އިމާރާތްތައްއަޅައި ސިފައިން ގާއިމުކޮށް ކަނޑާއި ފަޅާއި އެއާޕޯޓުން އެމީހުން ފައިދާނަގަމުންދާކަށް ދިޔެވިގެން ނުވާނެއެވެ.

    38
    2
  9. Anonymous

    ކިތައްމެ ވަރަކަށް ތަކުރާރުކޮށް އިންޑިއާއައުޓު ކެމްޕެއިން ހުއްޓާލާށެ އެއްވެސްމީހަކު ރ.ޔާމީނު ފައިބުޑަށްވެއްޓި އާދޭސްކުރިޔަސް އެކެމްޕެއިން ހުއްޓާކަށް މިގައުމުގެ ގިނަ ރައްޔިތުން ބޭނުމެއްނުވޭ، އެމްޑީޕީގެ ތިޔަ ލުއްޗާއިން ކޮންމެފަހަރަކު ރިޔާސީ އިންތިޚާބު ކާމިޔާބުކުރަން އިންޑިއާ ގެރިމޯދީ ސަރުކާރުން ރިޝްވަތުބަހަން ފައިސާފުންޏެއް ހޯދަނީ، އެދަރަނި އަދާކުރަން ގައުމުގެ އެއާޕޯޓާއި ކަނޑާއި އެއްގަމު ސަރަހައްދުތައްދީ އެމީހުންގެ ސިފައިން އައިސް މިގައުމުގައި ދިރިއުޅުވައި އިންޑިއާގެ ދަށުގައި މިގައުމު އަޅުވެތިކުރަމުންދާ ޖަރީމާ ހުއްޓުވަން ރޔާމީނު މަސައްކަތްކުރަނީ އެމަނިކުފާނު މިގައުމާއި ރައްޔިތުންނަށް ހެޔޮއެދޭ ބޮޑުކަމުންނެވެ.

    27
    3
  10. ކޮބަޑި

    ސޯލިހަކީ ވެރިކަމަށް ކުފޫހަމަވާ މީހެއްނޫން.

    40
    4
  11. އަލީ

    އިންޑިއާ އައުޓް

    39
    2
  12. ސްލޯ

    ކޮމްޕެއަރ ނުވެސް ކުރެވޭނެ ޔާމީނަކާ! ސޯލިހަކީ ޝާހިދާއި އިމްރާން ގެންގުޅޭ ޓޯއީއެއް! އިންޑިޔާގެ ޕަޕެޓެއް!

    40
    3
    • 2023

      ފާސްޓްވީމަ ތާދޯ. މިލިޔަނުން ކަޓުވާލާ، އަމިއްލަ ޓަވަރު އަޅާލެވޭނީ. އަދި ފާސްޓް ވީމަ ޗައިނާ ބްރިޖްގެ 2 ލޭން ގެއްލުނީވެސް، ފާސްޓްވީމަ 25 އަހަރަށް ވިއްކާފަ، 99 އަހަރަށް ކުއްޔަށް ދިނީވެސް.

      1
      9
  13. އައްމަޓީ

    ދެންސޯލިހުކަހަލަ މީހަކު ޤައުމުގެ ވެރިކަމަށްގެންނަށް ނަޝީދު ހުށައެޅީ ޤައުމަށް ހެޔޮނޭދޭތީނު. ނަޝީދުވާނީ ހަމަ ނަޝީދަށް، ނަޝީދެއް ޤައުމަކަށް ހެވެއްނޭދޭނެ. ދުވަހަކުވެސް

    26
    2
  14. ޖަމީލުދީދީ

    ކަލޯ ކަލެއަށްވުރެވެސް ޔާމީން މާ ގަދަވާނެ. ކީއްވެ ކަލޭ ނަން ނުލީ؟

    15
  15. ދިސްވޭ

    ރައީސް ޔާންޓޭ އިންޑިއާ އައުޓް ގޮވަނީ އޭގައި ދެ މަގްސަަދެއް އޮވެގެންނޭ އެއް މަގްސަދަކީ އެއީ ވަތަނީ ރޫހުދިރުވާ އަދި ގަައުމުގެ މިނިވަންކަމުގެ ޖޯޝް ގެނުވާ ރައްޔިތުންގެ ލޭކައްކުވާ ރައްޔިތުންގެ ތެރޭން ގިނަ އަދަދެއްގެ މީހުންގެ ބްލަޑް އެއީ ޔާންޓޭގެ ތިކް ބްލަޑް އަށް ހެދުމޭ ދެވަނަ މަގްސަދަކީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އިންޑިއާއިން ކުޅުނު ނެގެޓިވް ރޯލުން އެމެންނަށް ހިތުން ނުފިލާވަރުގެ ބަދަލެއް ހިފުމޭ ވެރިކަމަށް އާދެވުމުން އިންޑިއާ އިންވާނެއޭ އިޓްސް ދަވޭ މީ ސިޔާސީ ބަދަލު ހިފުމެކޭ އެކަމަކު ވެރިކަމަށް އައުމުން އިންޑިއާ ކުޑަ ކަކޫ ޖަހާ ރާއްޖޭން އިންޑިއާގެ ސިފައިން އަމިއްލަ އަށް ފައިބައިގެން ދާނެއޭ ޔާންޓޭ ވެރިކަމަށް އަތުވެއްޖެނަމަ އަދި މަމެން ޕިންކީން ވެރިކަމަށް އަތުވެއްޖެނަމަ މާލެ ސަރަހައްދުގައި ޗައިނާގެ ތިން މަނަވަރު ނޯންނާނެ ގޮތެއް އެއީ ނުވާނެ ކަމެކޭ...

  16. ބަހާރެކޭ

    އެކަމަކު ކަލޭތީ ހަމަ ކަލޭ ހަތް ފެނުލިޔަސް ކަލޭވާނީކަލެޔައް

    10
  17. ބާގާބަން

    ދެން ކޮންކަމަކާ ޔާމީނު ސަރުކާރުގަ އަދީބު ކިޔާ ފަންނި އެޅުވީ؟؟

  18. ބުމަރު

    މިސޮރު ޕީޕީއެމް އެކްޓިވިސްޓަކަށް ބަދަލުވެއްޖެ

    1
    2
  19. ބާގާބަން

    ކަލޯ ފޮށިތަންމަތި ހިފައިގެން ޕީ ޕީއެމް އަށް ދާނެ ފެނޭ

    1
    2
  20. މަޑުކޮށްލާ

    ބޯހިޔާވަހިކަމުގެ މައްސަލަ އެއް އަހަރުން ހައްލުކޮށްދޭނަން ކަމަށް އަންނި ބުނާނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ރަންރީނދުލޭ މެންނޭ މާލެ ސަރަހައްދުން ގޯތި ބޭނުންވާ ހުރިހާ ކުދިން ތައް ކަޑަތައް ހިފައިގެން ތައްޔާރަށް ތިބެންވީއޭ އަންނި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް އިބޫ އަތުން އުފުރާލައިގެން ކާމިޔާބު ކުރާ ދުވަހު ނޫން އަނެއް ދުވަހު ހުޅުމާލެ އަށް އަރަން ރަންކޮޅާ ތައްޔާރުވޭ ކަޑަތައް ހިފައިގެން ތައްޔާރުވޭ ތައްޔާރުވޭ މަޑުކޮށްލާ މަމެން ގޮވައިގެން ދާން މަޑުކޮށްލާ މަޑުކޮށްލާ މަޑުކޮށްލާ މަޑުކޮށްލާ މަބުނީ މަޑުކޮށްލާށޭ މަބުނީ މަޑުކޮށްލާށޭ މަބުނީ މަޑުކޮށްލާށޭ މަބުނީ މަޑުކޮށްލާށޭ ޔޭއް ޔޭއް ޔޭއް ޔޭއް ނަށާލާ ނަށާލާ ނަށާލާ ނަށާލާ...

  21. ޜަނާ

    ތަންދޮރު ނުދަންނާތީއެއް ނޫނެއްނު
    އަނިޔާވެރި ވެގެންްނު ވެެރިކަން ނުދިނީ އިބޫގެ ވާހަކަ ދައްކާއިރު ކަލެއަށްވުރެ ވެސް ތަންދޮރު ދަންނާނެ .ތައުލީމީ ގޮތުންް ވެސް މަތިވާނެ ޔާމީނު އެ ކަމަކު އެ އުޅެނީ ރައްޔިތުންގެ ލާރި އަށް ޚިޔާނާތް ތެރި ވެގެންނު

    1
    1
  22. އަލްޖިބްރާ

    ވަގުންނަކީ ވަރަށް ކުޅަދާނަ މަކަރުވެރިބައެއް ! ޔާމީނުގެ ވިޝަންއަކީ އެއީ !

    1
    5
  23. ޙުސެން

    ތިޔައީ ކުޑަކުއްޖަކައްވެސް އިނގޭނެ އެއްވެއްދޯ